އިންޑިއާ އާއި ޕާކިސްތާނުން ކޮންޓްރޯލް ކުރާ ކަޝްމީރުގެ ސަރަހައްދު ވަކިކުރާ ލައިން އޮފް ކޮންޓްރޯލް (އެލްއޯސީ) ގައި އިންޑިއާ ސިފައިން ދިން ހަމަލާއެއްގެ ސަބަބުން ޕާކިސްތާންގެ ތިން އަހަރުގެ އަންހެން ކުއްޖަކު ޝަހީދު ވެއްޖެއެވެ.

ޕާކިސްތާންގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާ ސިފައިން ދިން ހަމަލާއެއްގެ ސަބަބުން ޕާކިސްތާންގެ އާއްމުންގެ ދެމީހަކު ޝަހީދު ވެފައިވާ ކަމަށެވެ. އެއީ ތިން އަހަރުގެ އަންހެން ކުއްޖާގެ އިތުރުން އުމުރުން 45 އަހަރުގެ ފިރިހެނެކެވެ. ދެމީހުން ވެސް ޝަހީދުވީ އިންޑިއާ ސިފައިންގެ ހަމަލާތަކުގެ ސަބަބުން ލިބުނު ޒަހަމްތަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ.

ދެމީހުން ޝަހީދު ވުމުގެ އިތުރުން އާއްމުންގެ ތިން މީހަކު ވަނީ ޒަހަމްވެސް ވެފައެވެ.

ޕާކިސްތާން ސިފައިން ބުނާ ގޮތުގައި އިންޑިއާގެ ހަމަލާގެ ސަބަބުން ޕާކިސްތާންގެ އަވަށެއް ކަމަށްވާ ނެކްރަން އަވަށުގެ ތިން ގެއެއްގައި އަލިފާން ރޯވެ، އެގެތަށް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައެވެ.

އިންޑިއާގެ ހަމަލާތަކާއި ގުޅިގެން ޕާކިސްތާނުން އެއްވެސް ރައްދު ހަމަލާއެއް ދިން ކަން ނުވަތަ ނޫންކަން ވެސް ޕާކިސްތާންގެ އަސްކަރިއްޔާ އަކުން ކަށަވަރު ކޮށެއް ނުދެއެވެ. ޕާކިސްތާނަށް ދިން ހަމަލާ އާއި ގުޅިގެން އިންޑިއާ އަސްކަރިއްޔާ އިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ޕާކިސްތާނާއި އިންޑިއާގެ ގުޅުން ގޯސްވެ، މިހާރު ކުރިމަތިލުންތައް ހިނގަމުން ދަނީ އިންޑިއާގެ ކޮންޓްރޯލް އޮތް ކަޝްމީރުގެ ސްޓޭޓެއްގެ ދަރަޖަ އަތުލަން އިންޑިއާ ސަރުކާރުން ނިންމުމުންނެވެ. އެމައްސަލައިގައި ޕާކިސްތާނުން ގެންދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. މޯދީ އެޑީޕީ

  ދެން އެމްޑީޕީގެ އިސްވެރިން އަތްޖަހާ. ކުށްވެރި ކުރާކައް ހަމަ ޔަގީނުންވެސް ނުކެރޭނެ މިސަރުކާރަކަށް.

  30
  1
  • ބީރު

   އެކުއްޖާ ޝަހީދު ކޮށްލުމަކީ އިންޑިއާގެ ދާޚިލީ ކަމެއް.

   10
   11
   • ޣ

    ވަރަށް ހިތާމަ ހުރި. ވަރަށް ދެރަ

    11
    1
   • ޘަ

    ބީރުގެ ދަރިއަކަށް، އާއިލާ މީހަކަށް ކަމެއް ވިނަމަ ދާޙިލީ ކަމެކޭ އެޔެކޭ މި އެކޭ ކިއާނެތަ! އަނިޔާވެރި ކޮމެންޓް ކުރާ މީހެއް

  • ޤައުމީ ރޫހު

   إنا لله وإنا إليه راجعون اللهم اغفر لها وارحمها وعافها و اعف عنها

   14
 2. ހގަ

  ލޮލް. ޙޫ ކެއަރސް

  13
  • މީހާ

   ތި މީހާގެ އާއިލާ މީހަކަށް ކަމެއް ވިނަމަ ހޫކެއާސް އޭ ކިއާނެތަ! އަނިޔާ ވެރިކަން ނިހާޔަތަށް

   11