އެމެރިކާގެ ފްލޮރިޑާ އާއި ދިމާލަށް ބާރުގަދަ ތޫފާނެއް މިސްރާބު ޖަހައިފިއެވެ.

ތޫފާނު ޑޯރިއަން އެމެރިކާގެ ފްލޮރިޑާ އަށް މިސްރާބު ޖަހަމުން އަންނަ އިރު، ގަޑި އިރަކު 105 މޭލު ބާރުމިނުގައި އަންނަ މި ތޫފާނަކީ 60 އަހަރު ތެރޭގައި އެމެރިކާގެ އިރުމަތީ ފަރާތަށް އަރާ އެންމެ ބާރު ގަދަ ތޫފާނެވެ. ކެޓަގަރީ 4ގެ ތޫފާނެއްގެ ގޮތުގައި ކަނޑައަޅާފައިވާ މި ތޫފާނަށް ފްލޮރިޑާގެ ރައްޔިތުން މިހާރު އަންނަނީ ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަމުންނެވެ.

މިއީ މިފަދަ ތޫފާނުތައް ޖެހިޖެހިގެން ފްލޮރިޑާ އަށް އަރާ 4ވަނަ އަހަރު ކަމުގައި ވާއިރު، މީގެ ކުރިން ދުވަހަކުވެސް މިހެންވެފައި ނުވާކަން ފާހަގަކޮށްލެވެއެވެ. ކެޓަގަރީ 4ގެ ތޫފާނެއްގެ ގޮތުގައި ޑޯރިއަން ކަނޑައަޅާފައި ވާއިރު، އެންމެ ބާރުގަދަ ތޫފާނުތައް ހިމެނޭނީ ކެޓަގަރީ 5ގައެވެ.

މިދިޔަ އަހަރު ފްލޮރިޑާ އަށް އެރި ތޫފާން މައިކަލްގައި ލިބުނު ގެއްލުންތަކުން އަރައި ނުގަނެވި އުޅެނިކޮށް މާ ބާރުގަދަ ތޫފާނެއް ވަނީ އެ ދިމާލަށް މިސްރާބު ޖަހާފައި

މި ތޫފާނު ފްލޮރިޑާ އަށް އަރާނޭ ކަމަށް މޫސުމާއި ބެހޭ ފަރާތްތަކުން މައުލޫމާތު ދިނުމުން ފްލޮރިޑާގައި މިހާރު ވަނީ އެމެޖެންސީގެ ހާލަތު އިއުލާން ކޮށްފިއެވެ. މި ތޫފާނު ފްލޮރިޑާ އަށް މި އަރަނީ މިދިޔަ އަހަރު އެ ސްޓޭޓަށް އެރި ތޫފާނު މައިކަލްގެ ގެއްލުމުން އެއްކޮށް އަރައިނުގަނެވި އުޅެނިކޮށެވެ.

މި ތޫފާނު ކުރިއަށް އޮތް 4 ދުވަސް ތެރޭ ފްލޮރިޑާ އަށް އަރާނެ ކަމަށް ލަފާ ކުރެވޭ އިރު، އެ ހިސާބުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ އެހެން ހިސާބު ތަކަށް ވަގުތީ ގޮތުން ބަދަލުވަމުންނެވެ. އަދި މިފަދަ ތޫފާނުތައް ހުއްޓުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުމާއި ގޮތުން އެގައުމުގެ އަސްކަރިއްޔާގެ އިސް ވެރިންނާއި މީގެ ކުރިން މަޝްވަރާވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ޓްރަމްގެ ކަމަކީ ކުފުރުގެ ވާހަކަދެއްކުން

    20
  2. ާަޕޮގުބާ

    ﷲ ގެ ކޯފާ ޖާހިލުކަން ބޮޑުވިޔަސް ގަދަބަސް ނުބުނޭ

    21
    1
  3. ަސަޒަން

    ޢަލްހަމްދުލިﷲ އެމެރިކާ ހަލާކުކުރައްވާ ދުނިޔެއަށް ހަމަޖެހުންދެއްވާށި

    6
    1
  4. ކައްޗާކަލޯ

    ކޮބާ! މިފަދް ޠޫފާންތައް ހަލާކުކޮށްލުމަށް ޓްރަމްޕް ތައްޔާރުކުރި ޢަސްކަރީފައުޖުކޮބާތަ؟ކަލަކުކަމަށް ދަޢްވާކޮަަށްގެންހުރެ ޠޫފާން އެހެން އަތަކަށް އަނބުރާލަންވީނުންާ!!!!މާތް ﷲމީނާގެފުށުން މިދުނިޔެސަލާމަތްކުރައްވާށި أمين!