ހޮންގް ކޮންގްގައި މިހާރު ކުރިއަށްދާ ސިލްސިލާ ވަރުގަދަ މުޒާހަރާތަކުގެ ތެރެއިން އެތައް ލައްކަ ބަޔަކު މިއަދު މަގުތަކަށް ނިކުމެއްޖެއެވެ.

މިދިޔަ ޖޫން މަހު ފެށި މުޒާހަރާތައް އެގާރަ ހަފްތާއަށް ދިގުދެމިގެން ގޮސް މިއަދު މުޒާހަރާގެ ބައިވެރިން ހޮންގް ކޮންގްގެ ވިކްޓޯރިޔާ ޕާކަށް އެއްވީ ވާރޭ ކުޑަ ހިފައިގެންނެވެ.

މިއަދު ކުރިއަށްދާ މުޒާހަރާގައި މި މުޒާހަރާތައް އިންތިޒާމު ކުރުމުގައި އިސްކޮށް އުޅޭ ހޮންގް ކޮންގްގެ ސިވިލް އެންޑް ހިއުމަން ރައިޓްސް ފްރޮންޓްގެ ތަރުޖަމާނުވަނީ ފުލުހުންގެ ވެރިޔާ އަދި ސެކުރިޓީ ސެކްރެޓަރީ ގެ އިސްތިއުފާއަށް ގޮވާލާފައެވެ.

"ފުލުހުންގެ ފަރާތުން ފެންނަނީ އާދަޔާ ހިލާފު އަނިޔާވެރިކަމެއް ފުލުހުންނަށް ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ, އަވަހަށް އިސްތިއުފާދީ " އޭނާ ގޮވާލިއެވެ.

މިއަދު މުޒާހަރާއަށް ވެސް ގިނަ އަދަދެއްގެ ފުލުހުން ވަނީ ރަޔަޓް ގިޔަރުގައި މަގުތަކަށް ނެރެފައެވެ.

ހޮންގް ކޮންގެ ރައްޔިތުން ސަރުކާރު ބަދަލުކުރުމަށާއި، ޑިމޮކްރަސީއަށް ގޮވާލާ އަދި ކުށަށް ތުހުމަތުކުރެވޭ މީހުން ޗައިނާއާ ހަވާލުކުރެވޭ ގޮތަށް ހޮންގް ކޮންގްގެ ގާނޫނަކަށް ގެންނަން އުޅޭ ބަދަލާ ދެކޮޅަށް ކުރާ މި މުޒާހަރާތަށް ވަނީ ތާރީހުގައި ވެސް އެގައުމުގައި ހިންގާ އެންމެ ބޮޑު ހަމަނުޖެހުމަށް ބަދަލުވެފައެވެ.

މުޒާހަރާތަކުގެ ސަބަބުން އެގައުމަށް ދަތުރުކުރަން ހަމަޖެހިފައިވާ ފުލައިޓުތަށް ކެންސަލްވެ އަދި ބޮޑެތި މަގުތަކުގެ ދަތުރުތައް ވެސް ވަނީ ހުއްޓިފައެވެ. މުޒާހަރާތަކާއި ގުޅިގެން އެތައް ބަޔަކު ހައްޔަރުވެސްކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބުރޯ

    ޗިއަނަމިން މައިދާން މުޒާހަރާ މަތިން ހަނދާން އެބަހުރިބާ ؟

  2. ހޭލާ

    ރާއްޖެއަށް ވެސް މިދުވަސް އައުމަކީ ގާތް ކަމެއް. އެއީ ކުށަށް ތުހުމަތު ކުރެވޭ މީހުން އިންޑިއާ އާއި ހަވާލު ކުރުން.