ނިއުކްލިޔާ މައްސަލާގައި އެމެރިކާއިން އީރާނަށް އިންޒާރު ދެމުން ދަނިކޮށް އެމެރިކާގެ އިންޒާރުތަކަށް ގޮންޖެހުމަށް ފަހު އީރާނުން އާ ވައްތަރެއްގެ މިސައިލެއް ކާމިޔާބުކަމާއެކު ޓެސްޓް ކޮށްފިއެވެ.

އީރާނުގެ ރިވަލޫޝަނަރީ ގާޑްސްގެ އިސްވެރިޔާ ޖެނެރަލް ހުސެއިން ސަލަމީ ވިދާޅުވީ އީރާނަކީ އަބަދުވެސް އާ ހަތިޔާރު ތަށް ވުޖޫތަށް ގެންނެސް ތަރައްގީ ކުރާ ގައުމެއް ކަމަށާއި އަލަށް އުފެއްދި މި މިސައިލަކީ އެކަމަށް އިތުރުވި ބޮޅެއް ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން އީރާނުން ޓެސްޓް ކޮށްފައިވަނީ "ބާވަރު 373 ސާފޭސް ޓު އެއާ " މިސައިލެކެވެ. މި މިސައިލް ޓެސްޓަށް ފަހު އިރުކޮޅެއް ފަހުން އީރާނުގެ ރައީސް ހަސަން ރޫހާނީ ޓީވީ މެދުވެރިކޮށް ވިދާޅުވީ އެމެރިކާއާއި ވާހަކަ ދެއްކުމަކީ ބޭކާރު ކަމެއް ކަމަށެވެ.

އީރާނުން އާވައްތަރެއްގެ މިސައިލެއް ޓެސްޓް ކުރިއިރު 1995 ވަނަ އަހަރުން ފެށިގެން އެގައުމުން ދަނީ ދިފާއީ ނިޒާމު ވަރުގަދަ ކުރަން އަމިއްލައަށް ހައްތިޔާރުތަށް އުފައްދަމުންނެވެ.

އެމެރިކާއިން ވަނީ 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމުންވަކިވެ މެދުއިރުމަތީގެ އެންމެ ބާރުގަދަ ގަައުމަށް ވަމުންދާ އީރާން ކޮންމެ ވެސް ގޮތަކުން ނައްތާލާާށެވެ.

އެމެރިކާއިން ވެސް ވަނީ އީރާނުގެ ނުރައްކާ ބޮޑުވެއްޖެ ކަމަށް ބުނެ ގަލްފް ކަނޑަށް މަނަވަރުތަށް ފޮނުވާފައެވެ. އީރާނުން ބުނެފައި ވަނީ ގަލްފް ސަރަހައްދުގައި އެމެރިކާއިން ސްޓޭޝަން ކޮށްފައިވާ މަނަވަރުތަކާއި، އެހެނިހެން މިލިޓަރީ އެއްޗެއްސަކީ އީރާނަށް ވާސިލްވެވޭ ހިސާބުގައި ހުރި އެއްޗެހި ކަމަށާއި، އެމެރިކާއިން އެންމެ ގޯހެއް ހެދިޔަސް އޭގެ ބަދަލު ދޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޖިންނި

    ދުނިޔެއަށް އޮތް ނުރައްކަލަކީ އެމެރިކާ އިޝްރާހެލް !

    46
  2. 。...

    އިނގިރޭސީން ކޮބާ...ހުރިހާ ނުބަޔެއް ހަދާފަ އެތިބެނީ...އެމެރިކާ ލައްވަ ހުރިހާ ކުޅިއެއް ކުޅުވަނީ އިނގިރޭސި ޝާޚީ ޢާއިލާއާއި ރޮތްޗައިލްޑް ޢާއިލާއިން...

    26
  3. އަޙްމަދް

    އީރާނަށް ޙަމަލާދޭން ޖެހޭ ކަމަށް އެމެރިކާ ކުރާ ދަޢުވާ ސައްޙަކަމުގެ އަލިގަދަ ދަލީލެއް.
    އީރާނަކީ ސައިޒަށް ތިރިކުރަން ޖެހޭ ނުރައްކާތެރި ޤައުމެކެވެ.

    36
    • .....

      އެމެރިކާއިން ހެޔޮތަ ނުރައްކާތެރި ހަތިޔާރުތައް ހަދާ މުސްލިމުން ބޯމައްޗަށް އެޅިޔަސް...އެންމެ ގިނަ ނިއުކުލިޔަ ހަތިޔާރު ވެސް ހުރީ އެމެރިކާ އަދި އިޒްރޭލްގަ...މީ މައްސަލައެއްނޫންތަ

      13
  4. އިންސާފު

    ކެރިގެން ކުރިއަށް. ހައްގުތައް ކަށަވަރު ކުރައްވާ.

    25