މެލޭޝިޔާއިން މިހާރު ހިމާޔަތް ހޯދައިގެން އެ ގައުމުގައި ދިރިއުޅެމުންދާ އިންޑިއާ އިން ހޯދަން ބޭނުންވެފައިވާ އިންޑިއާގެ ދީނީ އިލްމުވެރިޔާ ޒާކިރު ނައިކް މެލޭޝިއާގައި ތަގްރީރު ކުރުން އަށް މަނާކޮށްފިއެވެ.

މެލޭޝިއާ ފުލުހުން ވިދާޅުވީ މިއީ ގައުމީ ސަލާމަތަށްޓަކާ އެޅި ފިޔަވަޅެއް ކަމަށާއި ޒާކިރު ނައިކުގެ ތަގްރީރުތައް ހުއްޓުވުމުގެ ހުއްދަ ފުލުހުންގެ ހުރިހާ ޑިޕާޓްމެންޓަކަށް މިހާރު ދީފައިވާ ކަމަށެވެ.

މި ފިޔަވަޅު އަޅާފައިމިވަނީ ދާދިފަހުން މެލޭޝިޔާގައި ޒާކިރު ނައިކު ދިން ތަގުރީރެއްގައި ތަފާތު ނަސްލު ތަކާއި ދީންތަކުގެ މެދުގައި ހަމަނުޖެހުން އުފެދޭ ފަދަ ވާހަކަތަކެއް ދައްކައިފައި ވާކަމަށް ބުނެ ޒާކިރު ބޭރުކުރުމަށް އެގައުމުގެ ތިން މިނިސްޓަރަކު ގޮވާލާފައި ވަނިކޮށެވެ. ޒާކިރު ނައިކު މެލޭޝިޔާއިން ބޭރުކޮށްލަން ޖެހޭކަމަށް ބުނެ ވާހަކަދެއްކި މިނިސްޓަރުންގެ ތެރޭގައި ހިމެނެނީ ކޮމިއުނިކޭޝަން އެންޑް މަލްޓި މީޑިއާ މިނިސްޓަރާއި ހިއުމަން ރިސޯސް މިނިސްޓަރާއި އަދި ވޯޓަރ ލޭންޑް އެންޑް ނެޗުރަލް ރިސޯސް މިނިސްޓަރެވެ.

މި މައްސަލާގައި އިންޑިއާގެ މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. ޒާކިރު ނައިކު ހުރިހާ ރޮގެއް ހުރަސް ކޮށްލީ ސިޔާސީ ކަންކަމާއި މެލޭޝިއާގެ ހަމަޖެހުމަށް ގެއްލުން ލިބޭނެ ވާހަކަ ދައްކައިގެން ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު ޑރ މަހާތިރު ވަނީ ވިދާޅުވެފައެވެ.

މަހާތިރު ވަނީ މެލޭޝިއާއިން ޒާކިރު ބޭރުކުރިއަސް އިންޑިއާ އާއި ޒާކިރު އަބުރާ ހަވާލު ނުކުރާނެ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަޙްމަދް

    ޒާކިރު ނައިކު”މަޝްހޫރު ދީނީ ޢިލްމުވެރިޔާ އޭ ބުނާއިރު މީނާ ދީނުގެ ޢިލްމު އުނގެނުނީ ކޮން ޤައުމަކުން ކޮން ޔުނަވައިސިޓީަކުންތޯ އެވެ!؟ މިކަލޭގެ ކިޔަވާ ދަރިވަރުވީ ކޮން ޝޭޙެއްގެ ކާރިއަކުން ކޮންރޮނގަކުންތޯ އެވެ.
    މީނާ ދީނުގެ ޢިލްމު ޙާސިލުކުރީ قرأن، قرأنތަފްސީރު ޢިލްމުންތޯއެވެ!؟ ޙަދީޘް ޢިލްމުންތޯއެވެ!؟ ފިޤްހީމައްސަލަތަކައި ގުޅޭ ރޮނގަކުންތޯއެވެ!؟ ނުވަތަ ދައުވަތު ދިނުމު ގެ ރޮނގުންތޯ!؟
    ދޫފަރިތަކަމާއި އެކު قرأنގެ އާޔައްތަކާއި ޙަދީޘް ތަށް ކިޔާލީމާ އެވާނެތޯ ދީނުގެ ޢިލްމުވެރިޔަކަށް؟؟؟

    5
    24
    • ހުސޭނުބޭ

      ކަލެއަށްވުރެ މޮޅު މީހަކު ނެތްޖަން މަށަށް މި އެގުނީ! ދެން ކަލޭ މޮޅުވެގެނ!

      13
      6
    • އަޙްމަދް

      އެއްވެސް ބޭފުޅަކު އަތުގައި މި ހަތްސުވާލަށް ފުރިހަމަޖަވާބެއް ވޭތޯއެވެ؟

      1
      2
  2. އާމިނަތް

    އިސްލާމްދީނަށް ނަސްރު ދިނުން އޮ ތީ...ޑރ ޒާކިރު ނައިކް އެއީ ޢިލްމީ ބޭފުޅެއް....

    18
    5