މުސްލިމުން ކަމަށް ދައްކައިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ލޭއޮހޮރުވުން ހިންގަމުންދާ ނިރުބަވެރި (ޓެރެރިސްޓް) ޖަމާޢަތް، އިސްލާމިކް ސްޓޭޓްސް (އައިސިސް) އިން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާދީފިއެވެ.

ރޭގެ ވަގުތެއްގައި މި ހަމަލާ ދީފައި ވަނީ ޣައްޒާގެ ޗެކްޕޮއިންޓެއް ހުރި ސަރަޙައްދެއްގައި ޖާނުންފިދާވެގެންނެވެ. މި ހަމަލާގައި، ހަމާސް އަށް ނިސްބަތްވާ ފަލަސްތީނުގެ ތިން އޮފިސަރަކު ޝަހީދުވެފައިވާ ކަމަށް އެޤައުމުގެ އިދާރާތަކާއި ހަވާލާދީ ނޫސްތައް ބުނެއެވެ. މި ހަމަލާ ދީފައި ވަނީ ސައިކަލެއްގައި ބޮން ހަރުކޮށްގެން ގޮހެވެ.

ޣައްޒާއަށް އައިސިސް އިން ހަމަލާ ދިން ސަރަޙައްދު

މި ހަމަލާ ދީފައި މިވަނީ، އިސްރާއިލްގެ ޔަހޫދީން ފަދައިން ޤައުމުތަކުގެ ބިމަށް ވެރިވެގަތުމަށް އައިސިސްގެ އަނިޔާވެރިން ކުރަމުންދާ މަސައްކަތާއި ދެކޮޅަށް، ޣައްޒާގެ ސަލާމަތީ ކަންކަން ބަލަހައްޓާ ހަމާސް ޖަމާޢަތުގެ ސިފައިން އެ ސަރަޙައްދުގައި ޚާއްސަ އޮޕަރޭޝަނަތަކެއް ހިންގާފައި ވަނިކޮށެވެ.

ފަލަސްތީނުގެ ސަލާމަތީ އިދާރާތަކާއި ހަވާލާދީ ބިބީސީން ބުނެފައި ވަނީ، އެ ސަރަޙައްދުގައި ބޮމުގެ ދެ ހަމަލާއެއް ދީފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ހަމަލާގައި ދެ އޮފިސަރަކު ޝަހީދުވިއިރު، ތިންވަނަ މީހާ އޮތީ ވަރަށް ބޮޑަށް ޒަޚަމްވެފައި ކަމަށާއި، އޭނާ ޝަހީދުވީ އޭގެ ފަހުން ގަޑިއެއްހާއިރު ވެސް ނުވަނީސް ދިން ދެވަނަ ގޮވުމުގައި ކަމަށް ބީބީސީން ބުނެއެވެ.

މި ހަމަލާ އާއި ގުޅިގެން ޣައްޒާގައި މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. އަދި ހަމާސްގެ ސަލާމަތީ ބާރުތައް މިހާރުވަނީ އެލާޓަށް ގެނެސްފައެވެ.

އައިސިސް އިން މި ހަމަލާ ދިން ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މުސްލިމުންގެ ނަމުގައި ހަރަކާތްތެރިވާ އެ ޖަމާޢަތުން މުސްލިމުން މެރުމަކީ އާންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ކޮސްބެ

  އެއީ މުސްލިމުންކަމަށް ދައްކައިގެން އުޅޭ އިޒްރޭލު މީހުންދޯ؟ ތިހެން ބުނީމަ ގަބޫލު ކުރާނެ ބަޔަކު ވެސް ތިބޭނެ. ލަންކާއިން ހައްޔަރުކޮށްގެން އެއުޅެނީވެސް ހަމަ އޭގެ މީހުން. އެހެންޏާ ފަހެ، މުސްލިމަކު ލެއެއް ނުއޮހޮރުވާނެތާ!

  52
  14
  • ޅޅ

   ހަމާސް އަކީވެސް އިޒްރޭލު މީހުން ނޫން ކަމެށް ނޭނގޭ. އިޒްރޭލުން ޣައްޒާއަށް ވަސީލަތްތައް ފޯރުކޮށްދެމުން ގެންދޭ.

   10
   37
   • ހަމްބޮ

    އެމްޑީޕީގަވެސް އުޅެބީ އިޒުރޭލު މީހުންނައް ވެދާނެ.

    26
    1
 2. ސަމަސާ

  އައިސިސް އަކީ ދީނީ ޖަމާއަތެކޯ.. އެކަމަކު މަރަނީ މުސްލިމުން..

  53
  5
 3. ހުސޭނުބޭ

  އައިއެސްއަކީ މާ ރަގަޅު ބައެއްކަމަށް ބުނާ މީހުން ދެން ބުނާނީ ކީކޭބާ! ތިއީ މުސްލިމުންގެ ހަލާކަށް އިސްރާޢިލުން ފަނޑުކޮށްގެން އުފައްދާގެން އުޅޭ ބައެއް!

  44
  7
 4. Anonymous

  ހަމާސް އަކީ ަލަސްތީން އިޒްރާއިލައް ވިއްކައިގެން ކައިގެން އުޅޭ ޖަހާލަތާ އެސް އެސް ފިކުރުގެ ބައެއް.

  14
  33
 5. ޫޔޫއެން

  އަސްލު ރަނގަޅު މުސްލިމަކު ވިއްޔާ ހަމަ ލެއެއް ނުއޮހޮރު ވަާނެ..

  47
  2
 6. އިދުރީސް

  ނަމުގަ އައިއެސް، މިމީހުނާއި ބައިއަތު ހިފުމަށް މި ދިވެހި ފަސްގަނޑުންވެސް ދިޔަ ރައްޔިތުން މަދެއްނޫން. ތި އައިއެސް އަކީ އެމެރިކާ އަށް ތަބާވެ އިސްރާއިލް އަށްވާގިވެރިވާ ނިރުބުވެރި ޖަމައާތެއް.

  32
  10
 7. Anonymous

  އައިސް އިން ދިންހަމަލާއެއްކަން އެގުނީ ކިހިނެއްބާ

  7
  5
  • މޮޔައެނޮނިމަސް

   ޙިލާފަތޯ.މީހަކު ހީ ހީ ބަލި ވެދާނެ މި މީހުންގެ ގަމާރު ކަމުން

   2
   3
 8. ބީތާ

  ހަމަސް އަކީ ސިޔާސީ ބައެއް.އެއީ ކާފަރުންނަށް ވާގިދޭ ބައެއް

  6
  10
  • ގުއިތަފާލި

   ދެން ކީއްވެ މުސްލިމް ދިވެހީން އެމީހުންނާ ބައިވެރިވެގެން އިޒްރޭލުން ކްރިސްޓިއަނުންނަށް ޓާގެޓް ކުރަނީ؟

   3
   4
 9. ފަލަސްތީނޮ

  ޣާޒާ ރައްޔިތުންރެއާ ދުވާލު ގަތުލުކުރަމުން ދުވަނީ ޔަހޫދީން. އެމީހުންނަަ ދެކޮޅައް ތިކިޔާ ހަމާހުންފިޔަވަޅު ނާޅަނީ ކީއްވ

  1
  1
 10. ނަދީމް

  އަހަރެމެން ގަބޫލުކުރާ ގޮތުގައި ހަމާސް ޖަމާއަތަކީ ހައްގު ބައިގަނޑެއް ނޫން. އެވެރިން ނައް ހެޔޮއެދޭ ބައެއް އެވެރިން ނައް ނޭންގޭ. އަސަބިއްޔަތައްޓަކައި ހަނގުރާމަ ކުރަމުންދާ ބައިގަނޑެއް. ޑިމޮކްރަސީ ބައިގަނޑެއް

 11. ޭބޭލްތާ

  ވަގުތައް ހަމަ ޔަގީންތަ އައިސިސްކަން ހަމަލާދިނީ؟