އަންނަ އަހަރު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިހާބުގެ އެމެރިކާގެ މިހާރުގެ ރައީސް ޑޯނަލްޑް ޓްރަމްޕް އާއި ދެކޮޅަށް ކޯލިޝަނެއް ހަދަން ނިންމައިފިއެވެ.

ޓްރަމްޕްގެ ވެރިކަމުގައި ވައިޓް ހައުސް ކޮމިއުނިކޭޝަން ޑައިރެކްޓަރ ކަން ކުރި އެންތަނީ ސްކަރަމުޗީ ވަނީ އޭނާ މިހާރު މައްސަކަތް ކުރަމުންދަނީ އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ ރޭހުން ޓްރަމްޕް ބޭރުކޮށްލުމަށް ކަމަށް ބުނެފައެވެ.

ވައިޓް ހައުސްގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމަށް ހަމަޖެއްސިތާ 10 ދުވަސްތެރޭ ސްކަރަމުޗީ ވަނީ މަގާމުން ވަކިކޮށްފައެވެ.

ސްކަރަމުޗީ ބުނީ ރިޔާސީ ރޭހުން ޓްރަމްޕް ބޭރުކޮށްލުމަށް ޓްރަމްޕުގެ ކެބިނެޓްގައި ކުރިން ތިއްބެއްވި ބޭފުޅުން އެއްގަލަކަށް އަރުވައި ކޯލިޝަނެއް އުފެދުމަށް އޭނާ މަސައްކަތް ކުރާ ކަމަށެވެ.

މީގެ އިތުރުން ޓްރަމްޕްގެ މަގުބޫލްކަން މިހާރު ވަރަށް ދައްވެއްޖެ ކަމަށް އޭނާ ވަނީ ބުނެފައެވެ. ސްކަރަމުޗީ މިހެން ބުނި އިރު ފާއިތުވެދިޔަ ހަފްތާތަކުގައި ސްކަރަމުޗީ އަދި ޓަރަމްޕް އާއި ދެމެދު ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ބަދަލު ކޮށްފައެވެ.

ސްކަރަމުޗީ ވައިޓް ހައުސް އަށް ގެނައުމުން ސީނިއާ ބައެއް ސްޓާފުން ހިތްހަމަޖެހިގެން ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އޭގެ ތެރޭގައި ޗީފް އޮފް ސްޓާފް ޕްރީބަސް އާއި ތަރުޖަމާން ޝޯން ސްޕައިސާ ހިމެނެ އެވެ.

މަގާމުން ވަކިވުމުން އޭބީސީ ނިއުސްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ޓްރަމްޕާ ދެކޮޅަށް ވޮޝިންޓަނުގައި މަސައްކަތް ކުރާ މީހުންގެ ތެރޭގައި ވައިޓް ހައުސްގެ ސްޓާފުން ހިމެނޭ ކަމަށެވެ. އަދި އޭނާ މަގާމުން ދުރުކުރީ އެމީހުން އަޑީގައި ތިބެގެން ކަމަށެވެ. އެމީހުން ވަރަށް އަވަހަށް ފެންނާނެ ކަމަށް އޭނާ އޭރު ވިދާޅުވިއެވެ.