އިޤުތިޞާދީ ގޮތުން އެންމެ ކުރިއަރާފައިވާ ހަތް ގައުމުގެ ވެރިންގެ ސަމިޓް ކަމަށްވާ "ޖީ-7 ސަމިޓް" ފްރާންސްގެ އައްސޭރިފަށުގައި އޮންނަ ރަށެއް ކަމަށްވާ ބިއަރިޓްޒް ގައި ފަށައިފިއެވެ.

އިއްޔެ ފެށި މިބައްދަލުވުމުގައި ފަރަންސޭރިވިލާތް، އިނގިރޭސިވިލާތް، ކެނެޑާ، ޖަރުމަންވިލާތް، އިޓަލީވިލާތް، ޖަޕާން އަދި އެމެރިކާ އިން ބައިވެރިވެއެވެ. މިހަތް ގައުމު މައްޗަށް އެކުލެވޭ "ގްރޫޕް އޮފް 07" އަކީ ދުނިޔޭގެ އާއްމުދަނީގެ 58 އިންސައްތަ ކުރާ ހަތް ގައުމު ކަމަށް އައިއެމްއެފް އިން ބުނެއެވެ.

މިއަހަރުގެ ބައްދަލުވުން ފެށިއިރު ބައްދަލުވުމުގެ އެޖެންޑާގެ އެންމެ ކުރީގައި އޮތް އެއް މައްސަލައަކީ އެމެރިކާ އާއި ޗައިނާއާ ދެމެދު ކުރެވެމުންދާ "އިޤުތިޞާދީ ހަނގުރާމަ" އާއި ބެހޭ ބަހުސް އެވެ. މިމައްސަލަ އަށް ޑިޕްލޮމެޓިކް ހައްލެއް ގެނެވޭނެ ގޮތެއް އޮތްތޯ ގައުމުތަކުގެ ވެރިން މަޝްވަރާ ކުރާނެއެވެ.

މީގެ އިތުރުން އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިހާދުން ވަކިވުމުން ދެން ދުނިޔޭގެ އިޤުތިޞާދަށް އަތުވެދާނެ ބަދަލުތަކާއި ބެހޭ ގޮތުންނާއި، ގައުމުތަކުން އަޅަން ފެންނަ ފިޔަވަޅުތަކާއި ބެހޭ ގޮތުން ވެސް ސަމިޓްގައި މަޝްވަރާ ކުރާނެއެވެ. އަދި އެމެރިކާ އާއި އީރާނާއި ދެމެދު ކޯޅުން ބޮޑުވެފައިވާ މައްސަލަ އާއި މިހާރު ބްރެޒިލްގެ އެމޭޒަން ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑާއި ބެހޭ ގޮތުން ވެސް ހަތް ގައުމުގެ ވެރިން މަޝްވަރާ ކުރައްވާނެއެވެ.

މިއަހަރުގެ ސަމިޓް ބާއްވާ ގައުމު ކަމަށްވާ ފްރާންސްގެ ރައީސްގެ ރައީސް އެމަނުއެލް މެކްރޮން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އޭނާ އުއްމީދު ކުރައްވަނީ މިސަމިޓްގައި ގައުމުތަކުގެ ވެރިން ޑިމޮކްރަސީ ހަރުދަނާ ކުރުމަށާއި، ޖިންސީ ހަމަހަމަކަން ގާއިމް ކުރުމަށާއި، ތައުލީމް ފެތުރުމަށާއި، ތިމާވެށީގެ މައްސަލަތަކަށް އިސްކަން ދެއްވާނެ ކަމަށެވެ.

ސަމިޓްގައި ބައިވެރިވާ ގައުމުތަކުގެ ސިޔާސަތުތަކާއި ދެކޮޅު ހެދުމުގެ ގޮތުން ފްރާންސްގެ ބައެއް ސަރަހައްދުތަކުގައި އިއްޔެ އިން ފެށިގެން ދަނީ މުޒާހަރާތައް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޖިންނި

  ފްރާންސް އިޤްތިޞާދީ ބާރަކަށްވީ ކިހިނެއް މުޅި އެފްރިކާ ފެލައިގެން ކައިގެން ބޮއިގެން އުޅޭ ބައެއް ތި މީހުން ބާރުވެރި ކުރުވަނީ މީޑިއާ ( ފްރާންސް ގެ ކުރީގެ ރައީސެއް ބުނެފައިވޭ އެފްރިކާއޢި ނުލާ ފްރާންސް އޮންނާނީ އަސްކަރީ / އިޤްތިޞާދީ ގޮތުން 3 ވަނަ ދުނިޔޭގެ ޤައުމުތަކަށް ވުރެވެސް ފަހަތުގަ ކަމަށް

  12
  • Anonymous

   ދަރިޔާ ފްރާންސްއިން މިޑްލ އީސްޓަށް ހަތިޔާރު ވިއްކާ ސައީދީއާ ސައޫދީ ކޯލިޝަންގެ މުސްލިނުންގެ ނަމުގަ ތިބި ވެރިން، ޔަމަނާ ފަލަސްތީނާ އިރާގު ފުންޑުފުނޑު ކޮށްގެން އެތާނގެ މުސްލިމުން މަރާ ބަނޑަށްޖައްސައިގެން ހަނގުރާމަ އެކުރުވަނީ ހަތިޔާރުވިއްކަން. އެހަތިޔާރުން އިންސާނުންތައްމަރައިގެން މުއްސަނދިވެފަނު އެތިބެނީ.

 2. ދާމޫ

  ޗައިނާ އަށްވުރެ ބޮޑު އިޤްތިޞާދީ ބާރެއް މިހާރަކުނެތް! ޖޭވާތީ އެމީހުން ނުހިމަނާ ބޭކާރު އަނގަތަޅަނީ މި ބައިގަނޑު!