މެލޭޝިޔާއިން މިހާރު ހިމާޔަތް ހޯދައިގެން އެ ގައުމުގައި ދިރިއުޅެމުންދާ އިންޑިއާ އިން ހޯދަން ބޭނުންވެފައިވާ އިންޑިއާގެ މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. ޒާކިރު ނައިކު ހުރިހާ ރޮގެއް ހުރަސް ކުރީ ސިޔާސީ ކަންކަމާއި މެލޭޝިއާގެ ހަމަޖެހުމަށް ގެއްލުން ލިބޭނެ ވާހަކަ ދައްކައިގެން ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު ޑރ މަހާތިރު ވިދާޅުވެއްޖެއެވެ.

ދާދިފަހުން މެލޭޝިޔާގައި ޒާކިރު ނައިކު ދިން ތަގުރީރެއްގައި ތަފާތު ނަސްލު ތަކާއި ދީންތަކުގެ މެދުގައި ހަމަނުޖެހުން އުފެދޭ ފަދަ ވާހަކަތަކެއް ދައްކައިފައި ވާކަމަށް ބުނެ ޒާކިރު ބޭރުކުރުމަށް އެގައުމުގެ ތިން މިނިސްޓަރަކު ވަނީ އެދިފައެވެ. ޒާކިރު ނައިކު މެލޭޝިޔާއިން ބޭރުކޮށްލަން ޖެހޭކަމަށް ބުނެ ވާހަކަދެއްކި މިނިސްޓަރުންގެ ތެރޭގައި ހިމެނެނީ ކޮމިއުނިކޭޝަން އެންޑް މަލްޓި މީޑިއާ މިނިސްޓަރާއި ހިއުމަން ރިސޯސް މިނިސްޓަރާއި އަދި ވޯޓަރ ލޭންޑް އެންޑް ނެޗުރަލް ރިސޯސް މިނިސްޓަރެވެ.

މަހާތިރު ވިދާޅުވީ ޑރ ޒާކިރު ނައިކަށް މެލޭޝިއާއިން ހިމާޔަތް ދިނީ ސިޔާސީ ވާހަކަ ދައްކަން ނޫން ކަމަށާއި ސިޔާސީ ކަންކަމާއި ބެހޭ ކަން ނޫން ކަމަށެވެ.

" ޒާކިރު ވިދާޅުވީ މެލޭޝިއާގެ ދިރިއުޅޭ ޗައިނާގެ މީހުން ޗައިނާ އަށް ފޮނުވާލަން ޖެހޭ ކަމަށާއި އިންޑިއާގެ މީހުން އިންޑިއާއަށް ފޮނުވާލަން ޖެހޭ ކަމަށް މިއީ ސިޔާސީ ވާހަކަ މިއީ ދީނީ ތަގުރީރެއް ނޫން " މަހާތިރު ވިދާޅުވިއެވެ.

އެހެން ނަމަވެސް ޒާކިރު ވަނީ އެހެން ވިދާޅުނުވާ ކަމަށް ބުނެ އެކަން ދޮގުކުރައްވާފައެވެ.

އިންޑިއާއިން ޒާކިރު ހޯދަނީ 2016 ވަނަ އަހަރު ޑާކާގައި ބޮމުގެ ހަމަލާ ދީފައި ވަނީ ޒާކިރް ނައިކުގެ ތަގްރީރުތަކުން ހިތްވަރު ލިބުނު ބައެއް ކަމަށް ތުހުމަތު ކޮށެވެ. ޒާކިރު ވަނީ ހަމަ އެ އަހަރު އިންޑިއާ ދޫކޮށް މެލޭޝިއާ އަށް ގޮސްފައެވެ.

22 މީހުން މަރުވި އެ ހަމަލާ އަށް ފަހު ޒާކިރް ނައިކުގެ ޕީސް ޓީވީ ވަނީ ބަންގްލަދޭޝްގައި މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މުސްލިމް

    މަހޭ ބެއްޔާއަށް އިންޑިޔާއާ އެމެރިކާގެ ޕްރެޝަރު ބޮޑުވީއޭ ބުނަން ނުކެރުނީތަ؟ ޒާކިރު ދެއްކެވި ވާހައިގެ ރޭކޯޑިން އެއޮތީ ފެންނަން. ކޮންދޮގެއް ހަދާކަށް..؟! މުސްކުޅިވެ ހަންޓޯޓޯ ވީމަވެސް ވެރިކަަމަށް އަންނަން ބޫތުކައިގެން އިސްލާމް ދީންދެކެ މާ ލޯބިވާ މީހަކަށް ހެދިގެން އުޅުނީ. މިހާރު ދީނެއް ހަނދާނެއްވެސް ނެތް..!!!

    55
    9
  2. ބޮޑުސޯޅަ

    މެލޭޝިއާ ގައި ގެރިބެއްޔާމެން ވަޒީރުކަން ކުރަނީ މެލޭމީހުން ނެތީތަ،
    ޙައްތާވެސް އިސްލާމް ދީން ކުރިއަރާތީ ޖެހޭ މައްސަލަ،

    32
    6
  3. ތަބީގި

    ޒާކިރު ނައިކް އަކީ ވަރައް އައުޓްސިޕޯކަން މީހެއް ކަމައް ގާހަނގަ ކުރެވޭ. އޭނާ ދާ ގައުމުތަކުގައި އަބަދުވެސް އޭނާ ދައްކާ ވާހަކައަކާއި ގުޅިގެން އޮންނަނީ މައްސަލަތަކެއް ނިކުމެފަ. ރާއްޖެއައް އައިސްވެސއ ދެއްކި ތަނާއި ނުގުޅޭވާހަކަތަކަކާއި ހުރެ މައްސަލައެއް ކުރިމަތިވިއެވެ.

    10
    24
  4. ޜޯޒް

    ތީ އަފްގާނިސްތާނަށް ލާންޖެހޭ މީހެއް އެނޫންތަނަކު އުޅެވޭޒާތުގެ މީހެއްނޫންތިއިކީ

    9
    32
  5. ޒާ

    ވެރިކަމާއި ހެދި ބޫޗްކައިފައި ހުރި މުސްކުޅިބެއަކު ދައްކާ ސިޔާސީވާހަކަ.

    13
    1
  6. މުކި

    ޒާކިރުނައިކަކީ ޓެރަރިޒަމަށް ހިއްވަރުދޭމީހެއް

    2
    14