ކަޝްމީރުގެ މައްސަލައަކީ އިންޑިއާގެ ދާހިލީ މައްސަލައެއް ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދަށް ޕާކިސްތާންގެ ފޮރިން މިނިސްޓަރ ޝާހް މަހްމޫދް ގުރައިޝީ ފޯނުން ގުޅުއްވުމުން ވިދާޅުވެފައި ނުވާކަމަށް ޕާކިސްތާން ސަރުކާރުން ބުނެފިއެވެ.
މިދިޔަ ހުކުރު ދުވަހު ޝާހިދަށް ޕާކިސްތާންގެ ފޮރިން މިނިސްޓަރ ގުރައިޝީ ވަނީ ފޯނުން ގުޅުއްވާފައެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ ތާޢީދު ހޯއްދެވުމަށް ޕާކިސްތާނުގެ ހާރިޖީ ވަޒީރު ގުޅުއްވުމުން، ކަޝްމީރު މައްސަލައިގައި އިންޑިއާއިން ނިންމި ނިންމުމަކީ އެޤައުމުގެ ދާޚިލީ މައްސަލައެއްގެ ގޮތުގައި ރާއްޖެއިން ދެކޭ ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވެފައިވާ ކަމަށެވެ.
ނަމަވެސް އިއްޔެ ޕާކިސްތާންގެ ވެރިރަށް އިސްލާމްއާބާދުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޤުރައިޝީ ވިދާޅުވީ ރާއްޖެ އިން ނެރުނު ބަޔާނުގައި އޮތް ފަދަ ވާހަކައެއް ރާއްޖޭގެ ފޮރިން މިނިސްޓަރު އޭނާ އަރިހުގައި ވިދާޅުނުވާ ކަމަށެވެ.
"އަޅުގަނޑާއި ރާއްޖޭގެ ފޮރިން މިނިސްޓަރާއި ދެމެދު ދެކެވުނު ވާހަކަތަކުގައި، ރާއްޖޭގެ ބަޔާނުގައި އެއޮތް ފަދަ ވާހަކައެއް ދެކެވިފައެއް ނުވޭ." ޤުރައިޝީ ވިދާޅުވިއެވެ.
ޤުރައިޝީގެ ވާހަކަތަކަށް ދިވެހި ސަރުކާރުން މިހާރު ވަނީ ރައްދުދީފައެވެ. ޤުރައިޝީގެ ވާހަކަތަކާއި ގުޅިގެން ބޭރުގެ މީޑިއާތަކުން ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި ސުވާލު ކުރުމުން ވިދާޅުވީ ފޮރިން މިނިސްޓްރީގެ ބަޔާނުގައި ހުރި ވާހަކަތަކަަކީ ކަޝްމީރުގެ މައްސަލައިގައި ރާއްޖެ އިން ދެކޭގޮތް ކަމަށާއި އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ.
ކަޝްމީރަށް ދީފައި އޮތް ސްޓޭޓެއްގެ ހާއްސަ ދަރަޖަ އުވާލުމަށް އިންޑިއާގެ މައި ސަރުކާރުން ނިންމުން އިންޑިއާ ސަރުކާރުގެ ނިންމުމަށް ފުރަތަމަ ތާއިދު ކުރި ގައުމަކީ ވެސް ރާއްޖެ އެވެ.
އަހަރުމެން ދިވެހީން މިތިބީ ޕާކިސްތާނާއެކު. ދުޢާ އަކީވެސް ޕާކިސްތާން އަދި ކަޝްމީރަށް ނަސްރު ލިބުން. ޔާ ﷲ މުސްލިމުންގެ މައްޗަށް ގަދަކަން ދެއްވައި އިސްލާމްދީނުގެ އަދުއްވުންނާ އެމީހުނަށް ވާގިދޭ އެންމެން ބަލިކުރައްވައި ނިކަމެތި ކުރަށްވާންދޭވެ! އާމީން
މިސަރުކާރު ދެން ދެމި ނޯއްނާނެ ޔަގީނުން ވެސް އަނދިރި ލާދީނީ ސަރުކާރު މިޔައްވުރެން ވަގުޔާމިނުވެސް ރަނގަޅު ވިސްނުން ބަދަލުވީ މިދެން ވަރައްސަލާން
ވަގު ޔާމީނޭ ގޮވީ ކޮން ބައެއްތަ؟ އަދިވެސް އެ އުޅެނީ އެބުނާ ވައްކަމުގެ ހެކިވެސް ނުދެއްކިގެން
ރޔާމީން ވަގިއްޔާ ރއުބުރާހިމުވެސް ވަގު. އިބުރާހިމު މާގިނަ ލާރި ނެގިކަމުގެ ހެއްކާ އަޑު މާބޮޑު.. ރޔާމީންގެ އެކައުންޓަށްވަނީ 1މިލިޔަންކަމަށް މިސަރުކާރުން ހެކިކޮއްދެނީ.. ރއިބުރާހީމު އަދީބުއަތުން އެކަނިވެސް 32މިލިޔަން މެލޭޝިޔާގަ ހުޅުވި އެކައުންޓުން އެތަމިލިޔަން ޑޮލަރާ އެތަމިލުޔަން ޔޫރޯ.. ކާކު ބޮޑަށްވަގީ.. 9މަހުން 32ބިލިޔަން ރުފިޔާގެ ބަޖެޓެހުސްކޮއްލީ ކުރިމަސައްކަތެނެތް.. ޕާޓީމީހުންނަ ބަދަލުދީ ހިތްއުފާކުރަން ދަތުރުކޮށް.. ކާކު ޙިޔާނާ މިވީ ރައްޔިތުންނަ.. ރޔާމީނަކީ މިގައުމަށްލިބުނު ރަންގަޑެ ރައްޔިތުންގެ ރައީސެ.. ހަސަދަވެރިން އިލްޒާމުއަޅުވާ މަކަރާ ހީލަތުން ވެރިކަން ފޭރިގަތީ.. އަދިވެސް މިގައުމަށް ބޭނުމީ ރޔާމީން... ކުއް ސާބިތުނުވަނީސް އިލްޒާމު އެޅުވުމަކީ އެހެންކަމެ..
ހިންދޫންގެ މައްޗައް ޕާކިސްތާނަށާއި ކަޝްމީރަށް ނަސްރު ލިބުން އެއީ ދުޢާ. އާމީން.
މިހާރު ދިވެހިރާއްޖޭގައި އުފެދިފައި މިއޮތް ލާދީނީ ލާއިންސާނީ ލާމުސީބާތީ ލާބަލާވެރިކަން ސަރުކާރަކީ މުސްލިމުންނާއި އިސްލާމް ދީނާއި ކަނޑައެޅިގެން ދެކޮޅު ސަރުކާރެއް މުސްލިމުންގެ އަދުއްވުންނާއި ގާތް ގުޅުން އޮންނަ މިސަރުކާރުން ތާއީދު ކުރާނެ އިންޑިއާ މީހުން ދިވެހިން މަރާ ހުސްކުރިޔަސް މިއީ ފެންނަންހުރި ހަގީގަތް މިމީހުންނަކަށް އިތުރު ގޮތެއްނެތް އެއްވެސް އުރައްޕެއް ނެތް ފަހުބަސް ބުނެފަ ދެން ބުނާނެ ވާހަކައެއް ނެތޭ ބުނުމުން އެނިމުނީ ޝާހިދު މެންކަހަލަ ހާއިނުންގެ ކިބައިން މިގައުމު ސަލާމަތް ކުރައްވާށި އާމީން
ރާއްޖެ މިދަނީ ފުންވަޅުގަނޑަކަށް ވެއްޓި އިންޑިއާގެ ކޮންޓްރޯލްގައި ބެނދެވެމުންނެވެ މިކަމުގެ ނަތީޖާ ވަރަށް
ހިތިކޮށް ފެނުން އޮތީ ކައިރީގައެވެ ކަސްމީރުގެ މައްސަލާގައި
އަވަސްއަރުވާލައިގެން ނިންމި ނިންމުމަކީ ޒަމާނުއްސުރެ
ރާއްޖެ ދަމަހައްޓަމުން އައި ޚާރިޖީ ސިޔާސަތާ ފުށުއަރާ
ނިނުމެކެވެ.
މުޝްރިކުންގެ ތައްޕާހުގައި އުޅޭބަޔަކަށް މުސްލިމުން ދިފާޢުކޮށް ވާހަކައެއް ނުދެއްކޭނެ. ނިމިދިޔަ ފަސްއަހަރު މިބައިގަނޑު (އެމްޑީޕީގެ ބޮޑުން) އުޅުނީ ކޮންތާކު ކިހިނެއްކަމާއި، ކައިބޮއިހެދީ ކިހިނެއްކަމާއި، ކަންކަމަށް ފައިސާހޯދީ ކިހިނެއްކަން ދިވެހި ރައްޔިތުން ދަންނާނެ. އެހެންވީމާ މިބައިގަނޑަށް ޖެހޭނީ ގެރިމޯދީ ހިމާޔަތް ކުރަންތާ. އިންޑިޔާގެ މުސްލިމުންގެ ކުށަކީ ގެރި ކަތިލައިގެން ގެރިމަސް ކެއުން.
ދިވެހިރާއްޖޭއަކީ އިންޑިޔާގެ ވިލެޖެއްކަމަށް އިންޑިޔާގެ ފައްޅިޔަކުންނިންމިޔަސް މިހާރު މިއޮތްސަރުކާރުން އެކަން ޤަބޫލުކުރާނެ. ސަބަބަކީ ސާލިހުއާއި ނަޝީދު އަދި ޝާހިދު މެންކަހަލަ އަމިއްލައެދުންބޮޑު ބަޔަކު މަޤާމުގެ ދަހިވެތިކަމުގަ ޤައުމުވަނީ އިންޑިޔާއަށް އަޅުވެތިކޮށްފަ. އެހެންވީމަ އިންޑިޔާއާ ދެކޮޅަށް އެއްޖެއްބުނެވޭކަށް ނޯންނާނެ. ރާއްޖޭގަ އުޅޭއިންޑިޔާ މަސައްކަތުމީހަކު ބުނެބަލަ ޢަބުދުﷲ ޝާހިދުކާރީގަ އޭނަ މިރޭނިދާނީ ޝާހިދު ކޮޓަރީގަ އޭ. ޝާހިދުއަށް ޖެހޭނީ ކޮޓަރިންނުކުމެ މަގުމަތީނިދާފަ ކޮޓަރި މެމީހާނިދަންދޭން. އެދަރަޖާގަ ވެއްޓިފަ ޝާހިދުމެންތިތިބީ.
ދިވެހިން އަދި ހޭއަރާނެ. ޢޭރުން މި ނުބައި ލާދީނީ ބާގައިގެ މީހުން އޮންނާނީ ދިވެހިން ގެ ދީނާ މިނިވަންކަން ވިއްކާލާ އިނގިރޭސި ވިލާތަށް ގޮސް ފިލާފަ. ދިވެހިންގެ އަގީދާ ބަލި ކޮއްލަން މިހާރުވެސް ރޭވިގެން މިސްކިތުގެ އިމާމުން ބައެއް ނަމާދު ތަކަށް ނާދޭ. ޢިމާމަކު ބުނިގޮތުގަ މިނިސްޓްރީން އޭނާ އެހެން މިސްކިތަކަށް ބަދަލު ކޮއްފަ ކުޜީގެ ހުރި މިސްކިތަށް މީހަކު ހަމަ ނުޖައްސަންތޯ ސުވާލު ކުރިމަ އޮފިށަލަކު ވިދާޅުވި ކަމަށް ވޮލަންޓިއަރ ކޮއް ކޮއްމެވެސް މީހަކު ކޮއްލީމަ ހަމަ އޯކޭ ވާނެޔޯ
މިފަދަ ދަރަޖަތަކަށް މިސްކިތްތައް ވައްޓާލި ވެރިޔަކަށް ގެއްލުމާއި ހަލާކު ހުރި.
ޖެހިފޮޑި ބުޑަށްވަނީ
މީޔަހޫދީންނާއެކުވާ ސަރުކާރެއް.
ސަރަހައްދީ މައްސަލަ ތަކުގައާއި ސަރަހައދީ ނޫން ކަންކަމުގައިވެސް ކަމުދެކޮޅު ނުބަލާ ބަސްބުނެ ނިންމުންތައް
އިއުލާން ކުރުމަކީ ތަރައްރަފް ނުފުދުމެވެ ވަޒީފާއަށް ކުފޫ
ހަމަނުވާމީހުން ޒިއްމާދާރު މަގާމުތަކުގައި ބޭތިއްބިގެން
ނުވާނެއެވެ.
ކޮންމެ ވާހަކައެއްދެއްކިޔަސްވެސް، އިންޑިޔާއާ ދެކޮޅަށް އެއްޗެއް ބޔނެވޭނެ ގޮތެއްނެތްތާ، އެމީހުން ޖަހާހާ ބެރަކަށް ނަޝަންޖެހޭނެ ނުޫންތޯ، ވެރިކަން އަބުރާ ހޯދަދޭން ވޯޓްކަރުދާހުގައި ހެދި މަކަރު އަދި ޝަރީފަށް ޔޫރަޕުން ގެ ގަނެދީ ހުރިހާ ކަމެއްކުރުމުގެ ފަހަތުގައި އޮތީ އިންޑިޔާ!
ކޮބާ ސޯލިހު ގެންނަން ވޯޓުދިން ދިވެހިން؟
ޝާހިދަކީ އިންޑިއާގެ އަޅެއް. ނަޝީދު އާއި އިބޫ އަދި ޝާހިދު ވަނީ މި ގައުމުގެ ޚާރިޖީ މިނިވަންކަން އިންޑިއާ ވިއްކާލާ ލިބުނު ފައިސާ 3 މީހުންގެމެދުގައި ބަހާލާފައި.