އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ އަންހެނުން، މެލާނިއާ ޓްރަމްޕް ޑީޕޯޓް ކޮށްލަން އުޅޭ ކަމަށް ޓްރެވާ ނޯއާ ތުހުމަތު ކޮށްފިއެވެ.

"ދަ ޑެއިލީ ޝޯ" ގައި ވާހަކަ ދައްކަމުން މަޝްހޫރު ކޮމީޑިއަން، އެކްޓާ، ޕްރޮޑިއުސާ، އަދި ރައިޓާގެ އިތުރުން ޓީވީ ހޯސްޓް، ޓްރެވާ ނޯއާ ބުނެފައި ވަނީ ޓްރަމްޕްގެ އިމިގްރޭޝަން ޕޮލިސީތައް ބައްޓަން ކޮށްފައި ހުރީ މެލާނިއާ ޑީޕޯޓް ކުރަން ކަމަށާއި، އެ ދެމީހުންގެ ގުޅުން މިހާރު ރަނގަޅު ނޫންކަން އެންމެނަށްވެސް އެނގޭ ކަމަށެވެ.

ސްލޮވޭނިއާ އަށް ނިސްބަތްވާ މެލާނިއާ އަކީ އެންމެ ފުރަތަމަ ޓޫރިސްޓު ވިސާގައި އެމެރިކާ އަށް މޮޑެލިންގް މަސައްކަތް ކުރަން އައި މީހެއް ނަމަވެސް، އެ ވިސާގައި މަސައްކަތް ކުރުމަކީ މަނާ ކަމެކެވެ. މެލާނިއާ ޓްރަމްޕް އާއި އެކު ވައިޓް ހައުސް އިން މިހާރު ފެންނަނީ ހާލަކުން ފަހަރަކު ކަމުގައި ވާއިރު، ޓީވީ އިން ލައިވްކޮށް ގެނެސްދިން އިވެންޓެއް ތެރެއިން ޓްރަމްޕް މެލާނިއާގެ އަތުގައި ހިފުމުން މެލާނިއާ ވަނީ ޓްރަމްޕްގެ އަތުގައި ނުހިފައި އޭނާގެ އަތް ފޮޅާލާފައެވެ.

ޓްރެވާ ނޯއާ ޑެއިލީ ޝޯގައި ޓްރަމްޕް ވާހަަކަ ދައްކަނީ

މި ހުރިހާ ކަމެއް ވެފައި ވަނިކޮށް، ދާދި ފަހުން ޓްރަމްޕް ވަނީ އެމެރިކާ އަށް ހިޖުރަ ކޮށްފައިވާ މީހުން ސަރުކާރުގެ އެހީގައި ނޫޅެވޭނެ ގޮތަށް އިސްލާހު ގެންނަން ޖެހޭ ކަމަށް ބުނެ ވާހަކަ ދައްކާފައެވެ. ޓްރަމްޕް މިހެން ބުނެފައިވާ އިރު، މެލާނިއާ އަކީ އެ ގައުމަށް ހިޖުރަ ކޮށްފައިވާ މީހެކެވެ. އަދި އޭނާ އަކީ ވައިޓް ހައުސްގައި، ސަރުކާރުގެ ހަރަދުގައި އުޅޭ މީހެއް ކަމުން ޓްރަމްޕް މި ނިންމުން ނިންމާފައި ވަނީ މެލާނިއާ އަށް އުނދަގޫ ކުރުމުގެ ގޮތުން ކަމަށް ބެލެވެއެވެ.

އޭގެ އިތުރުންވެސް، މިހާރު ޓްރަމްޕް އެންމެ ބޮޑަށް ނުރުހުން ފާޅުކޮށް އަޑު އުފުލަމުން އަންނަ އެއް ކަމަކީ ޗެއިން މައިގްރޭޝަން ނުވަތަ އެންމެ މީހަކު އެމެރިކާ އަށް ހިޖުރަ ކުރާއިރު އެ މީހެއްގެ މުޅި އާއިލާ އެމެރިކާ އަށް ގެނައުމެވެ. މެލާނިއާ ޓްރަމްޕް އޭނާގެ އާއިލާ މީހުންނަށް އެމެރިކާގެ ރަށްވެހިކަން ދީފައި ވާއިރު، އެ މީހުން ވައިޓް ހައުސް އަށްވެސް ޒިޔާރާތް ކުރެއެވެ. އެހެންކަމުން، ޓްރަމްޕްގެ ޗެއިން މައިގްރޭޝަން ސިޔާސަތު ބައްޓަން ކޮށްފައި ވަނީ މެލާނިއާ އަށާއި އޭނާގެ އާއިލާ އަށް އުނދަގޫ ކުރުމުގެ ގޮތުން ކަން ގަބޫލު ކުރަން ވަރަށް ފަސޭހައެވެ. ޓްރަމްޕް ބޭނުންވަނީ ޗެއިން މައިގްރޭޝަން ހުއްޓުވައި، މެލާނިއާގެ އާއިލާ އަށް ދީފައިވާ އެެމެރިކާގެ ރަށްވެހިކަންވެސް އަތުލާށެވެ.

ޓްރެވާ ނޯއާ ބުނެފައިވާ ހުރިހާ އެއްޗެއްވެސް ދިމާވާ އިރުގައި، ގިނަ ބަޔަކު ހީކުރަނީ ޓްރަމްޕްގެ ހިޖުރަ ކުރުމުގެ ސިޔާސަތު ތަކަކީ މެކްސިކޯ ނުވަތަ އެނޫންވެސް ގައުމު ތަކުގެ މީހުންނަށް އަމާޒުކޮށްފައިވާ ކަންކަން ނަމަވެސް، ހަގީގަތުގައި އެއީ އޭނާގެ އަންހެނުން އަދި އެމެރިކާފެ ފަސްޓް ލޭޑީ މެލާނިއާ ޓްރަމްޕް އަށް އަމާޒު ކޮށްފައިވާ ކަންކަން ކަން މި ދަނީ މުޅި ދުނިޔެ އަށް ހާމަ ވަމުންނެވެ.

މެލާނިއާ ޓްރަމްޕްގެ އަތް ފޮޅާލަނީ

ޑޮނަލްޑް ޓްރަމްޕް އަކީ އެކި ފަހަރު އެކި އެއްޗެހި ކިޔާ އުޅޭ ރައީސް އެއް ކަމުގައި ވާއިރު، އެމެރިކާގެ ގިނަ ރައްޔިތުން އޭނާ ރައީސް ކަމަށް ގެނެވުނީތީ އެކަމާއި ހިތާމަ ކުރެއެވެ. މެލާނިއާ އަކީ ޓްރަމްޕްގެ ނިންމުން ތަކަށް ދެކޮޅު ހަދައި ވާހަކަވެސް ދައްކާ މީހެއް ކަމުގައި ވާއިރު، ޓްރެވާ ނޯއާ ވަނީ މެލާނިއޯ ޑީޕޯޓް ކޮށްގެން ނުވާނޭ ކަމަށް ބުނެފައެވެ. އަދި މިއީ އެ ގައުމުގެ ގިނަ ރައްޔިތުންވެސް ބޭނުންވާ ގޮތްކަން ފާހަގަކޮށްލެވެއެވެ.

އެމެރިކާގެ އެއްވެސް ރައީސަކު އަދި ވެރިކަމުގައި ހުރެ، ކައިވެނި ރޫޅާލާފައެއް ނުވެއެވެ. ނަމަވެސް ދުވަހަކު ވެސް އެފަދަ ކަމެއް އެމެރިކާގެ ރައީސަކަށް ދިމާވާނަމަ އެކަން ދިމާވާނީ ޓްރަމްޕް އަށް ކަމަށް ގިނަ މީހުން ބުނެއެވެ. ސަބަބަކީ ޓްރަމްޕްގެ އަމަލުތައް ހުރީ ވަރި އާއި ގާތައް ކަންތައްތައް ދާގޮތައް ކަމަށް ވާތީއެވެ. ނަމަވެސް، އޭނާގެ އިމިގްރޭޝަން ސިޔާސަތު ހުރީ އަދި ވަރި ނުކޮށް، މެލާނިއާ ގައުމުން ބޭރު ކޮށްލެވޭނޭ ފަދަ ގޮތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. g

    Mi dhe meehun haadha vahtharey...abadhu thibeny thungandu dhamaigen...

    14
  2. ދިވެހިން

    ޑޮނަލްޑް ޓްރަމްޕް އަކީ އެކި ފަހަރު އެކި އެއްޗެހި ކިޔާ އުޅޭ ރައީސް އެއް ކަމުގައި ވާއިރު، އެމެރިކާގެ ގިނަ ރައްޔިތުން އޭނާ ރައީސް ކަމަށް ގެނެވުނީތީ އެކަމާއި ހިތާމަ ކުރެއެވެ. މެލާނިއާ އަކީ ޓްރަމްޕްގެ ނިންމުން ތަކަށް ދެކޮޅު ހަދައި ވާހަކަވެސް ދައްކާ މީހެއް ކަމުގައި ވާއިރު، ޓްރެވާ ނޯއާ ވަނީ މެލާނިއޯ ޑީޕޯޓް ކޮށްގެން ނުވާނޭ ކަމަށް ބުނެފައެވެ. އަދި މިއީ އެ ގައުމުގެ ގިނަ ރައްޔިތުންވެސް ބޭނުންވާ ގޮތްކަން ފާހަގަކޮށްލެވެއެވެ

    މިއަދު މި ޤައުމުން ވެސް

    24
    8