އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޔޫއޭއީގެ، އެންމެ މަތީ ޝަރަފު ކަމަށްވާ "އޯޑަރ އޮފް ޒައިދު"ގެ ޝަރަފު އަރިވައިފިއެވެ.

މޯދީއަށް މި ޝަރަފު އަރުވައި މެޑަލް ހަވާލުކުރެއްވީ، އެޤައުމުގެ ވަލީއަހުދު، ޝެއިޚް މުޙައްމަދު ބިން ޒައިދު އަލް ނަހްޔާން އެވެ. މޯދީއަށް ޔޫއޭއީ އިން މި ޝަރަފު އަރުވާފައިވަނީ އޭނާ އެޤައުމަށް ޒިޔާރަތްކުރެއްވުމުން މިއަދުގެ ވަގުތެއްގައެވެ.

މިކަމަށްޓަކައި ޔޫއޭއީގައި ބޭއްވި ބޮޑު ރަސްމިއްޔާތެއްގައި ދެބޭފުޅުން ސަލާމްކުރައްވާ ވާހަކަފުޅު ދައްކަވާފައިވާއިރު، ޔޫއޭއީގެ ވަލީ އަހުދު ވިދާޅުވީ، މޯދީއަށް އެ ޝަރަފު ޙައްޤު ކަމަށެވެ.

މޯދީ ޔޫއޭއީއަށް ވަޑައިގެންނެވީ، އަރަބި ގައުމުތަކާއެކު އޮންނަ ގުޅުން ބަދަހި ކުރުމުގެ ގޮތުން ކަމަށް ކުރިން ވަނީ ވިދާޅުވެފައެވެ. މިގޮތުން އަރަބި އެހެން ބައެއް ޤައުމުތަކަށްވެސް މޯދީ ދަތުރުކުރައްވާނެއެވެ. ޔޫއޭއީއަށްފަހު މޯދީ ދެން ވަޑައިގަންނަވާނީ ބަހްރެއިންއަށެވެ. މިމަހުގެ 23 އިން 25އަށް މޯދީ އެ ދެގައުމަށް ކުރައްވާ ދަތުރުފުޅުގެ މަގްސަދަކީ އިންޑިއާއާ އެދެ ގައުމާއެކު އޮންނަ ސިޔާސީ އަދި އިގްތިސާދީ ގުޅުން ވަރުގަދަ ކުރުމެވެ.

މޯދީ މިދެގައުމަށް މިނވަޑައިގަންނަވަނީ ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލަން އިންޑިއާ ސަރުކާރުން ނިންމިތާ މާގިނަ ދުވަސްތަކެއް ނުވަނީސްއެވެ. ކަޝްމީރުގެ މައްސަލައިގައި ޔޫއޭއީން ތާއީދު ކުރަނީ އިންޑިއާއަށެވެ. ޕާކިސްތާނުން އަންނަނީ ކަޝްމީރު މައްސަލައިގައި އޯއައިސީގެ މެމްބަރު ގައުމުތަކުގެ ތާއީދު ހޯދަން މަސައްކަތް ކުރަމުންނެވެ.

ޔޫއޭއީ އިން މި ދަނޑިވަޅުގައި މޯދީއަށް "އޯޑަރ އޮފް ޒައިދު" ގެ ލަގަބު އަރުވާފައިވާއިރު، ރާއްޖެއިންވެސް ވަނީ މޯދީއަށް އެންމެ މަތީ ޝަރަފު ކަމަށްވާ "ނިޝާން އިއްޒުއްދީން"ގެ ލަގަބު އަރުވާފައިވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ???????

    16
    9
  2. ކކކކ

    ???????

    5
    7
  3. ހުސޭނާ

    މިފަދަ ނުބައި ވެރިންގެ ނިމުން ހިތިކޮށް ދައްކަވާށި،އަދި މިފަދަ މީހުނަށް ތާއީދުކުރާ ފަރާތަތަކުންނަށް ހެޔޮ ވިސްނި އެމީހުންނަށް ނުރުހުންތެރިވެ އެކަނިވެރިކުރައްވާށި

  4. ދޮން ބަބުރު ސޮރު

    މިޚަބަރުގައި މަޢޮލޫމާތު ވަރަށް މަދު، މޯދީއަށް
    އެގައޮމެއްގައި ދެވޭ އެއްމެ މަތީ ޝަރަފު ދިން ގައޮމު ތަކަކީ އިސްރާއީލް، ސައޮދި އަރަބިޔާ، ޔޫއޭއީ، ބަހޮރައެން އަދި ދިވެހިރާއްޖެއެވެ. އިސްރާއީލް ފިއަވާ ޢެއްވެސަ ޣައެރު މުސްލިމް ގަމެއް މިލިސްޓުގައި ނުވާކަން ފާހަގަ ކޮއްލަން.

  5. ލޯ

    ތިއީ އެއް ގްރޫޕެއް. ޝައިތާނާ އަށް ބައިޢަތު ހިފައިގެން ތިބި މުސްލިމުން ނިކަމެތި ކުރާ ބައެއް.