އިންޑިއާގެ މަހަރަޝްތްރާގައި ފިރިހެނަކު އަންހެން ކުއްތާއެއް ރޭޕްކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 20 އަހަރުގެ މުންމުން ކުމާރް ގޮވަރްދަން ކުމާރް ރަމްއެވެ. އޭނާއަކީ ފުޑްއައުޓްލެޓެއްގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ.

އެ މައްސަލާގައި މިދިޔަ ބުދަ ދުވަހު އޭނާ ކޯޓަށް ދިއުމުން، އޮގަސްޓް 26 އާއި ހަމައަށް އޭނާ ހައްޔަރުކޮށްފައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

އެ މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ ވިޖޭ ރަންގަރޭ ނަމަކަށް ކިޔާ މީހެކެވެ. އޭނާ އަކީ ޖަނަވާރުންގެ ހައްގުތަކަށް މަސައްކަތް ކުރާ މީހެކެވެ. އޭނާ ބުނީ، އޮގަސްޓް 15 ވަނަ ދުވަހު ކުމާރް ކުއްތާއެއް ރޭޕް ކުރަން ހުއްޓާ ބަޔަކަށް ފެނުނު ކަމަށެވެ. އެ މީހުން ވަނީ އެ މަންޒަރު ވީޑިއޯކޮށްފައެވެ. އެ ވީޑިއޯއެއް މީސް މީޑިއާއަށް ލިޔެއެވެ.

އެ މަންޒަރު ރަންގަރޭ އަށް ފެނުމުން އޭނާ އެކަން ފުލުހުންނަށް ހުށަހަޅީއެވެ. އަދި ފުލުހުން ވަނީ އެ މައްސަލަ ބެލުމަށް ނިންމައި، އެ މައްސަލާގެ ތަހުގީގު ފުލުހުން ފެށިއެވެ.

ފުލުހުން ބުނީ، އެ މައްސަލާގެ ތަހުގީގަށް އެނގުނުގޮތުގައި، ކުމާރް މަގުމަތީ ހުންނަ ކުއްތާތަކަށް ކާންދީ އެއްޗެއްސާއި ގާތްވެއެވެ.އަދި ބައެއް ފަހަރު އޭނާ އެ ކުއްތާ ތަކާއެކު ނިދާ ކަމަށް ވެސް ވެއެވެ.

ފުލުހުން ބުނިގޮތުގައި، މީގެ ކުރިންވެސް މިފަަދަ މައްސަލަތައް ފުލުހުންނަށް ހުށަހެޅުނު ނަމަވެސް، ބައެއް މައްސަލަތަކުގައި އެކަށީގެންވާ ހެކި ނެތުމުން ނުބެލޭ ކަމަށެވެ.
އިންޑިއާއަކީ ރޭޕްގެ މައްސަލަތައް އެންމެ ގިނަ އެއް ގައުމެވެ.

ކިޔުންތެރިންގެ ހިޔާލު