އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެންމެ ގާތް މުވައްޒަފު ކަމަށްވާ ޓްރަމްޕްގެ ޕާސަނަލް އެސިސްޓަންޓް، ވަޒީފާ އިން އިސްތިއުފާ ދިނުމަށްފަހު އޯވަލް އޮފީހުން ނިކުމެވަޑައިގެންފިއެވެ.

މެޑެލީނާ ވެސްޓާޓް ވަޒީފާ އިން އިސްތިއުފާ ދިނީ އިއްޔެގެ ވަގުތެއްގައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މެޑެލީނާ ވަޒީފާ އިން އިސްތިއުފާ ދިނުމުގެ ކުރިން މީޑިއާތަކަށް މައުލޫމާތު ނޭނގޭ ޓްރަމްޕްގެ ބައެއް ބައްދަލުވުންތަކުގެ މައުލޫމާތުތައް ވަނީ ނޫސްވެރިންނާއި ހިއްސާކޮށްފައެވެ. އެބައްދަލުވުންތަކަކީ ޓްރަމްޕް ޗުއްޓީ ހޭދަކުރަމުން ދިޔައިރު ބޭއްވި ބައްދަލުވުންތަކެއް ކަމަށް ވެއެވެ.

މެޑެލީނާ އަކީ ރިޕަބްލިކަން ނޭޝަނަލް ކޮމެޓީގައި ކުރިން މަސައްކަތް ކުރެއްވި ބޭކަނބަލެކެވެ. އޭނާ 2016 ވަނަ އަހަރު ޓްރަމްޕްގެ ކެމްޕޭންގައި އިސްކޮށް ބައިވެރިވެ ވަޑައިގެންނެވިއެވެ. ކެމްޕޭން ކުރިއަށް ގެންދާނެ ގޮތްތައް ރާވާ، ޓްރަމްޕްގެ ސިޔާސަތުތައް ތައްޔާރު ކުރުމުގައި މެޑެލީނާ މުހިއްމު ދައުރެއް އަދާކުރެއްވިއެވެ.

ޓްރަމްޕްގެ މުހިއްމު މުވައްޒަފަކު، އަމިއްލަފުޅަށް ވަޒީފާ ދޫކޮށްލިއިރު ޓްރަމްޕް ވެރިކަމަށް އައިސް މަގާމުތަކަށް އައްޔަންކުރި މުވައްޒަފުންގެ ތެރެއިން 60 އިންސައްތަ މުވައްޒަފުން ވަނީ ވެރިކަމުގެ ފުރަތަމަ 18 މަސް ދުވަހުގެ ތެރޭގައި ވަޒީފާ ދޫކޮށްލާފައެވެ.

ގިނަ މުވައްޒަފުންތަކެއް ވަޒީފާ އިން އިސްތިއުފާ ދެމުން ގެންދިއުމަކީ ވެރިކަމުގެ އިތުރު ދައުރެއް ކާމިޔާބު ކުރުމަށް މިހާރު ވެސް ކެމްޕޭން ފަށާފައިވާ ޓްރަމްޕަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެކެވެ. ހާއްސަކޮށް ރިޕަބްލިކަން ޕާޓީގެ ތެރެއިން ޕްރެޝަރާއި ކުރިމަތިލާން ޖެހޭނެ ސަބަބަކަށް މިކަން ވެގެން ދާނެ ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސާމިޔާ

    ޖިންސީމައްސަލައެއްއުޅެނީކަމަށްބެލެވޭ ؟

    13