ހައްދުފަހަނައަޅާފައިވާ ނިރުބަވެރި އިސްލާމިކް ސްޓޭޓްސް (އައިސިސް) ޖަމާޢަތުން ފަލަސްތީނުގައި އިސްރާއިލްގެ އެޖެންޑާ ކުރިޔަށްގެންދާ ނަމަ އެކަމުގެ ރައްދު ދޭނެ ކަމަށް ފަލަސްތީނުގެ ޖަމާޢަތެއް ކަމަށްވާ އިސްލާމިކް ޖިހާދު މޫވްމަންޓުން ބުނެފިއެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ޣައްޒާގައި ދިން ނިރުބަވެރި ހަމަލާއެއްގައި ސިފައިންގެ ދެ މީހަކު ޝަހީދުވި ހާދިސާއަށް އަލިއަޅުވާލަމުން އިސްލާމިކް ޖިހާދުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ފަލަސްތީނުގެ ސިފައިންނާއި އެ ޤައުމުގެ ރައްކާތެރިކަން ބަލަހައްޓަމުންދާ ފަރާތްތަކަށް އެއްވެސް ނުރައްކަލެއް ކުރިމަތިމަތިވުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. އަދި އިސްރާއިލްގެ ޔަހޫދީންގެ އެޖެންޑާ ފަލަސްތީނުގައި ކުރިޔަށް ގެންދެވުނަ ނުދޭނެ ކަމަށްވެސް އެ ޖަމާޢަތުން ވަނީ ބުނެފައެވެ.

"އަހަރެމެން މިތިބީ ފަލަސްތީނުގެ ސަލާމަތާއި ރައްކާތެރިކަން ފޫއަޅުވާނުލެވޭ ވަރަށް ތައްޔާރުވެގެން. އެއްވެސް ބަޔަކަށް އެ ފުރުސަތު ނޯންނާނެ. އެކަން ކުރަން އުޅޭ ބަޔަކަށް އަހަރެމެންގެ ވަރުގަދަ ރައްދު ދޭނަން،" އިސްލާމިކް ޖިހާދުގެ ބަޔާނުގައި ބުނެފައި ވެއެވެ.

އިސްލާމިކް ޖިހާދުގެ ބަޔާނުގައި ވަނީ، ޢައްޒާގެ ޗެކްޕޮއިންޓެއްގެ ކައިރީގައި އަންގާރަ ދުވަހު އިސްލާމިކް ސްޓޭޓްގެ ހަނގުރާމަވެރިންތަކެއް ޖާނުންފިދާވެގެން ދިން ހަމަލާގައި ޝަހީދުވި ސިފައިންގެ ދެމީހުންގެ އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ.

އަންގާރަ ދުވަހުގެ މި ހަމަލާއަށްފަހު ޣައްޒާ އެލާޓަށް ގެނެސްފައިވާއިރު، އެ ސިޓީގެ މަގުތަކުގައި ސިފައިން ވަނީ ފޯރިމަރަން ފަށާފައެވެ. އަދި އެފަދަ ހަމަލާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ވަރުގަދަކޮށްފައިވާއިރު، ހަނގުރާމަވެރިންނާއި ގުޅުންހުރި މީހުން އަތުލައިގަތުމުގެ އޮޕަރޭޝަނެއްވެސް މިހާރު ވަނީ ފަށާފައެވެ.

ފަލަސްތީނުގެ އޮފިޝަލުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވާގޮތުގައި، އަންގާރަ ދުވަހު ޣައްޒާގައި ވަނީ ބޮން ގޮއްވައިގެން ނިރުބަވެރި ދެ ހަމަލާއެއް ދީފައެވެ. އެގޮތުން ފުރަތަމަ ހަމަލާގައި ދެ އޮފިސަރަކު މަރުވިއިރު، ތިންވަނަ މީހާ އޮތީ ވަރަށް ބޮޑަށް ޒަޚަމްވެފައި ކަމަށާއި، އޭނާ މަރުވީ އޭގެ ފަހުން ގަޑިއެއްހާއިރު ވެސް ނުވަނީސް ދިން ދެވަނަ ގޮވުމުގައި ކަމަށް ވެއެވެ.

އައިސިސް އިން މި ހަމަލާ ދިން ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މުސްލިމުންގެ ނަމުގައި ހަރަކާތްތެރިވާ އެ ޖަމާޢަތުން މުސްލިމުން މެރުމަކީ އާންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ކޮސްބެ

    އައިސިސް އަކީ އިޒްރޭލު މީހުންނޭ އެބަ ކިޔާ. އެކަމަކު އިޒްރާއިލް އަކަށް އައިސިސް ކަމަކު ނުދިޔަ. މި ދެން ކިހިނެއް ދެކޮޅު ޖެހޭނެ ވާހަކައެއް؟ ޖާހިލިއްޔާ ނިކަން ޖަވާބު ދީބަލަ.

    7
    33
    • ހުސޭނުބޭ

      ތި އައިއެސް އިން ޖިހާދޭ ކިޔާފައި މިސްކިތަތަކުގައި ބޮންގޮއްވާ ކުށެއްނެތް އެތައް މުސްލިމުންނެއް ޝަހީދުކޮށްފި! އެކަމަކު ދުވަހަކުވެސް އިޒްރޭލަކަށް ހަމަލައެއްނުދޭ! އެންމެ ފަހުންވެސް ޙަމަލާއެދިނީ އިޒްރޭލުގެ އަނިޔާވެރިކަން ތަހައްމަލްކުރާ ފަލަސްޠީނު ރައްޔިތުންނަށް! ކޮސްބެ މިކަމަށް ޖަވާބެއްދީބަލަ!

      45
      3
      • މޮޔައެނޮނިމަސް

        އިޒްރޭލަށް ހަމަލާ ނުދޭ ބޯކޯ ހަރާމް މީހުން ވެސް.އެވެސް އިޒްރޜލު މީހުންތަ..ގަމާރު ވިޔަަސް ފުކެއް ބޮޑުވަރު

        26
      • މޮޔައެނޮނިމަސް

        އިޒްރޭލަށް ހަމަލާ ނުދޭ އެންމެންނަކީ އިޒްރޭލު މީހުނ ނޭ ތަ ތި ބުނަނީ.މި ފަދަ ގަމާރުން މި އުއްމަތުގަ ގިނަޔީ ކީއްވެބާ

        6
        21
        • ކުނބު

          ބޯކޯހަރާމް އޮޕަރޭޓު ކުރަނީ އެފްރިކާފަ އެކަނި. އައިސިސް މުޅިދުނިޔޭގެ އޮޕަރޭޓުކުރޭ އެހެންވީމަ އައިސިސްގެ ވާހަކަ ދެއްކޭނެދޯ. އެމީހުން ދުވަހެއްގެ ކޮޅުންވެސް އެމެރިކާ ނުވަތަ އިޒުރާލަކަށް ހަމަލަޔެއް ނުދޭ.

        • މެދުއިރުމަތި

          ދުނިއޭގެ އާޖްފާޖް ނޭނގޭ ބީތާއިންނަށް މިކަހަލަ ތަންތާ މާ އެނގިގަނެގެން ކޮމެމެންޓް ކުރާތީ ދެރައީ

    • ޢެެއ

      ބަަލަ ވާންޗޯ. އިސްރޭލުން އެއްބަސްވާނެތަ އެއީ ތިމަންނަމެން ކުރުވާ ކަމެކޭ ކިޔާފަ. ކަލޭގެ ދެލޯ ސަލާމަތުންހުރިއްޔާ ފެންނާނެދޯ ތި އައިސިސްއަކުން ހަމަލާދެނީ ހުސް މުސްލިމުންނަށްކަން. ކީއްވެބާ އެހާ އިސްލާމީ ބަޔަކު އިސްރޭލަށް ހަމަލަ ނުދެނީ

      25
      1
  2. އަޙްމަދް

    ހަމާސް ޖަމާޢަތް މިއަދު މާ އިސްލާމިކް ވެގެން
    މާ ޤައުމިއްޔަތުވެގެން އުޅުނެއް ކަމަކު ހަމާސް .ޖަމާޢަތަކީވެސް ޔަހޫދީންގެ އުފެއްދުމެކެވެ.
    ހަމާސް ޖަމާޢަތް އުފެއްދީ ޔާސިރު ޢަރަފާތައި ދެކޮޅަށް ހަނގުރާމަ ކުވުމަށްޓަކައެވެ.
    އައި އެސް އައި އެސް ވެސް އުފެއްދީ ޔަހޫދީން ނާއި އެމެރިކާއާއި ދެބައި މީހުންވެގެންނެވެ
    .އެއީ ސޫރިޔާ އާއި އިރާޤް ހަލާކު ކުރުމަށްޓަކައެވެ
    ޠާލިބާނުން އުފެއްދީ އެމެރިކާއެވެ
    ރަޝިއާ އާއި ހަނގުރާމަ ކުރުމަށް ޓަކައެވެ.
    މިފާޑު ކޮންމެ ހަރުކަށި ނިރުބަވެރި ބަޔަކު އުފާއްދާ އެމެރިކާ އާއި ޔަހުދީން އެބައި މީހުން ބޭނުންވާ މަޤްސަދު ޙާސިލި ވީމާ ބާކީ ކޮލަނީއެވެ
    ދެން މި ބައިގަނޑުތަކަށް ފައިސާގެ ދަތިކަން ކުރިމަތިވެ އަތްމަތި ދަތިވީމާ އެމިރާކާއައި ޔަހޫދީންނާއި .ދެކޮޅުވެރިވަނީއެވެ.

    16
    8
  3. ޙެހެ

    އިޒްރޭލުން ކަލޭމެން މަރާ ހުސް ކުރިއަސް ހެވޭ.. އެމީހުންނަށް ކަމެއް ކުރާނެ ކަމެއް ނެތް...އައި ސިސް މަރާލާ....ހެހެ

    1
    11
  4. ބޯކޮސް

    އިޒްރޭލުން ބުނާ ހުރިހާ ކަމެއް ކަލޭމެން ތިޔަ ރަނގަޅު މުސްލިމުން ކުރަން ޖެހޭނެތަ؟ ގަމާރުނެސް ޓުދަ މެކްސް

    6
    7
  5. ޔާ ﷲ

    އައިސިސްގެ ހަގީގަތް އޮޅިފަކާ ނެތް. ތިއީ ހަރުބީ ކާފަރުން ގުޅިގެން ހިންގާ މަކަރުވެރި ޖަރީމާ އެއް.

    8
    6
  6. ޒޭ

    ހައްގު ހޯދަންޖެހޭ ބޭނުން ވާ މީހުން ނައް ﷲ ސ.ވ ހައްގު މަގު ދައްކަވާނެ. އިސްރާއީލާ އިންވެގެން އެތިބަ މުނާފިޤު އަރަބި ގައުމު ތައް މާ އައުލާކަން ބޮޑު ނޫންތޯ އިސްރާއީ ލައް ހަމަލާ ދޭންވީ. ކީއްވެ އެމީހުން ޔަހޫދީންނާ އަތާއަތް ގުޅާލައިގެން އެ ނާޗަރަންގީ ކުޅެމުން ދުވަނީ؟ މުސްލިމުން އުންމަތުގެ ލޭ އޮހޮރުވުންތަށް އެވެރިން ނައް އެއްވެސް އަސަރެއް ނުކުރޭ.
    މުނާފިޤުން އެއީ.

    7
    1
  7. ދިވެހި ޖާހިލިއްޔާ

    އައިސިސް އިޒްރޭލަށް ހަމަލަ ނުދެނީ ނުދޭން ވެގެންނެއް ނޫން. ނުދެވިގެން. އެމެރިކާގެ ވައިޓްހައުސްގަ އައިސިސް ދިދަ ނުނެގުނީވެސް އެހެންވެ.

    2
    2
    • މޮޔައެނޮނިމަސް

      މި ގަމާރުން ގަބޫލު ނުކުރާނެ

  8. Anonymous

    އޭ އައިސިސް ނެތިއްޖެ އުތަ؟؟ މިހާރުދެން ކޮންބައެއް މި އުޅެނީ .؟؟؟؟

    • މޮޔައެނޮނިމަސް

      އައްދައުލާ ގެ ހަބަރަކީ ކޮބާ.ދެން ކޮބާ އެ ޗަރުގަދަ ހަލީފާ