2029 ވަނަ އަހަރީ އިންސާނުން ދުނިޔެ ދެކޭނެ އެންމެ ފަހު އަހަރަށް ވުން ގާތް ކަމަށް އެމެރިކާގެ ޖައްވީ ކަންތަތަކާއި ބެހޭ މައި އިދާރާ ނާސާައިން ބުނެފިއެވެ.
ނާސާއިން މިހެން ބުނީ މިސްރުގެ ގަދީމީ ނަމަކުން ނަންދީފައިވާ ގިނި ހިލަ" އަފޯސިސް" ދުނިޔެ އާއި 19000 މޭލު ކައިރިން ދަތުރު ކުރާ ވަގުތު ދުނިޔެ އަށް ވެއްޓުމުގެ ފުރުސަތެއް އޮވެދާނެތީއެވެ.
ނާސާއިން ބުނާ ގޮތުގައި 19000 މޭލުގެ ދުރުމިނަކީ މިހާރު ވެސް ދުނިޔެ ވަށައިގެން އެބުރޭ ބައެއް ސެޓެލައިޓްތަށް ދައުރު ކުރަމުންދާ ދުރުމިނެވެ.
ނާސާއިން ލަފާކުރާ ގޮތުގައި 340 މީޓަރުގެ މި ގިނި ހިލަ ދުނިޔެ އަށް ވެއްޓިއްޖެ ނަމަ މުޅި ދުނިޔޭގެ ދިރުން އެކީ ނިމިދާނެއެވެ.
ގިނި ހިލަ "އަފޯސިސް" ދުނިޔެ ކައިރިން ދަތުރު ކުރާނީ 2029 ވަނަ އަހަރުގެ އެޕްރީލް 13 ވާ ހުކުރު ދުވަހުއެވެ.
ޖައްވުން ދަތުރުކުރާ ކުދި ކުދި ގިނިހިލަ ދުނިޔޭގައި ޖެހުމަކީ އާންމު ކަމެކެވެ. މީގެ ތެރެއިން ގިނަ ގިނިހިލަ ދުނިޔޭގެ ބިމުގައި ޖެހުމުގެ ކުރިން އަނދައި އަޅިއަށް ވެއެވެ. ނަމަވެސް ކޮންމެ ދިހަ އަހަރަކުން އެއް އަހަރު ބޮޑު ގިނިހިލައެއް ދުނިޔޭގައި ޖެހެއެވެ.
އެގޮތުން 2013 ވަނަ އަހަރު 20 މީޓަރު ގިނިހިލައެއް ވަނީ ރަޝިއާގެ ޗެލްތަބިންސްކް ސިޓީއާ ދިމާލުން ދުނިޔޭގެ ތެރެއަށް ވެއްޓިފައެވެ. އެފަހަރު ބޮޑު ގޮވުމެއް ވަނީ ގޮވާފައެވެ.
މި ހާދިސާއާ ގުޅިގެން ކުރި ދިރާސާތަކުން ދެއްކިގޮތުގައި މި ގިނިހިލަ ގޮވުމުގެ ސަބަބުން، ހިރޯޝިމާއަށް އެޅި ނިއުކުލިއާ ބޮމަށް ވުރެ 30 ގުނަ އިތުރަށް ހަކަތަ ވަނީ ބޭރުވެފައެވެ. މި ގޮވުމާ ގުޅިގެން 1500 އެއްހާ މީހުނަށް ވަނީ ސިއްހީ ފަރުވާ ދީފައެވެ.
ދޮގެއް. މީހުން ބިރުގެންނެވުމަށް.އެމެރިކާ އިން. ފަތުރާދޮގު. މައުލޫތު
2023 ގަ ފުރާތުކޯރުގެ ފެން ހިނދި އެބުނާ ކަދުރު ރުއްދަނޑު ހަނަފަސްވާނެކަމަށް ލަފާކުރޭ. ޢެހެން އެކަން ވެއްޖިއްޔާ ދައްޖާލު ނުކުންނާނެ ދެން މަހުދީގެފާނުގެ ވެރިކަން 7 އަހަރަށް ދެމިގެންދަންޏާ މީތި ދިމާވާކަހަލަ ގޮތެއް އެބަހުރިކަންނޭގެ. ?
ނާސާ އަށް އަޅުކަން ކުރާމީހުން ތިކަން ގަބޫލުކޮއްފާނެ.
ތި ނާސާ މީހުން ކިޔާ އެއްޗެތި ޤަބޫލު ނުކުރަން އެއްކޮށް ދައްކާ ވާހަކަތަކެއް.. އެކަމަކު ޤުރުއާނުގައި ދުނިޔެ ނިމޭނެ ގޮތުގެ ވާހަކަ އައިސްފައިވޭ.. އަދި ދުނިޔެ ނިމޭނީ ވެސް ހުކުރު ދުވަހެއްގައި ކަން ވެސް އިނގެން އޮވޭ.. 2029 އަހަރެއްގައި އަދި ދުނިޔޭގެ ނިމުން ނައި ކަމުގައި ވިޔަސް ދުނިޔޭގެ ނިމުން އައުން އޮތީ ވަރަށް ގާތުގަ..
އެހގެންވިއްޔާ ނާސާގެ ހުރިހައި މޮޅެތި މީހުން އަވަހަށް އެމީހެއްގެ ކަށްވަޅު އެމީހަކު ކޮނޭ! އަދި އަމާ ގާތު ބުނެގެން އަވަހަށް ކަފުނާ ކަފަޔާވެސް ހޯދާފައި ބަހައްޓާ!
'މިއަހަރަކީވެސް ދުނިޔެދެކޭނެ ފަހު އަހަރަށް ވެދާނެ.
ދުންގަނޑެއް ފާޅުވުން
ދައްޖާލު ނުކުތުން
ހުޅަނގުން އިރުއެރުން
ޢީސަބުން މަރްޔަމް ފައިބާވަޑައިގަތުން
ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން ނުކުތުން
ތިން ހަނދުކޭތަހިފުން.އެއްކޭތަ ހުޅަނގުން
ޢަނެއްކޭތަ އިރުމަތިން
އަނެއްކޭތަ ޢަރަބިކަރައިން
އެންމެ ފަހުގެ ކަމަކީ ޔަމަން ކަރައިން ނުކުމެގެން މީސްތަކުން އެއްވާތަނަށް ފަހަމުންގެންނަ އަލިފާންގަނޑެކެވެ.
ރިވާކުރެއްވީ މުސްލިމްއެވެ.
ނޫސްވެރިޔާ އެމީހުންކުރެ އަހާލަބަލަ ޤިޔާމަތްވާނެ ދުވަސް ބުނެލަބަލާށޭ.
ރަސޫލާ ކުރެން ގިޔާމަތް ވާނެ ދުވަސް އެނގިލައްވާތޯ ސުވާލު ކުރުމުން އަތުގެ ދެ އިނގިލިން އެއްފަހަރާ އިޝާރާތް ކުރައްވާފަ ވޭ. ޢޭރު އަސްހާބުން ބެލީ ދެދުވަސް ކަމަށް ފަހުން ދެމަސް، ދެ އަހަރު، ދޭކުން ގުނޭ އަދަދުތައް ވެސް ކިޔިދާނެ. 2020 އަކީވެސް ދެ ދޭކުން ގުނޭ އަދަދެއް . 2222 ވަނަ އަހަރުވެސް. ޙަމަގައިމުވެސް ގިޔާމަތްވާނެ ކަމަށް ބުނަނީ ހުކުރުދުވަހެއްގެ މެންދުރު ކުރީ. ވަﷲ އައުލަމް
ޢަޅެ ކޮބާތަ ޕްރޮފެސަރ އަގީލް، އޭނާގެ ބަހަކީ ކޮބާތަ މިކަމުގައި، އުކުޅަހުގައި ސެންޓަރު އަޅާއިރު ނާސާއިން މިބުނަނީ ޙަޤީޤަތެއްތޯ ބަލަން ބޮޑު ޓެލެސްކޯޕެއް ބަހައްޓާތި، އަދި މިއަހަރުން ފެށިގެން 2029 އާ ހަމައަށް ނާސާއިން އެ ހާމަކުރާ ތެދު ދޮގަށް އަޤީލް ރައްދު ދޭނެ ކަމަށް ހީކުރަން.
ޝޭކު ކުދީންގެ ކޮމެންޓު ނިކަން ކިޔާހިތްވޭ
ތީ ޣައިބުގާ ވާ ކަމެއް
والله أعلمُ