އައެންއެފް އެބަސްވުމުގެ ދަށުން ބޭނުން ކުރުން މަނާ މިސައިލެއް އެމެރިކާއިން ޓެސްޓް ކުރުމުން ރަޝިއާ ރުޅިގަދަ ވެއްޖެއެވެ.

ކެލިފޯނިއާގައި ކުރޫސް މިސައިލް ޓެސްޓު ކޮށްފައިވާ ކަމަށް އެމެރިކާއިން ބުނެފައިވާއިރު މިސައިލްގެ ޓެސްޓު ވަރަށް ކާމިޔާބު ކަމަށާއި މިސައިލް 600 ކިލޯމީޓަރަށް ވުރެ ދުގު ރާސްތާއަކަށް ދަތުރުކުރުމަށް ފަހު މަންޒިލަށް ހަމަލާދީފައިވާ ކަމަށް އެމެރިކާއިން ބުނެއެވެ.

މިސައިލް ޓެސްޓު ކުރުމުން ރަޝިއާއިން ވަނީ މިކަން ކުއްވެރި ކޮށްފައެވެ. އަ.އެން.އެފް ގެ ދަށުން ރަޝިއާއިން ވަނީ މި ފަދަ މިސައިލް ޓެސްޓް ކުރުން މީގެ އެތަށް މަހެއް ކުރިން ހުއްޓާލާފައެވެ.

އެމެރިކާ އަ.އެން.އެފް އެބަސްވުމުން ވަކިވީ އޮގަސްޓު މަހުގައި ކަމުން މި މިސައިލް ޓެސްޓު ކުރުމުން ދޭހަވަނީ އެމެރިކާ އަ.އެން.އެފް އެބަސްވުމުން ވަކިވީ ވަރަށް ކުރިން ތައްޔާރުވަމުން އައިސްފައިވާ ކަން ކަމަށް ރަޝިއާއިން ބުނެއެވެ.

ކޯލްޑް ވާރގައި ހަދާފައިވާ އަ.އެން.އެފް އެބަސްވުމުން އެމެރިކާ ދުރުވީ އޮގަސްޓުމަހު 2 ވަނަ ދުވަހުގައެވެ.

"ރަޝިއާއިން ހަތިޔާރުގެ ވާދަވެރިކަމަށް އެމެރިކާއެކު ދާން ބޭނުން ނުވޭ އެމެރިކާއިން މިސައިލްތަށް ގައުމުތަކުގައި ނުބަހައްޓާނަމަ ރަޝިއާއިން ވެސް ނުބަހައްޓާނެ އެމެރިކާއިން މިސައިލްގެ ތައްޔާރީތަށް އަ.އެން.އެފް އެބަސްވުމުން ދުރުވުމުގެ ކުރިން ތައްޔާރުވުން ފަށާފައިވާ ކަމަށް މިކަމުގެ ސަބަބުން ބެލެވޭ" ރަޝިއާއިން ނެރުނު ބަޔާނެއްގައި ވެއެވެ.

އެމެރިކާއިން މި އެއްބަސްވުމުން ދުރުވަމުން ބުނެފައިވަނީ ރަޝިއާއިން އެއްބަސްވުމާ ހިލާފަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރަޝިއާއިން ބުނީ އެމެރިކާއަކީ އެއްވެސް އެއްބަސްވުމަކަށް އިހުތިރާމް ކުރާ ގައުމެއް ނޫން ކަން މި ޓެސްަޓުން ވަރަށް ރަގަޅަށް އެގިއްޖެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖަހާންގީރު

    ހުއްދަ އެއްވެސް ކަމެއް ކުރާ ބައެއް ނޫން އެއީކީ ޝައިޠާނީ ބައިގަނޑެއް

    35
  2. ހަލޯ ހަލޯ!

    އެކަމަކު އެހެން ގައުމުތައް ކުރީމަ ގޯސް ވަނީ. މިސާލަކަށް ނޯތު ކޮރެއާ، އީރާން.

    20