ދަތުރުކޮށްފައި ދިޔަ ކުޑަ ފްލައިޓަކާއި ހެލިކަޕްޓަރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ދެ އުޅަނދުވެސް ވެއްޓިއްޖެއެވެ.

އިއްޔެގެ ވަގުތެއްގައި ސްޕެއިންގައި ހިނގި މި ހާދިސާގައި ޖުމްލަ ހަތް މީހަކު މަރުވެފައި ވާއިރު، މި ދެ އުޅަނދު ވެއްޓިފައި ވަނީ އެޤައުމަށް ދަތުރުކުރާ ފަތުރުވެރި މަންޒިލެއްގެ ހުސް ބިމަކަށެވެ. ވައިގެ ތެރޭގައި ހިނގި މި އެކްސިޑެންޓަށްފަހު ދެ އުޅަނދުގައި ވެސް ރޯވެ، ގޮވާފައިވާއިރު، ބިންމައްޗަށް ވެއްޓިފައި ވަނީ އުޅަނދުތަކުން ފުނޑުފުނޑުވެފައިވާ ބައިތަކެވެ.

މި ހާދިސާގައި ޖާމަނީގެ މަޝްހޫރު ވިޔަފާރިވެރިޔާ އިންސެލްކަމަރ ޖޫނިއާ އާއި އޭނާގެ އަނބިމީހާގެ އިތުރުން އުމުރުން 11 އަހަރުގެ ފިރިހެން ދަރިފުޅާއި 9 އަހަރުގެ އަންހެން ދަރިފުޅު ވަނީ މަރުވެފައެވެ. އެމީހުން ދަތުރުކުރީ ހެލިކަޕްޓަރުގައެވެ.

މި ހާދިސާގައި ވެއްޓުނު ފްލައިޓުން ދަތުރުކުރީ އެ ފްލައިޓު ދުއްވަން ހުރި ޕައިލެޓާއި އޭނާގެ އެކުވެރިއެކެވެ. މި ހާދިސާގައި އެ ދެމީހުންވެސް ވަނީ ވަގުތުން މަރުވެފައެވެ.

މި ހާދިސާ އާއި ގުޅިގެން މިހާރު ޚާއްސަ ތަހުޤީޤެއް ކުރިޔަށްދާއިރު، ވައިގެ ތެރޭގައި މި ދެ އުޅަނދު ޖެހި އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ. މި ހާދިސާ އާއި ގުޅިގެން މަރުވި މީހުންގެ އާއިލާތަކަށް ސްޕެއިންގެ ރައީސް، ފްރެންސިއާ އާމެންގޯލް ވަނީ ތައުޒިޔާ ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަހްމަދު

    ގައުމު ގައުމަށް ދަތުރުކުރާ ފަތުރުވެރިން އުޅޭ ކަންއެގޭ. ޢެކަމަކު ގައުމުގައުމަށް ދަތުރުކުރާ ފަތުރުވެރި މަންޒިލް ހުންނަކަމެއް ނޭގެ. ކޮންފަދަ ދެކޮޅުނުޖެހޭ ވާހަކައެއް. ކޮންފަދަ ދޮގެއް.

    3
    1