އިންޑިއާ ސަރުކާރުން ކަޝްމީރުގައި ކާފިއު އިއުލާންކޮށް، ކަޝްމީރަށް މުދާ އެތެރެ ކުރާ ހުރިހާ މަގެއް ބަންދުކޮށް، އަދި ބޭންކްތަކުން ފައިސާ ދޫކުރުމަށް ވެސް ހުރަސް އަޅާފައި ވާތީ ބޮޑެތި ބަލިތައް ތަހައްމަލް ކުރަމުންދާ އެތައް ބަލި މީހުންނެއް ވަނީ މަރުގެ ތުންފަތްމަތީގައި ކަމަށް ކަޝްމީރުގެ ޑޮކްޓަރަކު "ބީބީސީ" އަށް ދިން އިންޓަވިއުއެއްގައި ބުނުމުން އިންޑިއާ ފުލުހުން އެޑޮކްޓަރު ހައްޔަރުކޮށްފިއެވެ.

ކަޝްމީރުގެ ސްރިނަގަރުގައި ހުންނަ ގަވަމެންޓް މެޑިކަލް ކޮލެޖްގައި މަސައްކަތް ކުރާ ޑޮކްޓަރ އުމަރު ސާލިމް އަޚްތަރު "ބީބީސީ އުރުދޫ" އަށް ދިން އިންޓަވިއުއެއްގައި ބުނީ ކަޝްމީރުގެ ހާލަތު މިއަދު އޮތް ގޮތުން އިންސާނީ ބޮޑު މުސީބާތެއް ކުރިމަތިވެދާނެ ކަމަށާއި އެހެންކަމުން މީހުންގެ ފުރާނައަށް ނުރައްކާ ނުވާ މިންވަރަށް ބޭސް ފޯރުކޮށްދިނުމަށް އެދޭ ކަމަށެވެ.

އަޚްތަރު ބުނީ އިންޓަނެޓާއި ފޯނުގެ ޚިދުމަތް މެދުކަނޑާލާފައި އޮންނަތާ ތިން ހަފްތާ ވެފައި ވާއިރު އެކަމުގެ ސަބަބުން ފަގީރުންނަށް ސިއްހީ އިންޝްއަރެންސް ޕެކޭޖް ބޭނުން ނުކުރެވޭ ކަމަށެވެ. އެހެންކަމުން ޑައިލިސިސް އާއި ކީމޯތެރަޕީ އަށް ފަރުވާ ހޯދަން ޚަރަދު ކުރަން ޖެހިފައި ވަނީ އަމިއްލައަށް ކަމަށް އޭނާ ބުންޏެވެ.

"ހަފްތާއަކު ތިން ފަހަރު ޑައިލިސިސް ހަދަން ޖެހޭ މީހުންނަށް މިހާރު ޑައިލިސިސް މިހެދެނީ އެންމެ ފަހަރަކު. އެމީހުން ކޮންމެ ފަދަ ވަގުތަކު ވެސް މަރުވެދާނެ." އަހްތަރު ބުންޏެވެ.

އަހްތަރު "ބީބީސީ" އިން އިންޓަވިއު ދޭން ހުއްޓާ އިންޑިއާ ފުލުހުން އައިސް ވަނީ އޭނާ ހައްޔަރުކޮށްގެން ގެންގޮސްފައެވެ.

އަހްތަރުގެ އާއިލާ އިން ބުނާ ގޮތުގައި އޭނާ ހައްޔަރުކޮށްގެން ގެންދިޔަ ފަހުން އެއްވެސް ޚަބަރެއް ނުވެއެވެ.

މީގެ ކުރިން ވެސް ކަޝްމީރުން ހައްޔަރުކޮށްގެން ގެންދިޔަ އެތައް ބަޔަކު ވަނީ "ގެއްލިފައެވެ." އެއިން މީހެއްގެ ޚަބަރެއް އާއިލާއަކަށް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ސޮނިފުހޭ

    ގެރި މޯދީ ހަލާކު ކުރަށްވާދޭވެއެ ވެ

    116
    1
    • ދޮންބެ

      ގެރި މޯދީއަށްވުރެ މުސްލިމުންގެ ނަމުގަ ތިބެ ގެރިމޯދީއަށް ތާއީދުކުރާ މުނާފިގުން މާ ނުބައި ދޯ އަސްލު؟

      46
  2. ކޮތަރު

    ގެރިމޯދީގެ ޕްލޭންތައް މިހުންނަނީ "ޔަހޫދީ ދައްޖާލު" ނަތަންޔާހޫގެ އިރްޝާދުގެ ދަށުންތާ.

    40
  3. Anonymous

    މި ވަރުގެ ނުލަފާ ޖައްބާރެއް ހަޔާތުގަވެސް އަދި ނުދެކެން. މި މުދި ފާދިރީގެ ކިބައިން މުސްލިމު އުންމަތް ސަލާމަތް ކުރައްވާ. މި ކަލޭގެ އަށް ނުބައި ބައްޔެއް ޖައްސަވައިދެއްވައި ހަލާކުކުރައްވާންދޭވެ.

    36
  4. މަހުދީ

    ކޮބާ އެއްކަލަ ފްރީ ސްޕީޗް ކޮބާ މޯދީގެ އަންނި.

    26
  5. އަހުމަދު

    ކޮބައިތަ ޔޫރިޕިއަން ޔުނިއަން ދިވެހި ރާއްޖޭގައި މީހަކު ކުޑަ ކުޑަ ކަމަކު ހައްޔަރުވިއަސް މިދިޔަ ސަރުކާރު އިރުގައި ފުމެ ނަގާ ދޫކޮށްލަން ގޮވާ ހީވަނީ އެހެން ކަމެއް ހެން އިންޑިޔާއިން ރާއްޖެއަށް ހަތިޔާރާ އެކު އަރަން ގޮވާ... ކޮބައިތަ ކޮމެންވެލްްތް އިންޑިޔަ އަކި ކޮމަންވެލްތްގެ ގައުމެއް.... ޗުއްޕުވެސް ނުބުނޭ.... އިންސަނިއްޔަތައް ޚިދުމަތްކުރާ އަންނި ކޮބައިތަ މިކަމަށް ގޮވައިލަން.....

    26
  6. މަމިޔޮކާކަ

    މިނުބައި ޖަރީމާ ތައް ހިންގާ ޤައުމުތަކުގެ ވެރިންނާ އެއްބާރުލުންދޭ ޤައުމުތަކުގެ ވެރިންނައް ޖުޒާމްބަލިފަދަ ނުބައިބައްޔެއްޖައްސަވާ އެބައިމީހުނަށް އިބްރަތެއްކަމުގައި ލައްވައި މިދުނިޔޭގައި ދިގު އުމުރެއްގައި ލަހައްތަވާށި ،އާމީން.

    13
    1
  7. މޮހަދު

    ޚޮބާ އެއްކަކަ އިންސާނީ ހައްގޭ ކިޔާ އަނގްފުޅާ ކުރާ ޔުރަޕިއަން ޔުނިއަން އަދި ބޮޑު އަލިފުދާލު

    15
  8. ނިކަމެތިމީހާ

    ޔާ ﷲ އަނިޔާވެރިންނަށް އެމީހުން އެންމެ ހިތްދަތިވާނޭ މުޞީބާތް ކުރިމަތިކުރައްވާންދޭވެ!