ދުބާއީގައި ޔޯގާ އިޝްތިހާރު ކުރި މައްސަލައެއް ހޫނުވެއްޖެއެވެ.

ރިޕޯޓްތަށް ބުނާގޮތުގައި ދުބާއީގެ ބޮޑު މަގެއްގައި ހަރުކުރި ބިލްބޯޑެއްގައި އެހެން ކަމެއްނުކޮށް ސީދާ ޔޯގާ ހަދައިގެން ބަރުދަން ލުއިކުރެވޭނެ ކަމަށެވެ. އެގައުމުގެ ފުލުހުން ވަނީ އިޝްތިހާރުކުރަން ބެހެއްޓި ބިލްބޯޑް ނަގައި އެކަން ކުރި މީހުންނަށް ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ.

މި ބިލްބޯޑާ މަގުމަތީގައި ބެހެއްޓުނީ ދުބާއީގެ ސިއްހީ ވުޒާރާގެ ހުއްދަ އޮވެގެން ނޫނެވެ. ބިލްބޯޑް ބެހެއްޓީ ދުބާއީގެ މަޝްހޫރު ޔޯގާ ސްޓޫޑިއޯއެއް ކަމަށްވާ ސަންޖީވް ކްރިޝްނާ ޔޯގާއިންނެވެ. ބިލްބޯޑްގައި ބުނެފައި ވަނީ ޔޯގާގެ ސަބަބުން ދިހަ ދުވަސް ތެރޭގައި ޑިޕްރެޝަން، މައިގްރޭޝަން ސްޓްރެސް ފަދަ ކަންކަމަށް ބޭހެއް ނެތި ހަމައެކަނި ޔޯގާ ކޮށްގެން ފަރުވާ ލިބޭނެ ކަމަށެވެ.

ދުބާއީގެ ޑޮކްޓަރުން ވަނީ ޔޯގާ އިން 10 ދުވަހުގެ ތެރޭގައި ބަލިތަކަށް ފަރުވާ ލިބޭނެ ކަމަށް ބުނެ އިޝްތިހާރު ކުރުމަކީ ސިއްހީ ދާއިރާއަށް ރައްދު ކުރި ޖޯކެއް ކަމަށް ބުނެފައެވެ.

އިޝްތިހާރު ކުރުމުގެ ގާނޫނާ ހިލާފަށް ދުބާއީގައި ޔޯގާ އިޝްތިހާރުކޮށްފައިވާތީ މި ކުންފުނި ބޮޑު ޖޫރިމަނާ ކުރާނެ ކަމަށް ބެލެވެ އެވެ.

ބިލްބޯޑް ބެހެއްޓި ކުންފުނީގެ ވެރިން ވަނީ އެއީ ކުންފުނީގެ ވެރިންނަށް ވެސް ނޭނގި ބެހެއްޓި ބިލްބޯޑެއް ކަމަށް ބުނެ ޒިންމާ އިން ރެކިގަންނަން މަސައްކަތް ކޮށްފައެވެ.

ޔޯގާ އަކީ އިނޑިޔާއިން އުފަންވެފައިވާ ތާރީހީ ފަރިތަކުރުންތަކަކަށް ކިޔާނަމެކެވެ. ޔޯގާ ގުޅިފައި ވަނީ ހިންދޫގެ އަޅުކަމަކާއި ކަމަށް ގިނަ ބަޔަކު ބުނެއެވެ. ދުބާއީ އަކީ ގިނަ އަދަދެއްގެ އިންޑިއާ މީހުން ވެސް ދިރިއުޅެމުން އަންނަ ގައުމެކެވެ. އެހެންކަމުން ދުބާއީގައި ވެސް މިހާރު ވަރަށް ގިނަ ޔޯގާ ސްޓޫޑިއޯތައް ހުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ކީއްވެ؟

  އިރުއަރާވަގުތު ޝައިޠާނަށް ސަޖިދަކުރުންވެސް މީގެ ބައެއްގެ ގޮތުގައި އޮވޭ. ބައެއް ދަންނަ ބޭކަލުން ހަރާމް ކަމަށް ބުނާ ސަބަބަކީ މީ ކަމަށްވެދާނެ.
  އިސްލާމްދީނަކީ ކަސްރަތު ކުރުމަށް ވަރަށް ބާރުއަޅާ ދީނެއް. ނަމާދުގައިވެސް ލުއި ކަސްރަތުގެ ވަރަށް މުހިއްމު ބައިތަކެއް ހިމެނިފައިވޭ.

  4
  2
  • ސައިފީން

   ޔޯގާއަކީ ކަސްރަތެއް ނޫން..އެއީ ހިންދޫއިންގެ އަޅުކަމާއި ގުޅިފައި އޮންނަކަމެއް.

   5
   2
 2. ރާއްޖެ

  އިންޑިއާ މީހުންނަކީ މުޅި ދުނިޔެއަށް ޖެހިފައޮތް ވަބާއެއް.

  8
  1