މަނީލޯންޑްރިންގ ހަރަކާތްތަކެއްގައި ބައިވެރިވި މައްސަލާގައި އިންޑިއާގެ ކުރީގެ ފިނޭންސް މިނިސްޓަރު ޗިދަމްބަރަމްއަށް، ކޮރަޕްޝަނާއި މަނީލޯންޑްރިންގެ ތުހުމަތުކޮށް ހައްޔަރުކޮށްފިއެވެ.

އިންޑިއާގެ ސީބީއައިގެ ޓީމަކުން އޭނާ ހައްޔަރު ކޮށްފައިވަނީ ނިއުދިއްލީގައި ހުންނަ އޭނާގެ ގެކޮޅުން ރޭގެ ވަގުތެއްގައެވެ.

ސީބީއައިން ތުހުމަތުކުރާ ގޮތުގައި ޗިދަމްބަރަމް 2006 ވަނަ އަހަރު ފިނޭންސް މިނިސްޓަރަކަށް ހުރި ދުވަސްވަރު މަގާމުގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން މަނީލޯންޑްރިންގ އަދި ކޮރަޕްޝަނަށް މަގުފަހިނކުރުވާފައިވާ ކަމުގެ ތުހުމަތެއްވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ސަރުކާރާއި އިދިކޮޅު ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ އުމުރުފުޅުން 72 އަހަރުގެ ޗިދަމްބަރަމްއަކީ ދެފަހަރެއްގެ މަތިން އިންޑިއާގެ ފިނޭންސް މިނިސްޓަރުކަން ކޮށްފައިވާ މީހެކެވެ.

ހައްޔަރުކުރުމުގެ ގަޑިއިރުތަކެއްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗިދަމްބަރަމް ވަނީ އޭނާގެ މައްޗަށް ކުރާ ތުޙުމަތުތަކަށް ކަނޑައެޅިގެން އިންކާރުކުރާކަމަށް ބުނެފައިވެއެވެ.

އިދިކޮޅު ފަރާތްތަކުން ޗިދަމްބަރަމް ހައްޔަރުކުރުން ސިފަކުރަނީ އިންޑިއާގެ އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް ބޮޑުވަޒީރު މޯދީ އަޑީގައި ހުންނަވައިގެން ހިންގާ ސިޔާސީ ފިނޑި އަމަލެއް ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ކޮޔާ މިއަޅެފަހެ އަންހެނެއްތަ؟ ނޫނީ ފިރިހެނެއްތަ؟