އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ އުތުރުގެ ބުރާރީ ސަރަހައްދުގެ ގެއެއްގެ ތެރޭގައި މިދިޔަ އަހަރު އެއް އާއިލާއެއްގެ 11 މެންބަރުން ވަނިކޮށް މިއަދު ފެނުނު މައްްސަލައިގެ ތަހުގީގު ނިންމާލައިފިއެވެ.

މަރުވެފައިވާ މީހުންގެ ހަށިތަކުގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު މިހާދިސާ އަކީ އަމިލައަށް ދަންޖެހުމުގެ ކޭސް އެއް ކަމަށް އިންޑިއާގެ ފުލުުހުން ނިންމާފައިވާއިރު ފުލުހުން ބުނީ އޭގެ ތެރޭން 10 މީހެއްގެ އަތް ވަނީ ފުރަގަހަށްވާ ގޮތަށް ބަނދެފައި ކަމަށެވެ. އަދި އެ މީހުން ތިބީ ސީލިންގައި އެލުވާފައި ކަމަށް ވެސް ފުލުހުން ބުންޏެވެ. އުމުރުން ދުވަސްވީ މީހަކު އޮތީ ބިންމަތީގަ އެވެ. އަދި މީގެ ތެރޭން ގިނަ މީހުން ތިބީ ކަނު ބަނދެފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އިންޑިއާގެ ފުލުހުން ބުނީ އާއިލާގެ އެންމެން އަމިލައަށް މަރުވާން ބޭނުން ކުރީ ވަރަށް ގަދީމީ ޒަމާނެއްގެ އުކުޅެއް ބޭނުން ކޮށްގެން ކަމަށެވެ.

މީގެ ކުރިން މިއެންމެން އަމިލަށް މަރުވީ ކަމަށް ފުލުހުން ގަބޫލެއް ނުކުރެއެވެ. މަރުވި މީހުންގެ ތެރޭން ހަތް މީހުންނަކީ އަންހެނުންނެވެ. ދެން ތިބީ އުމުރުން 75 އަހަރުގެ މީހަކާއި ދެ ކުދިންނެވެ.

އެއް އާއިލާގެ ބަޔަކު މަރުވެފައިވާކަން އެނގުނީ އެ އާއިލާ އިން ހިންގާ ތަރުކާރީ ފިހާރަ ނުހުޅުވުމުންނެވެ. ކޮންމެ ދުވަހަކު ވެސް ހެނދުނު ހައެއް ޖަހާއިރު ހުޅުވާ ފިހާރަ 7:30 ގައި ވެސް ނުހުޅުވުމުން އަވަށްޓެރިއަކު ގޮސް އެ ގޭ ޗެކްކުރި އިރު އެންމެން ތިބީ މަރުވެފަ އެވެ. ފުލުހުންނަށް ރިޕޯޓް ކުރީ އަވަށްޓެރިންނެވެ.