އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީން، ފަލަސްތީނުގެ ބިމުން ފޭރިގަނެ އަތްގަދަކޮށްފައިވާ ސަރަޙައްދުތަކަށް މުސްލިމުންނަށް ނުވަދެވޭނެހެން ހެދުމުގެ ގޮތުން ބޮޑު ފާރެއް ރޭނުމަށް ތައްޔާރުވެއްޖެއެވެ.

މީގެ ކުރިންވެސް ޔަހޫދީން، ފަލަސްތީނުގެ ބިމުން ހިފާފައިވާ ބައެއް ހިސާބުތަކުގެ އިމުގައި ފާރު ރާނައި ބަންދުކޮށްފައިވާއިރު އިސްރާއިލް އިން މިވަގުތު ބޮޑު ފާރެއް ރޭނުމަށް ތައްޔާރުވަމުން ދަނީ ޣައްޒާގެ އިރުއުތުރު ފަރާތުން ފަލަސްތީނުގެ ބިމުގައެވެ. މި ފާރު ރާނަނީ އިސްރާއިލް އޮކިއުޕޭޝަން އޮތޯރިޓީ (އައިއޯއޭ) އިންނެވެ.

އިސްރާއިލްގެ ބައެއް މީޑިއާތަކުން ޔަހޫދީންގެ އިސް ފަރާތްތަކާއި ހަވާލާދީ ބުނެފައިވާގޮތުގައި، މި ފާރު ރާނަނީ މިހާރު އިސްރާއިލްގެ ބައެއް ކަމަށް ބަލާ ޤުދުސްގެ އިރުދެކުނުފަޅިން ޔަހޫދީން އުޅޭ ސަރަޙައްދުތަކަށް ފަލަސްތީނުގެ މުސްލިމުންނަށް އެރިޔަނުދިނުމުގެ ގޮތުންނެވެ.

މި ސަރަޙައްދަކީ އިސްރާއިލްގެ ޔަހޫދީންގެ ގިނަ ބަޔަކު އަލަށް ވަޒަންވެރިވަމުން އަންނަ، އިސްރާއިލްގެ ބޯހިޔާވަހިކަން ޤާއިމްކުރަމުންދާ ސަރަޙައްދެކެވެ. މީގެ އިތުރުން މިއީ ފަލަސްތީނުގެ ރައްޔިތުން ދަނޑުގޮވާން ކުރުމަށްވެސް ބޭނުންކުރަމުންދިޔަ ސަރަޙައްދެކެވެ. އިސްރާއިލް އިން މި ސަރަޙައްދަށް އަތްގަދަ ކުރުމަށްފަހު ވަނީ، މުސްލިމުންގެ ދަނޑުބިންތަކަށް ގެއްލުންދީ ސުންނާފަތިކޮށްލާފައެވެ.

މުސްލިމުންގެ ބިންތައް ފޭރިގަތުމާއި އެކު، ފަލަސްތީނުގެ ރައްޔިތުންނާއި މެދު އަނިޔާވެރިވެ އެތައް ބަޔަކު ޤަތުލުކުރުމުގެ ސިލްސިލާ އިސްރާއީލުން ހުއްޓުމެއް ނެތި ކުރިއަށްގެންދާއިރު، މިކަންކަން ހުއްޓުވުމަށް ބައިނަލްއަޤުވާމީ ބޮޑެތި ޖަމިއްޔާތަކާއި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ އިތުރުން މުސްލިމުންގެ ނަމުގައި ޙަރަކާތްތެރިވާ ނިރުބަވެރި ޖަމާޢަތްތައް ވަނީ ނުކުޅެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ސަހޭ

  ފާރެއްނޫން ކޮންމެ އެއްޗެއް އެޅިޔަސް ﷲގެ ކުޅަދުންވަންތަކަން އޮއްނާނީ.... 80 އަހަރު ވަނީ އެމީހުން ފަލަސްތީން ހިފަން އުޅޭތާ .... އެކަމެއް ނުވި އެއްނު ދެންވެސް ނުވާނެ އިންސާﷲ... ގުރްޢާން ގަ އެބަ އޮތް ބުނެފަ ފަލަސްތީން ބިމުން މީހުން ހުސްނުކުރެވޭނެ ކަމައް.... ދެން ކޮން މޮޔައެއްވެގެން އުޅޭ ބައެއްމީ....

  23
 2. ....

  ރާއްޖޭ ގަ ތިބޭނެ ހަޖަމް ނުވާކު ކުދިން... އިސްލާމް ދީން ގަބޫލް ނުކުރާ މީހުން ދައްކަބަލަ ގަބޫލް ނުކުރަނީ ކީއްވެ ކަން ؟

  14
  1
 3. އަޙުމަދު ޙަމީދު

  މިކަމާ އިދިކޮޅަށް ދިވެހި ބަހެހް ބުނާކަށް ސަރުކާރަކަށް ނުކެރޭނެ. ޙަނު.

  12
 4. އާދު

  ﷲމާމަތިވެރި ވަހީ ކުރައްވާނީ "ވާށޭ" ކިތަންމެބޮޑުފާރެއްލިޔަސް ސަލާމަތެއްނުވެވޭނެ ތިހެން އުޅުނު އާދުބާގާ މިހުންވެސް

  14