ވަރުގަދަ އިންޒާރަކެއެކު ފަލަސްތީނުގައި ހަރަކާތްތެރިވާ ހަމާސްއިން އިސްރާއީލަށް މުހުލަތެއް ދީފިއެވެ.

ހަމާސްއިން އިސްރާއީލަށް ވަރުގަދަ އިންޒާރެއް ދިނީ ގައްޒާއާ ދެކޮޅަށް ވަރަށް ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފަށާނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ މީގެ ކުރިން އިންޒާރު ދީފައި ވަނިކޮށެވެ.

ހަމާސްއިން ބުނީ ފަލަސްތީނަށް ގަތަރުންދޭ ފައިސާތައް މިހާރު މިހާރަށް ދޫކޮށް އަދި އައްޒާއަށް ކަރަންޓްގެ މިންވަރު މިހަފްތާގެ ނިޔަލަށް އިތުރުނުކޮށްފިނަމަ ކަންތައްތައް ވަރަށް ގޯސްކޮށް ދާނެ ކަމަށެވެ.

މީގެ އިތުރުން ހަމާސްގެ ދުވަސް ދުއްވާލަން ހިންގާ އޮޕަރޭޝަނެއް ކަމަށް ބުނެ، އިސްރާއީލުގެ ބޮޑު ވަޒީރު ދިން އިންޒާރަކީ އެއްވެސް އޮއްޓަރެއް ނެތް އިންޒާރެއްކަމަށް ހަމާސްއިން ބުނެއެވެ.

ނަތަންޔަހޫގެ އިންޒާރަކީ ހުސް އިންޒާރެއް ކަމަށާއި، އެއީ އިންތިހާބުގެ ކެމްޕެއިނަށް އޭނާ ދެއްކި ވާހަކަތަކެއް ކަމަށް ހަމާސް އިން ބުނެއެވެ.

"ހަމާސް ޖަމާއަތުގެ އަސްކަރީ ހަރަކާތްތައް ކުރިން އޮތް ވަރަށްވުރެ މިހާރު އެތައްގުނަ ބިޔަވެ ވަރުގަދަވާނެ, ހަމާސް އާއި ދެކޮޅަށް ނަތަންޔާހޫ ކުރާ ކޮންމެ ހަނގުރާމައަކުން އިސްރާއީލު ބަލިވާނޭ ހަނގުރާމައެއް ނިމިގެންދާނީ ކުރިން ކޮށްފައިވާ ހަނގުރާމަތައްވެސް ނިމިގެންދިޔަ މަގަށް،" ހަމާސްއިން ދިން އިންޒާރުގައި ވެއެވެ.

ހަމާސްއިން އިތުރަށް ބުނީ އިސްރާއީލުގެ ރޭވުންތައް ފުނޑުފުނޑުކޮށްލުމުގެ ގާބިލްކަން ހަމާސްއަށް ލިބިގެންވާ ކަމަށެވެ.

އިސްރާއީލުން ދޭތެރެ ދޭތެރެއިން ދަނީ ކޮންމެވެސް ބަހަނާއެއް ދެއްކުމަށް ފަހު ގައްޒާއަށް ވައިގެ މަގުން ހަމަލާދެމުންނެވެ. މިދިޔަ ރޯދަމަސް ފެށުމާއި ދިމާކޮށް އިސްރާއީލަށް އަމާޒުކޮށް 600 އަށްވުރެ ގިނަ ރޮކެޓް ހަމާސް އިން ފޮނުވާލުމާއި ގުޅިގެން އިސްރާއީލުން ބަދަލުގައި ގައްޒާގެ މީހުން ދިރިއުޅޭ 200 އެއްހައި ސަރަޙައްދަށް ހަމަލާތަކެއް ދީފައިވެއެވެ. ހަމަލާތަކުގައި ޝަހީދުވި މުސްލިމުންގެ ޢަދަދު ވަނީ 25 އަށް އެރިއެވެ. މި ހަމަލާތަކުގައި އިސްރާއިލްގެ 4 ޔަހޫދީއަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އުންމަތް

    ސާބަހޭ ދަރިފުޅުމެންނޭ

    38
    1
    • ކޮސް

      ހާހަހާ. ހާދަ ބާރުގަދައޭ ދޯ ހަމާސް. އިޒްރޭލަށް ވިއްޔަ އެ މުހުލަތު ދިނީ!

      2
      8
  2. އަނި

    ނަތަންޔާހޫ ބޯބުރި ކޮއްލާ

    14