ޕާކިސްތާނަށް ގެއްލުން ދޭން އިންޑިއާއިން ޕާކިސްތާނާއި ގުޅިފައި ހުރި ކޯރުތަކުގައި އިންޑިއާއިން ފެންބޮޑު ކުރުވަމުން ދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޕާކިސްތާނާއި ގުޅިފައިވާ ކޯރުތަކަށް ފެން ދައުރުވުން ލިމިޓް ކުރަން މީގެ އެތައް އަހަރެއް ކުރިން އިންޑިއާއިން ވަނީ " ޑޭމް" ތަކެއް މި ކޯރުތަކުގައި ބިނާކޮށްފައެވެ.

އިންޑާއިން މިހާރު ވަނީ މި ޑޭމް ތައް ބައެއް ހިސާބުތަކުގައި ހުޅުވާލާފައެވެ. މި ކަމުގެ ސަބަބުން ޕަންޖާބުގެ އިންޑިއާވީ ފަޅީގައި ހުރި ކޯރުތަކުގައި މިހާރު ވަނީ އާދަޔާ ހިލާފަށް ފެނުގެ ލެވެލް އުސްވާތީ އިންޒާރު ނެރެފައެވެ.

ޕަންޖާބުގެ ސަރުކާރުން މިހާރު ވަނީ ރައްޔިތުން ރައްކާތެރިވެ ތިބުމަށް އެދިފައެވެ.

ކަޝްމީރު އިތުރަށް އަޅުވެތި ކުރުމަށް ކުރަމުންދާ މަސައްކަތާ ދެކޮޅަށް ޕާކިސްތާނުން ދަނީ ވަރަށް ބޮޑަށް ބައިނަލްއަގުވާމީ މަސްރަހުގައި މަސައްކަތް ކުރަމުންނެވެ.

އިންޑިއާގެ ގާނޫނުއަސާސީގައި ކަޝްމީރަށް ބާރުތަކެއް ދިނުމާ ބެހޭ ގޮތުން އޮންނަ 370 ވަނަ މާއްދާ އިސްލާހުކޮށް ޖައްމޫ އާއި ކަޝްމީރަކީ ދެ ޔުނިއަން ޓެރިޓަރީސްގެ ގޮތުގަައި ހަމަޖައްސަން އިންޑިއާ ސަރުކާރުން ނިންމި މައްސަލާގައި ޕާކިސްތާނާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ ހަގުރާމައެއްގެ ކޮޅުމަތި ފެންނަން ވަނީ ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރާއްޖެ

    ޖަޒީރާ ރާއްޖެ އޭ ކިޔައިގެން އިންޑިއާ ބުނާގޮތަށް މިހާރުގެ ބައެއްވެރިން ކަންތައްތައް ކުރަނީ، އެއްފަހަރި މިގޮތަށް ދެން އެމީހުން ބުނާހާ ގޮތަކަށް ދެން އަންނަ ސަރުކާރު ނުކޮއްފިއްޔާ ރާއްޖެއަށް ވެސް ބޮޑު މުސީބާތްތައް ޖައްސަން މަސައްކަތް ކޮއްފާނެ. އަހަރެމެންނަށް ﷲ ފުދޭ!

  2. Anonymous

    ތީ އެއްވެސް އިންސާނިއްޔަތުކަމެއް ނެތް ނާތަހޮޒީބު ގައޮމެއް މާ މޮޅު ބަޔަކަށް ވެގެން އުޅޭ ރޯނު އެދު

  3. ވަހީދު

    ފެން ޢަރަބި ގައުމުތަކަށް ބޮޑު އަގުގައި ވިެއކޭނެ. ދަނޑުވެރިކަން ފުޅާކޮށް އެސަރަހައްދުގައި ފާމްތައް އިތުރުކޮށްލާ.