އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޔޫއޭއީއަށް ވަޑައިގަތުމުން، އެގައުމުން އަރުވާ އެންމެ މަތީ ޝަރަފު ކަމަށްވާ "އޯޑަރ އޮފް ޒައިދު" މޯދީއަށް އަރުވަން ނިންމައިފިއެވެ.

އަރަބި ގައުމުތަކާއެކު އޮންނަ ގުޅުން ބަދަހި ކުރުމުގެ ގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ޔޫއޭއީ އަދި ބަހްރެއިންއަށް ދަތުރު ކުރައްވަން ނިންމަވާފައިވާ ކަން އިއުލާން ކުރީ އިއްޔެއެވެ.

މިމަހުގެ 23 އިން 25އަށް މޯދީ އެ ދެގައުމަށް ކުރައްވާ ދަތުރުފުޅުގެ މަގްސަދަކީ އިންޑިއާއާ އެދެ ގައުމާއެކު އޮންނަ ސިޔާސީ އަދި އިގްތިސާދީ ގުޅުން ވަރުގަދަ ކުރުމެވެ.

މޯދީ މިދެގައުމަށް މިނވަޑައިގަންނަވަނީ ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލަން އިންޑިއާ ސަރުކާރުން ނިންމިތާ މާގިނަ ދުވަސްތަކެއް ނުވަނީސްއެވެ. ކަޝްމޫރުގެ މައްސަލައިގައި ޔޫއޭއީން ތާއީދު ކުރަނީ އިންޑިއާއަށެވެ.

ޕާކިސްތާނުން އަންނަނީ ކަޝްމީރު މައްސަލައިގައި އޯއައިސީގެ މެމްބަރު ގައުމުތަކުގެ ތާއީދު ހޯދަން މަސައްކަތް ކުރަމުންނެވެ.

"އޯޑަރ އޮފް ޒައިދު" ގެ ލަގަބް މޯދީ އަށް ދޭން ޔޫއޭއީ ނިންމާފައިވާއިރު ރާއްޖެއިންވެސް ވަނީ މޯދީއަށް އެންމެ މަތީ ޝަރަފު ކަމަށްވާ "ނިޝާން އިއްޒުއްދީން"ގެ ލަގަބު އަރުވާފައިވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އައްޗީޑި

    ޔޫއޭއީ ތިހިރީ ހަމަހޭގަތަ؟ ތިއީ މުސްލިމް ގައުމެއްތަ؟ މޯޑީ އަކީ ފާޅުގައި މުސްލިމުންނާ ދެކޮޅަށް އުޅޭ ޖައްބާރެއް. އިސްލާމްދީނުގައި ނޯވޭ ދީނުގެ އަދުއްވުންނަށް ޝަރަފް އެރުއްވުމެއް. ތިއީ ހުރިހާ މުސްލިމުންނަށް ކުރެވޭ މަލާމާތެއް.

    28
    1
  2. އަބޫ އައިސާ

    މުނާފިގުން ނާއި ކާފަރުން ގެ ކިބައިން ސަލާމަތް ކުރައްވާ މުއުމިނުން އެމީުންގެ މައްޗަށް ނަސްރު ވެރި ކުރައްވާދޭވެ

    28
    1
  3. އަލީ

    ދެރަ މައްސަލައެއް

    20
    1
  4. ބަނާނާ ސަރުކާރު

    އަރަބިންގެ ތެރޭގަތިބި މިފަދަ މުނާފިގުންގެ ސަބަބުން އިސްލާމްދީނަށާ މުސްލިމުންނަ ނިކަމެތިކަންލިބި ހަފުސްވަމުން މިދަނީ.. މިގެރިޔަށް އެވޯޑުދެނީ ކަޝްމީރުގަތިބި މުސްލިމުން ނެތިކޮއްލާ އަޅުވެތިކުރާތީތަ؟ހަލާކުހުރި މިފަދަ ނުބައިމީހުންނަ... ތިހުރިހާ ފައިސާ ކުޑިތަކަކަށްވެ ނެތިވާދުވަހު އެވޯޑުދޭން ތިބެއްޗޭ..

    26
    1
  5. ޙުސެެއިން

    ބަލަގަ އައްޗީޑި މި ދިވެހިރާއްޖެއިން ވެސް އޮތީ ތިޔަ މަތީ ލަގަބު އަރުވާފައޭ. ޙޭ އަރާ ބަލަ ކޮއްކޯ. މިވެސް ހަމަ ތިޔަ ބުނާ 100ޕަސަންޓް މުސްލިމް ގައުމެކޭ.

    11
    6
    • އައްޗީޑި

      މަނުބުނަމެއްނުން 100 ޕަސެންޓް މުސްލިމް ގައުމެކޭވެސް، މުނާފިގް ގައުމެކޭވެސް.

      ރާއްޖެ: 100 ޕަސެންޓް މުސްލިމް، އެކަމަކު ވެރިކަން ކުރަނީ މުނާާފިގުކަން ބޮޑު މީހެއް. ބޮޑުވަޒީރުކަން ކުރަނީ ސީދާ ގާރޫނު ސްޓައިލް އިބިލީހެއް. މުސްލިމަކު ނޫނީ މުސްލިމުންތަކެއް ފާޅުގައި ތިމަންމެންނަކީ މުސްލިމުން ނޫނޭ/ ތިމަންމެން ދީން ދޫކޮށްފީމޭ ނުބުނާހާ ހިނދަކު ނުބުނެވޭނެ ދޯ ރާއްޖެއަކީ 100 ޕަސެންޓް މުސްލިމް ގައުމެއް ނޫނޭ.

      ޔޫއޭއީ އަކީ "އިސްލާމީ ޝަރީއަތް" ހިންގާ ގައުމެއް. ރާއްޖޭގައި އިސްލާމީ ޝަރީއަތެއް އެހާވަރަކަށް ނޯވޭ. މިހިންވެ މިބުނަނީ ޔޫއޭއީން މިކުރާކަމަކީ އިސްލާމް ދީނަށާއި މުސްލިމުންނަށް ކުރެވޭ މަލާމާތެކޭ! ގަތަރު ގޮތަށް ޔޫއޭއީވެސް ސެކިޔުލަރިސަމް އާއި ދިމާލަށް މިސްރާބް ޖަހާނެ ކަންނޭގެ.

      15
      1
  6. ޙަރު

    ?????

    11
  7. Anonymous

    އައްޗީޑި ޢަރަބީން މޮޔަފުޅުވީތޯ؟ ލަދު!

    14