ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ބިންހެލުން މޮނިޓަރ ކުރާ އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނާގޮތުގައި ބިންހެލުން އައީ މެގްނެޓިއުޓް 6.1 ގެ ބާރުމިނުގައި ޖަޕާނުގެ ހޮކައިޑޯ އަށް ބިމުގެ 17 ކިލޯމޯޓަރު އަޑިއަށެވެ.

މި ބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރެއްް ދީފައެއް ނުވެއެވެ. އަދި ބިންހެލުމާއި ގުޅިގެން އެއްވެސް ތަނަކަށް ގެއްލުންވި ކަމުގެ ރިޕޯޓެއް އަދި ނުލިބެއެވެ.