އިންޑިއާ ސިފައިން މެދު ކެނޑުމެއް ނެތި ކަޝްމީރުގެ ރައްޔިތުންނަށް އަނިޔާ ކުރަމުން އަންނަ މި ދަނޑިވަޅުގައި، އެ ސިޓީގެ ރައްޔިތުން އެކަމާއި ނުރުހުން ފާޅުކޮށް މަގުމައްޗައް ނިކުމެ މުޒާހަރާ ކޮށްފިއެވެ.

އިއްޔެގެ ހުކުރު ނަމާދަށް ފަހު ކަޝްމީރުގެ ރައްޔިތުން މުޒާހަރާ ކޮށްފައި ވަނީ ކާފިއު އެއްވެސް އިއުލާން ކޮށްފައި ވަނިކޮށް ކަން ފާހަގަކޮށްލެވެއެވެ. މިދިޔަ ހަފްތާގެ ހުކުރު ނަމާދަށް ފަހުގައިވެސް މިގޮތަށް މުޒާހަރާ ކޮށްފައި ވާއިރު، އިއްޔެ ކުރި މުޒާހަރާ ތެރޭގައި އެ ގައުމުގެ ސިފައިންނާއި އާއްމު ރައްޔިތުންނާއި ދެމެދު ވަނީ ހަމަނުޖެހުން ތަކެއް ހިނގާފައެވެ.

މުޒާހަރާގައި ކުޑަކުދިން

މުޒާހަރާގެ ބައިވެރިން ސުލްހަވެރިކަމާއި އެކު މިސްރާބު ޖެހީ އދ ގެ އަސްކަރިއްޔާގެ އޮބްސާވަރުން ތިބޭ އޮފީހާއި ދިމާލަށް ނަމަވެސް، އިންޑިއާ ސިފައިން ވަނީ އެހިސާބަށް ބައިވެރިން ދިޔަނުދީ ހިފާއްޓާފައެވެ. މިހިސާބުން ދެފަރާތުގެ ދެމެދުގައި ހިނގި ހަމަނުޖެހުން ތަކުގައި 153ށް ވުރެން ގިނަ މީހުންނަށް އަނިޔާ ވެގެން ހޮސްޕިޓަލަށް ގެންދެވިފައި ވާއިރު، 2 މީހެއްގެ ހާލު ސިރިއަސް ކަމަށް އިންޓަނޭޝަނަލް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އަދި މި 153 މީހުންނަށް ވުރެން ގިނަ މީހުންނަށް އަނިޔާވި ކަމަށް ކަޝްމީރުގެ ސަރުކާރުގެ އޮފިޝަލެއް ވަނީ ބުނެފައެވެ.

އިންޑިއާގެ ސަރުކާރުން ކަޝްމީރުގައި ހިންގަމުން އަންނަ ޖަރީމާތައް ފޮރުވަން މަސައްކަތް ކުރި ނަމަވެސް، މުޅި ދުނިޔެ ދަނީ އިންޑިއާ އިން ކުރާ ކަންތަކަށް ކަޅި އަޅަމުންކަން ފާހަގަކޮށްލެވެއެވެ. އިންޑިއާ ސިފައިންގެ ކަރުނަ ގޭހާއި ޕެލެޓް ބަޑި ތަކުން ރައްޔިތުންނަށް ހަމަލާ ދޭއިރު، އެ މީހުން ރައްދު ދެނީ ގާ އުކުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މުސްލިމް

    ކަޝްމީރުގެ މުސްލިމުންނަށް ހިއްވަރާ ސާބިތުކަން ދެއްވައި މޯދީގެ އަނިޔާވެރިކަމުން މިންޖު ކުރައްވާނދޭވެ.

    77
  2. ޖަންގަލް ޕީޕީ

    އިންޑިޔާގެ ޤައުމީ ކަމެކޯ، ރާއްޖޭގައި ނެގުނު ވޯޓް އޮޅުވާލުމަކީވެސް އިންޑިޔާގެ ޤައުމީ ކަމެކޯ، ކޮބާތަ ޓްވީޓަރ ޕްރޮމޯޓާރ ދަ މަނީ ސޯލިހް، ދަ ޖަންގަލް ޓްވީޓަރ ދަ ކަޝްމީރީ ރިޖެކްޓަރ،

    33
    2
  3. ލާދީނީ ޕާޓީ ޑީޕީ

    މިސަރުކާރު ގެންނަން ވޯޓުދިން އެންމެނަށް ވަރަށް ސަލާމް.

    33
    3
    • މޮހަނާ.

      ަހެހެހެހެ ލާލާލާ ދީނީބައިގަނޑު ކޮބާ ސެއިކު އިލޔސޫ.ބާރަށް އަތްޖަހާ.

  4. ާއަނިޔާވެރިކަން

    ހައްގު ހޯދަން ނިކުމޭ

  5. ސީމާ.

    އިބުރާހީމް މ.ސާލިހޫ.ވޯޓްހޯދަން ގޮސްވީ ވަޢުދާއި اللهގަންދީ ކުރި ހުވާ އަދި ދީނީ އިލްމު ވެރިންގެ ގާތުގައި ވީވަޢުދު ހަނދުމަ ނައްތާނުލާ.