މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު މަނީ ލޯންޑަރިންގެ މައްސަލައިގެ ޝަރީއަތަށް މާދަމާ ކޯޓަށް ހާޒިރު ކުރާނެ ކަމަށް ރިޕޯޓްތަށް ބުނެފިއެވެ.

ދައުލަތުގެ ތަރައްގީގެ ފަންޑުން ގެއްލިފައިވާ އެތައް ބިލިއަން އެމެރިކާ ޑޮލަރުގެ މައްސަލާގައި ނަޖީބުގެ މައްޗަށް ދައުވާ ކުރާ ހަތަރު މައްސަލައިގެ ޝަރީއަތުގެ ތެރެއިން ދެވަނަ އަޑުއެހުމެވެ.

ނަޖީބުގެ މައްޗަށް ވަނީ 550 މިލިއަން އެމެރިކާ ޑޮލަރަށް ހިޔާނަތްތެރިވި ކަމުގެ ދައުވާވެސް ކޮށްފައެވެ.

އެހެން ނަމަވެސް، މި ހުރިހާ ތުހުމަތުތަކާ ނަޖީބު ރައްޒާގު ދެކޮޅުހައްދަވައެވެ. އޭނާ ވިދާޅުވަމުން ގެންދަވަނީ، އޭނާގެ މައްޗަށް އުފުލާފައިވާ މި ދައުވާތަކުގެ ފަހަތުގައިވަނީ ސިޔާސީ މަގްސަދުތަކެއް ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ނަޖީބް ސިފަ ކުރަނީ ހުދުމުހުތާރު ކޮރަޕްޓް ވެރިއެއްގެ ގޮތުގައެވެ.

މެލޭޝިޔާ ތަރައްގީގެ ބޭންކް 1މެލޭޝިޔާ ޑިވެލޮޕްމަންޓް ބަރްހާދުގެ ސަބްސިޑަރީ ކުންފުޏެއް ކަމަށްވާ އެސްއާރްސީއިން 10 މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކުރެއްވި މައްސަލާގައި ނަޖީބުގެ މައްޗަށް ކުރިންވަނީ ޝަރީއަތެއް ކޮށްފައެވެ.

މެލޭޝިއާގެ ކަމާ ބެހޭ ފަރާތްތަކުން ގަބޫލު ކުރަނީ ނަޖީބުގެ މައްޗަށް މައްސަލަ ސާބިތު ކުރަން ބޭނުންވާ ހެކި އެބަ ހުރި ކަމަށެވެ. ނަޖީބުގެ ވަކީލުން ބުނެފައި ވަނީ އޭނާގެ މައްޗަށް މާދަމާ ދައުވާ ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.

ނަޖީބު ހައްޔަރު ކުރުމަށް ފަހު މެލޭޝިއާގެ ފުލުހުން ކުރިން ބުނެފައި ވަނީ ނަޖީބާއި އޭނާގެ އަނބިކަނބަލުން ރޮސްމާ މަންސޫރުގެ އަތުން 273 މިލިން ޑޮލަރުގެ އަގު ހުރި ގަހަނާއާއި އެހެނިހެން އަގު ހުރި މުދާ އަތުލައިގެނެފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާވަޑި ފަލާހް

    މީނައާއި އަހަރެމެންގެ އަނިޔާވެރި ރައީސާ ދެމީހުން ކިޔެވީ އެއްފޮތަކުން

    2
    3
  2. ޢަލީ އާރިފް

    ބުނާތީ އިވޭ މީނައަށް ކިޔަވައިދިނީ ރާއްޖޭގެ ނިމިދިޔަ ފަސްއަހަރުގެ އަނިޔާވެރި ރައީސޯ... ދެމީހުންވެސް ވެރިކަން ނިންމާލިއިރު ޤައުމުގެ ޙަޒާނާ ވަނީ ފެންފޮދަކާނުލާ ދިރުވާލާފަ

    1
    4
  3. އެޅުވި ފަންޏެއް

    ކޮބާ ޓަގު ބޯޓެއްގައި ފިލަން ދިޔަ ވަގު؟ ފެނޭދޯ.