މެލޭޝިޔާގެ ބޮޑުވަޒީރު ޑޮކްޓަރ މަހާތީރު ބިން މުހައްމަދު އުމުރުފުޅުން 94 އަހަރުގައި 11 ކިލޯ މީޑަރުގެ ރާސްތާއެއް ބައިސްކަލުގައި ކަޑައްތު ކުރުމުން އެކަން އެތަށް ބައެއްގެ ސަމާލުކަމައް އައިސްފިއެވެ.

އުމުރުން ދުވަސް ވިއަސް މަހާތިރު ވަނީ ދުޅަހެޔޮ ސިއްހަތެއްގައި ކަން ސާބިތު ކުރުމަށް އޭނާ ބައިސްކަލް ދުއްވާ ވީޑިއޯވެސް އާންމު ކުރައްވާފައެވެ. މަހާތިރަކީ ގިނަ އަދަދަކަށް މީސް މީޑިއާ އެކައުންޓްތަށް ބޭނުން ކުރައްވާ ބޭފުޅެކެވެ.

މަހާތިރު މީގެ ކުރިން ވަނީ ބޮޑުވަޒީރުގެ ރަސްމީ އޮފީސްކޮޅުގައި އިންޑޮނޭޝިޔާގެ ރައީސު ޖޯކޯ ވިދޯދޯއާއި ބައްދަލުކުރެއްވުމަށް ފަހު މަހާތީރު ވަނީ މެންދުރުގެ ފަރިއްކޮޅަށް ބޮޑުވަޒީރުގެ ރަސްމީ ގެކޮޅަށް ރައީ ސް ވިދޯދޯއާއެކު އަމިއްލަފުޅަށް ކާރުކޮޅު ދުއްވަވާފައި ވަޑައިގެންފައެވެ.

މަހާތިރު މީގެ ކުރިން ވަނީ ގަޑިއަކު 180 ކިލޯމީޑަރުގެ ބާރު މިނުގައި ދުވާ ސްޕީޑް ކާރެއްވެސް ދުއްވާފައެވެ.

އުމުރުފުޅުން 94 އަހަރުގެ މަހާތިރު ވެވަޑައިގަންނަވާނީ ދުނިޔޭގެ އެންމެ އުމުރުން ދުވަސްވީ ބޮޑު ވަޒީރަށެވެ. މަހާތިރު ވަނީ 1981 އިން 2003 ވަނަ އަހަރާ ހަމައަށް، 22 އަހަރު މެލޭޝިއާގެ ބޮޑު ވަޒީރުކަން ކުރައްވައިފަ އެވެ. އެންމެ ފަހުން އޭނާ ބޮޑުވަޒީރުކަމަށް ވަޑައިގެންނެވީ މިދިޔަ އަހަރު އެވެ.