އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީސް ސަސްޕެންޑް ކުރަން އެ ގައުމުގެ ބޮޑު ވަޒީރު އެދިވަޑައިގަތުމުން، ރާނީ އެލިޒިބަތް އެގޮތަށް ނިންމަވައިފިއެވެ.

ގާނޫނު ހަދާ މަޖިލީސް ސަސްޕެންޑް ކުރަން ނިންމާފައި ވަނީ ވަގުތީ ގޮތުންނެވެ.

މަޖިލީސް ސަސްޕެންޑް ކުރަން އެލިޒިބަތް ނެރުނު އޯޑަރުގައި ވަނީ، ނުވައެއް ސެޕްޓެމްބަރުން ފަށައިގެން އެންމެ ލަސްވެގެން 15 ސެޕްޓެމްބަރުގެ ކުރިން ގާނޫނު ހަދާ މަޖިލީސް ސަސްޕެންޑް ކުރުމަށެވެ.

އަދި އޭގެ ފަހުން ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް ފަަށަން ޖެހޭނީ އޮކްޓޯބަރު 15 ގައި ކަމަށް އެ އޯޑަރުގައި ވެއެވެ.

އިނގިރޭސިވިލާޔުގެ ގާނޫނު ހަދާ މަޖިލީސް ސަސްޕެންޑް ކުރަން އެ ގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އެދިވަޑައިގަތީ، އެ ގައުމު އީޔޫއިން ވަކިވުމަށް ހުރަސްއަޅާ މެންބަރުންނަށް ފުރުސަތު ކުޑަ ކުރުމަށެވެ.

ބޮޑުވަޒީރު ގޮތްހުސްވެ މި ނިންމެވުން ނިންމެވީ، އީޔޫއާއެކު އެއްބަސްވުމަކަށް ނާދެވި އެ ގައުމު އީޔޫއިން ވަކި ނުވާ ގޮތަށް ގާނޫނު ހަދާ މަޖިލީސް އިން ގާނޫނެއް ފާސްކުރާނެ ކަން ޔަގީންވުމުންނެވެ.

ގާނޫނު ހަދާ މަޖިލީސް ސަސްޕެންޑް ކުރަން މި ނިންމީ މެންބަރުން ދައުރުގެ ޗުއްޓީގައި ތިއްބަވަނިކޮށެވެ. އައު ދައުރު ފަށަން ހަމަޖެހިފައި ވަނީ ތިނެއް ސެޕްޓެމްބަރުގައެވެ.

އެހެންކަމުން އިނގިރޭސިވިލާތް އެއްބަސްވުމަކާއި ނުލާ އީޔޫ އިން ވަކިވުން ހުއްޓުވަން މެންބަރުންނަށް ލިބޭނީ އެންމެ ތިން ދުވަހެއެވެ.

އަދި ސަސްޕެންޝަންއަށްފަހު މެންބަރުން މަސައްކަތަށް ނުކުތުމަށް ފަހުވެސް ގާނޫނެއް ފާސް ކުރަން ބަންދު ދުވަސްތަކާއެކު ލިބޭނީ 15 ވަރަކަށް ދުވަހެވެ. އެއީ 31 އޮކްޓޯބަރުގައި އެ ގައުމު އީޔޫއިން ވަކިވާން ޖެހޭތީއެވެ.

އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރު ވިދާޅުވެފައި ވަނީ އެއްބަސްވުމަކާއި އެކީވިޔަސް އަދި އެއްބަސްވުމެއް ނެތް ކަމަށް ވިޔަސް އެ ދުވަހު އެ ގައުމު އީޔޫ އިންވަކިވާނެ ކަމަށެވެ.

އެއްބަސްވުމެއް ނެތި އިނގިރޭސިވިލާތް އީޔޫއިން ވަކިވެއްޖެ ނަމަ، އިނގިރޭސިވިލާތް ހުއްޓުމަކަށް އައިސް، އީޔޫއަށާއި، އެގައުމަށް އެތައް ބިލިއަން ޑޮލަރުގެ ގެއްލުން ވާނެއެވެ.

މި ގެއްލުންތައް އެތައް މަހަކަށް ދެމިގެންދާނެކަމަށް ބެލެވޭއިރު، އެކަމަށްޓަކައި ތައްޔާރުވުމަށް އެ ގައުމުގެ ސިވިލް ސާވިސް މުވައްޒަފުންނާއި އަސްކަރިއްޔާ އަށް ބޮޑު ވަޒީރު މިހާރު ވަނީ އަންގަވާފައެވެ.

އިނގިރޭސިވިލާތުގެ ރައްޔިތުންގެ ފެންނަ، ނުފެންނަ ވޯޓުން ނިންމާފައި ވަނީ އެ ގައުމު އީޔޫ އިން ވަކިވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ދޮގެއް؟

  މި ގައުމުގެ މަޖިލިސްވެސް ސަސްޕެންޑް ކުރަންވީ. އެކަމަކު މީ އިނގިރޭސިންނަށްވުރެ މާ ނުބައި ބައެއް. މުޅި އޮޑީގަ ހަސަނުގެ ދެފައި. ހަސަނަކީ ވަގެއް، ބާޣީއެއް، ޓެރަރިސްޓެއް. ދެން ކިހިނެއް މިގައުމުގަ އުޅެނީ!

  28
  4
 2. ޔޫކޭ

  ޚުދުމުހުތާރު ރަސްކަމެއް.

  18
  • ލިން

   ހުދު މުހުތާރު ރަސްކަމަކީ ކޮބާކަން އެނގޭބާ؟ ރައްޔިތުންގެ ނިންމުން ތަންފީޒުކުރަން ހުރަސް އަޅާތީ ޕާލަމެންޓް އެ ސަސްޕެންޑުކުރީ.. ރައްޔިތުންގެ ހައްޤުތަކާ ބާރު އެއިންވެސް ދައްކައިދެނީ

   8
   12
   • ޑަޔާނާ

    ޔޫކޭގެ ޝާހީ އާއިލާ ދިރިއުޅެނީ ޔޫކޭގެ ރައްޔިތުންގެ ޓެކްސް ފައިސާއިންކަން ވެސް އިނގޭތަ.
    #ކޮންހައްޤެއްއޮތީ؟

    13
    2
    • ލިން

     ހުރިހާ ޤައުމެއްގެ ވެރިން ވެސް ދިރިއުޅެނީ އެ ޤައުމުގެ ރައްޔިތުންގެ ޓެކްސް ފައިސާއިންކަން އެނގޭތަ؟؟ އަދި ރައްޔިތުންނަށް ދޭ ހިދުމަތްތައް ސަރުކާރުތަލުން ދެނީ ވެސް ޓެކްސްފައިސާއިންކަން އެނގޭތަ؟ ޔޫކޭގަ ރަސްކަމެއް އޮތަސް ރައްޔިތުންގެ ހައްޤުތައް މާގިނަ މި ރާއްޖެއަށްވުރެން.. ރުޅިއަންނަ ބަޔަކަށްވާތީ ހުރިހާކަމެއް ގޯސްވާކަށް ނުޖެހޭ

     3
     2
 3. ހުސެން

  އިނގިރޭސިންގެ ބާރާއި އާރު ކެނޑެނީ ،ހިތި ގޮޮތަކަށް މި ބައިގަނޑުތައް ބަލިވަމުން ދާތަން އިން ޟާ ﷲ ދިރިތިބީންނަށް ދައްކަވާށި،
  އަދި މިގައުމުގަ މިއޮތް ފުއްޕާ އެޖެންޑާ މަޖުލިސް މިގޮތަށް ސަސްޕެންޑުވެ އުވެވިދާތަން ވެސް ދައްކަވާށި

  29
  4
  • އަލިފު!

   އާމީން!

   7
   1
 4. އެއީ ސޭކު ބޮރިސް

  މިހާރު ޔޫކޭގެ ބޮޑުވަޒީރަކަށް އަރުވާފަ އެހުރީ ރާނީގެ ރުހުން ލިބިގެން ބްރިޓިޝް ޝާހީ އާއިލާ އާއި ރޮތްސްޗައިލްޑްގެ ސީދާ ޕަޕެޓެއް.

  13