އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ، އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަނބިމީހާ ސާރާ ނަތަންޔާހޫ އިސްރާއީލްގެ ގައުމީ އެއާލައިންގެ ފްލައިޓަށް އެރި ވަގުތު މަރުޙަބާ ކިޔަން ޕައިލެޓް ނުނިކުތުމުން ކޮކްޕިޓަށް ވަދެ، ޕައިލެޓާއި ބައްދަލު ކޮށްފިއެވެ.

މީގެ ކުރިން ވެސް މަގާމުގެ ނުފޫޒު ބޭނުން ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިފައިވާ ސާރާ ނަތަންޔާހޫ ކޮކްޕިޓަށް ވަނީ ޔޫކްރޭނަށް ކުރި ރަސްމީ ދަތުރެއްގައެވެ.

ސާރާ އިން ފްލައިޓް ނައްޓާލުމުގެ ކުރިން ޕައިލެޓް ވަނީ ސާރާ ފްލައިޓްގައި އިނުމުން އޭނާ އަށް މަރުޙަބާ ކިޔާފައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެކަމާ ވެސް ސާރާ ވަނީ ހިތްހަމަނުޖެހިފައެވެ.

"އާއްމު ގޮތެއްގައި އިއްޒަތްތެރިޔަކު ފްލައިޓަށް އަރައި ވަޑައިގަންނަވާ ނަމަ ދޮރު ކައިރިއަށް ވަޑައިގެން ޕައިލެޓް އެބޭފުޅަކަށް މަރުޙަބާ ވިދާޅުވޭ. ނަމަވެސް ސާރާ ދަތުރު ކުރި ފްލައިޓްގެ ޕައިލެޓް އެގޮތައް ކަންތައް ނުކުރުމުން ސާރާ ފުރަތަމަ ހިތްހަމަ ނުޖެހުނީ." އިސްރާއީލްގެ މީޑިއާއެއް ކަމަށްވާ "ޗެނަލް-12" ގައި ބުނެފައި ވެއެވެ.

ސާރާ ފްލައިޓްގެ ކޮކްޕިޓަށް ވަން ކަމަށް ބުނާ ޚަބަރު އިސްރާއީލްގެ ބޮޑުވަޒީރުގެ އޮފީހުން ދޮގެއް ނުކުރެއެވެ.

ނަމަވެސް ބޮޑުވަޒީރުގެ އޮފީހުން ވަނީ އެޚަބަރު މީޑިއާތަކުން ފަތުރާތީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ބޮޑުވަޒީރުގެ އޮފީހުން ބުނީ އެ ޚަބަރު ފަތުރަނީ ސާރާ ކުރާ މުހިއްމު ރަސްމީ ދަތުރެއްގެ ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލަން ކަމަށެވެ.

ސާރާ ޔޫކްރޭނަށް ދަތުރު ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ކައިރިވަމުން އަންނަ ޔޫކްރޭންގެ އިންތިޚާބުގައި ރަޝިއާއަށް ތާއިދު ކުރާ ކެންޑިޑޭޓުންނާއި ދެކޮޅަށް ކެމްޕޭން ކުރުން ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ވާނުވާ

    މޫނުމަތިނަވެސް ޔަހޫދީ ފާޑެއް ޖަހާ

    9
    3
    • ނަން

      އިންސާނުން ދުނިއެއަށް ފޮނުއްވަނީ ވަކި ވައްތަރެއް ޖަހާ ބައެއްގެ ގޮތުގައެއް ނޫން.

      3
      1
  2. މނ

    ދެވަނަ އުންމު ޖަމީލް

    • ?

      ހ.ބ.ބ(ހޭ ބޭރަށް ބާރަށް) ލޮލް ????