ޔަމަންގެ މަތިން އެމެރިކާގެ ޑްރޯންއެއް ވައްޓާލައިފިއެވެ.

ސީއެންއެން އިން ބުނީ، އެމްކިއު-9 ޑްރޯން ވައްޓާލީ މިސައިލަކުން ހަމަލާދީގެން ކަަމަށެވެ.

އެމެރިކާގެ އޮފިޝަލަކާއި ހަވާލާދީ ސީއެންއެން އިން ބުނީ، ޑްރޯން ވައްޓާލަން ބޭނުން ކުރި މިސައިލް ފޯރުކޮށްދީފައި ވަނީ އީރާން އިން ކަމަށް ބެލެވޭ ކަމަށެވެ.

ޑްރޯން ވައްޓާލީ ހޫތީންނަކީ އީރާން ތާއިދާއެކު ޔަމަންގައި ހަނގުރާމަކޮށް އެ ގައުމުގެ ބޮޑު ސަރަހައްދެއް ހިފާފައިވާ ޖަމާއަތެކެވެ. ހޫތީން ބުނީ، ޑްރޯން ވައްޓާލި މިސައިލް ތައްޔާރުކޮށްފައި ވަނީ ޔަމަންގައި ކަމަށެވެ.

މިދިޔަ ޖޫން މަހު އީރާން އިން ވެސް އެމެރިކާގެ ޑްރޯންއެއް ވައްޓާލިއެވެ. އޭރު އެމެރިކާ އިން އީރާންއަށް ހަމަލާ ދިނުމަށް ޓްރަމްޕް އަމުރުވެސް ކުރިއެވެ. ނަމަވެސް ހަމަލާ ދިނުމުގެ އޮޕަރޭޝަން ފަށާ މަތިންދާބޯޓުތައް މަތީގައި ވަނިކޮށް ހަމަލާ ދިނުން ޓްރަމްޕް މަނާ ކުރިއެވެ.

އޭރު ހަމަލާ ދިނުމަށް އިނީ އެންމެ 10 މިނިޓްކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދދދދދދ

    الحمدلله

    24
    2
  2. ވަހިދު

    ޓުރަމްޕު ބުންޏަކަސް އެމެރިކާއިން ބަޔަކަށް ހަމަލާ ނުދޭނެ. އެމީހުންނަކީ ޕްލޭނެއް ނެތި ބޮސް ބުނީތީ ހަނގުރާމަ ކުރާ ބައެއް ނޫން