ސައުދީ އަރަބިއްޔާގައި ކާވެނި ކުރި އެންމެ ހަގު ދެ ކުދިން ކާވެނިކޮށްފައި ވަނީ 2016 ވަނަ އަހަރުގައެވެ. ޢަލީ އަލް ކައިސިސް ނަމަކަށް ކިޔާ ފިރިހެން ކުއްޖާގެ އުމުރުން އޭރުވީ އެންމެ 14 އަހަރެވެ. އޭރު އޭނާގެ އަންހެނުންނަށް ވީ 13 އަހަރެވެ. އޭގެ ދޮޅު އަހަރުފަހުން އެމީހުންނަށް ވަނީ އަލަތު ދަރިފުޅަކު ލިބިފައެވެ.
ދަރިފުޅު ލިބުނުއިރު އުމުރުން އެންމެ 16 އަހަރުގެ އަލީ އަލް ކައިސީއަކީ ގްރޭޑް 10ގައި ތައުލީމް ހާސިލް ކުރަމުން އަންނަ ކުއްޖެކެވެ. 15 އަހަރުގެ އަންހެނުންނަކީ އަލީގެ ދެބެންގެދެދަރި ކުއްޖެކެވެ. ސައުދީގައި ތިމާގެ މީހުން ކައިވެނި ކުރުމަކީ އާއްމު ކަމަކަށް ވީ ނަމަވެސް، މިފަހަކަށް އައިސް މިހައި ހަގު އުމުރުގައި ކުދިން ކާވެނިކުރުން ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. ގިނަ ފަހަރަށް ކުދިން މިފަދަ ގޮތަކަށް ޒަވާޖީ ހަޔާތެއް ފަށަނީ އެ ކުދިންގެ އާއިލާ އިން ބޭނުންވެގެންނެވެ.
2017 ވަނަ އަހަރު އަލީގެ އަންހެނުން ވިހަން ތައްޔާރުވުމުން ގެންދެވުނީ އަސްކަރިއްޔާގެ ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލުން ވަނީ އަލީއާއި އޭނާގެ އަންހެނުންނަށް 18 އަހަރު ނުވާތީ، އަންހެނުންގެ ބައްޕަގެ ހާޒިރުގައި މެނުވީ އޭނާ ވިއްސަން ދެކޮޅު ހަދާފައެވެ. އެއީ ސިޒޭރިއަންއެއް ހަދަން ޖެހުނު ނަމަވެސް އެކަމަށް އަންހެނުންގެ ބައްޕަގެ ސޮއި ބޭނުންވާތީއެވެ.
މިއާއެކު އަލީ ވަނީ އެ ހޮސްޕިޓަލުގެ އެންމެ އިސްވެރިޔާއާއި ބައްދަލު ކުރުމަށްފަހުގައި އަންހެނުންގެ ބައްޕައާއި ނުލައިވެސް އޭނާގެ އަންހެނުން ވިއްސަން އެ މީހާ ރުއްސުވާފައެވެ. އެއްވެސް މައްސަލައަކާއި ނުލައި އޭނާގެ އަންހެނުން ވަނީ ފިރިހެން ކުއްޖަކު ވިހާފައެވެ. އަލީ އެ ކުއްޖާއަށް މުހައްމަދު ކިޔާފައިވާއިރު އެއީ އޭނާގެ ބައްޕަގެ ނަންކަމަށް، އެ ގައުމުގެ ނޫސްތަކަށް ޢަލީ މައުލޫމާތު ދީފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަލީގެ ދަރިއާއި އޭނާގެ އަންހެނުން ބެލުމުގައި އެހީތެރިވެދީ ހެދީ ޢަލީގެ މަންމައެވެ. އަދި ދަރިފުޅު ބަލާނެ ގޮތްވެސް މަންމަ ވަނީ ދެ ކުދިންނަށް ދަސްކޮށްދީފައެވެ. މި ހާދިޘާ ހިނގުމުން މި ވާހަކަ މުޅި ސައުދީއާއި ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ދައްކަމުން ދިޔައިރު، އެއް ބަޔަކު ގަބޫލު ކުރާ ގޮތުން މިއީ މައްސަލައެއް ނޫނެވެ. ނަމަވެސް، އަނެއް ބަޔަކު ދެކޭ ގޮތުގައި ކުޑަ ކުދިން މިފަދަ ކަންތައް ކުރާއިރު އެއީ ކިހާވަރެއްގެ ކަމެއް ކަން އެ ކުދިންނަކަށް ނުވިސްނޭނެއެވެ.
މިހާރު ޢަލީގެ އުމުރުން 18 އަހަރުވެފައިވާއިރު، އެމީހުންނަށް ލިބުނު ދަރިފުޅަށް ވަނީ 02 އަހަރު ފުރިގެން ގޮސްފައެވެ. އަދި ޢަލީއާއި އޭނާގެ ޢާއިލާ އުޅެމުންދަނީ އުފާވެރިދިރިއުޅުމެކެވެ.
ކާފަރުން ޒިނޭކޮށްގެން ދަރިން ހޯދިޔަސް އޯކޭވާނެ...އެކަމަކު ކައިވެނި ކޮށްފިއްޔާ މައްސަލައެއް!
بارك الله
އިބުނި އަބްދުލް ވައްހާބު ކައިވެނި ކުރެއްވި އިރު އުމުރަކީ 13 އަހަރު.ދެފަރާތުގެ އާއިލަާ އިން އެއްބާރުލުން ދޭނަމަ އެއީ އެންމެ ރަގަޅު ކަމެއް.ޔޫރަޕްގައި ހައިސްކޫލް ކުދިން ހުރިހަާ ކަމެއް ކުރޭ އެއީ ފުރީޑަމް ޑިމޮކްރަސިީ މުސްލިމް ކުއްޖެއްނަމަ ކައިވެނި ކޮށްފިނަމަ ކަޓުވީ .
އިބްނު އަބްދުލް ވައްހާބަކީ ކިހާވަރެއްގެ މީހެއްކަން އެނގޭތަ
އެއީ އިސްލާމީ ތާރީޙުގެ ވަރަށް ބޮޑަށް ފާހަގަ ކޮއްލެވޭ ޢިލްމުވެރިއެއް!
ވަރަށް ސަޅި
މީ ރާއްޖޭގަވެސް ވާންވީ ގޮތަކީ..އިންޝާﷲ އަދި މިގޮތަށްވާނެ..މަރަށްމަރުހިފޭނެ..އަތްކެނޑޭނެ..10 އަހަރުގަ ކައިވެނި ކުރެވޭނެ..
14 އަހަރުގެ ކުދިން އެމީހުންގެ 15 އަހަރުގެ ބޯއިފްރެންޑަށް ބަލިވެ އިނުމަށް ވުރެން މާ ރަގަޅު ކައިވެނިކުރުން. 13/14 އަހަރުގެ ކުދިން ރައްޓެހިވެގެން ނަހަލާލަށް ބަލިވެ އިނުން މާ ހުތުރު.... ކައިވެނި ކުރާ ވަރަށް ވުރެން ކުޑައިއްޔާ ޒީނޭ ފަދަ ބަދުއަހުލާގީ އަމަލްތަކަށް އަރައިނުގަނެ ރީތިކޮށް އުޅެބަލަ ކުޑަކުދިން ހެން. މި ދިވެހި ރާއްޖޭގަ މި އިވެނީ 13/14 އަހަރުގެ ކުދިން ބަލިވެ އިނީ އެއުމުރުގެ ބޯއިފްރެންޑްގެ ދަރި އަކަށްށޭ. ވަރަށް ދެރަ.
މިހާރު ރާއްޖޭގައި ތިބި ބައެއް މާމައިން ނާއި ކާފައިން (މީގެ 70ވަރަކަށް އަހަރު ކުރިން އުފަންވެފައިވާ ވަރަށް ގިނަ ބޭފުޅުން) ގެ މަންމައިން ޢުމުރުން 12 އަހަރު13 އަހރު ހިސާބު ކައިވެނިކޮށް ދަރިން ލިބިފައިވޭ. ވަރަށް ހަމަޖެހިގެން އުޅުނު ޢާއިލާތައްވެސް އޭގެތެރޭ ބައިވަރު
އަހަރެން އަމާ އަހަރެން ބައްޕަޔާ އިން އިރު 14 އަހަރު. ދޮންބެ ވިހެއި ފަހުން 15 ފުރުނީ. އައްޕައަށް 24 އަހަރު. އަދިވެސް އަލަތު ކައިވެނި މަތީ. ވ ލޯބިން. 6 ކުދިން ތިބޭ. އަހަރެމެން ނިކަން އުހާއު ވެރި
ބާލިއު ވުމުން ކައިވެނިކުރުން ހަމައެއްވެސް މައްސަލައެއްނޫން
މީ މާ ސަޅިކަމަށްވެގެން މި ހެޑްލައިންގެ ދަށުން މިކަހަލަ ޚަބަރުތައް ލިޔާނެކަމެއް ނެތް
ކަލޭމެނަށް ހުޅަނގުގެ މީހުން ޒިނޭކުރާ ޚަބަރު ލިޔުނީމަ އޯކޭދޯ.ބަލަ ހުއްދަ ކަމެއްގެ ވާހަކައޭ އެލިޔުނީ.
ކީއްވެޔޯ ނުވިއްސީ. އެއުމުރުގެ ކުދިން ކައިވެނި ކުރުވަނީ އެކަމުގަ އެއްވެސް ގެއްލުމެއް ނުވާނެ ކަމަށް ގަބޫލު ކުރާތީ އޭނު.
ޚަބަރުގަ އޮތީ އެއްވެސް މައްސަލައެއް ދިމާ ނުވެ ވިހޭ ވާހަކަ. އެކަމު ސިޒޭރިއަން ހަދަން ޖެހިދާނެ ކަމަށް ބައްޕަ ގެންނަން ބުނި ކަމަށް
ވަގުތު މީސަލަފް މީހުން ހިންގާ އެއްޗެއްތަ. މަސަލާން. ލަދުގަނެއްޖެ
އީސަ ލަދެއްނުގަނޭ ދޯ މި ރާއްޖޭގަ މި އަހަރު 14 އަހަރުގެ ކުއްޖަކު އޭނާގެ 15 އަހަރުގެ ރައްޓިހިވެގެން އުޅޭ ކުއްޖާ ޔަށް ނަހަލާލަށް ބަލިވެ ދަރިއަކު ލިބުނީމަ... ޒިނޭކުރުން ފަދަ ހަރާމްކަންތަށް ކޮށްގެން 14/15 އަހަރުގެ ކުދިން ވިހެއީމަ ލަދެއްނުގަނޭތަ
ކޮންމެ ގޮތަކަށް ކަން ހިނގިޔަސް ވަރިހަމަ އެވެ. މި ޚަބަރު މަ ކިޔަމުން ދިޔައިރު ވަރަށް ބޮޑަށް ލަދުވެތިކަން އިޙުސާސް ކުރެވުނެވެ.
ޒިނޭގެ ނުބައި ފާފައަށް އަރައިގަތުމަށްވުރެ ކައިވެނި ކޮށްގެން ދަރިއެއް ލިބުނީމަ މާރަނގަޅު...???
އަހުރެންގެ މަމްމަ ކައިވެނި ކުރިއިރު ތޭރައަހަރު އެގާރަކުދިންވިހެއި މިހާރު ދުނިޔޭގަ8ކުދިންއެބަތިބި މީޝާﷲ