ގްރީންލޭންޑް ގަންނަން އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަންޕް ޝައުގުވެރިވުމުން ޑެންމާކުން އެ ކަމާ ދެކޮޅު ހެދުމުން ޓްރަންޕް ޑެންމާކަށް ކުރަން އޮތް ދަތުރު ކެންސަލް ކޮށްފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޓްރަމްޕް ޑެންމާކަށް ވަޑައިގަންނަވަން މީގެ ކުރިން ހަމަޖެހިފައި އޮތީ އަންނަ މަހުގެއެވެ.

މި ދަތުރު ޓްރަންޕް ކެންސަލް ކުރީ ޑެންމާކުގެ އެ ނިންމުމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ. ޓްރަންޕްގެ މި ވާހަކައަށް ރައްދުދީ ޑެންމާކުގެ ސަރުކާރުން ދިނީ ކުރު ޖަވާބެކެވެ. އެއީ ޑެންމާކް އޮތީ ސޭލް އަޅުވާފައި ނޫން ކަމަށެވެ.

"ޑެންމާކް އޮތީ ސޭލް އަޅުވާފައެއް ނޫން, އެމެރިކާއިން ދައްކައްވީ އިންވެސްޓްމެންޓްގެ ވާހަކަ،" ޑެންމާކުގެ ސަރުކާރުންގެ ބަޔާނުގައިވެއެވެ.

އެމެރިކާއިން ގްރީން ލޭންޑް އެމެރިކާގެ އަތްދަށަށް ގެންދަން ބޭނުންވަނީ އެސަރަހައްދުގެ ގުދުރަތީ މުއްސަދިކަމާއި މަންފާ ލިބިގަތުމަށެވެ.

ޓްރަންޕް ބުނިގޮތުގައި ޑެންމާކްގެ އިސްތިއުމާރުގެ ދަށުގައިވާ ގްރީންލޭންޑްގެ އިގުތިސޯދު ހީނަރުވަމުންދާއިރު އެކަން ހުއްޓުވަން ޑެންމާކް ނުކުޅެދިފައިވާ ކަމަށެވެ.

އާބާދީގައި 57000 މީހުން ދިރިއުޅޭ ގްރީން ލޭންޑްގެ ބޮޑުބައި ކަވަރު ކުރަނީ ގަނޑު ފެނުންއެވެ. ޑެންމާކުން މިބިން ހިފާފައިވަނީ 18 ވަނަ ގަރުނުގައެވެ.

2009 ވަނަ އަހަރު ގެނެސްފައިވާ ގާނޫނީ އިސްލާހުން ބުނެދޭގޮތުގައި ގްރީން ލޭންޑް، ޑެންމާކުގެ ކިބައިން މިނިވަންވާން ބޭނުންވާ ކޮންމެ ވަގުތެއްގައި މިނިވަން ވުމުގެ ހައްގު ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދީމް

    ބޮޑާބެ. ވ ފޫހިވާ މީހެއް މީ

    10
    1