އެމެރިކާގެ 45ވަނަ ރައީސް ޑޮނަލްޑް ޖޯން ޓްރަމްޕް އެއީ ކަލެއް ކަމަށް އޭނާ ދައުވާ ކޮށްފިއެވެ.

ޓްރަމްޕް މިފަދަ ގޮތަކަށް ވާހަކަ ދައްކާފައި ވަނީ އެމެރިކާގެ މަޝްހޫރު ލިޔުންތެރިޔާ އަދި ރޭޑިއޯ ހޯސްޓް، ވޭން އެލީން ރޫޓް ބުނި ބަސްތަކަކާއި ގުޅިގެން އެކަމަށް ތާއިދު ކުރަމުންނެވެ. ވޭން ބުނެފައި ވަނީ ރައީސް ޓްރަމްޕަކީ އަކީ ޔަހޫދީންނާއި އިސްރާއީލްގެ ތާރީހުގައި އެ ގައުމަށް އެންމެ ހިތްހެޔޮ ރައީސް ކަމަށާއި، އޭނާ އަކީ އިސްރާއީލްގެ ރަސްގެފާނޭ ވެސް ބުނެވިދާނެ ކަމަށެވެ. މީގެ އިތުރުން ވޭން ވަނީ ޓްރަމްޕަކީ ކަލާނގެ އެއް ކަމަށް ބުނެވެސް ވާހަކަ ދައްކާފައެވެ.

މިއާއި އެކު ޓްރަމްޕް ވަނީ ވޭން ދެއްކި ވާހަކަތައް ޓްވީޓްކޮށް އެ ވާހަކަތަކަށް ތާއީދު ކުރާކަން ހާމަ ކޮށް، ވޭންގެ އެ ބަސްތަކަށް ޝުކުރު އަދާ ކޮށްފައެވެ. ޓްރަމްޕްގެ މި އަމަލު ތަކުން އެތައް މިލިއަން ބަޔަކު އަންނަނީ އެކަމާއި ނުރުހުން ފާޅު ކޮށް އަޑު އުފުލަމުން ކަން ފާހަގަކޮށްލެވެއެވެ.

ޓްރަމްޕާއި އެކު ވޭން

ޓްރަމްޕް އާއި އެމެރިކާގެ ޔަހޫދީންނާއި މައްސަލަތަކެއް އުފެދިފައިވާ މި ދަނޑިވަޅުގައި ޓްރަމްޕް ވަނީ އެ ގައުމުގެ ޔަހޫދީން އިދިކޮޅު ޕާޓީ އަށް ވޯޓު ދީފިނަމަ އެ މީހުންނަކީ އެ ދީން ގަބޫލު ނުކުރާ ބައެއް ކަމަށްވެސް ބުނެފައެވެ.

މީގެ އިތުރުންވެސް، ޓްރަމްޕް މިއަދު ޑެންމާކަށް ކުރަން ހަމަޖެހިފައިވާ ދަތުރު ވަނީ ކެންސަލް ކޮށްފައެވެ. ސަބަބަކީ ގްރީންލޭންޑް ވިއްކުމުގެ މަޝްވަރާތައް ކުރަން އެ ގައުމުން ދެކޮޅު ހެދުމެވެ. ގްރީން ލޭންޑަކީ ޑެންމާކުގެ ބާރުގެ ދަށުގައި އޮންނަ ދުނިޔޭގެ އެންމެ ބޮޑު ރަށް ކަމުގައި ވާއިރު ދާދި ފަހުން ޓްރަމްޕް ވަނީ ކުއްލިއަކަށް ގްރީންލޭންޑު ގަތުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. މި ދަތުރު ކެންސަލް ކުރުމުން ޑެންމާކުގެ ޝާހީ އާއިލާ އިން ވަނީ އެކަމާއި މެދު ހައިރާން ވާ ކަމަށް ބުނެފައެވެ.

ޓްރަމްޕް ގަންނަން އުޅޭ ދުނިޔޭގެ އެންމެ ބޮޑު ރަށް، ގްރީންލޭންޑް

ކަލެއް ކަމަށް ދައުވާ ކުރުމުން އަންނަ އަހަރު އެމެރިކާގައި ބާއްވާ އިންތިހާބު ޓްރަމްޕަށް ކާމިޔާބު ކުރުމުގެ ފުރުސަތު އެއްކޮށް ގެއްލުނީ ކަމަށް އެ ގައުމުގެ ސިޔާސީ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ނ

  ތީގަ އޭނަ ތަ ބުނީ ނޫނީ އޭނައަށް ތާއީދު ކުރި މިހާތަ އެހެން ބުނި..؟

  24
  2
 2. ގޮލާ

  ތި ދެމީހުންނަށް ތަކްފީރުކުރާމީހާއައްވެސް ޚަވާރިޖެކޭ ބުނާނެ މިތާމިއުޅޭ ޝޭހުން..

  13
  2
  • ތާރާ

   ޓްރަމްޕް އަށް ތާއީދު ކުރާނީ ލާދީނީ ބައިގަނޑު އެކަނި

   27
 3. ކިޔުންތެރިއެއް

  އޭނަ ބުނީ "އައި އެމް ދަ ޗޯޒަން ވަން". މާނައަކީ "އަހަރެންނަކީ މުސީބާތްތަކުން ދުނިޔެ ސަލާމަތްކުރަން ފޮނުވާފައިވާ މީހާ". އޭނައަށް ތާއީދުކުރާ ލާދީނީ ބައިގަނޑު މިކަން ގަބޫލުކުރާނެކަން ޔަގީން

  28
  2
 4. ނަމަ

  ޓްރަމްޕް އަކީ ހަމަ ފައްކާ ކަޑުކޮހެއް އެހެންވީމަ ދައުވާވެސް ކުރާނެތާދޯ

  23
 5. ގުޑްނައިޓް

  ދުނިޔޭގެ އެންމެ ބޮޑު މޮޔަ

  15