އެމެރިކާއަށް މިސްރާބު ޖަހާފައިވާ "ހަރިކޭން ޑޯރިއަން" އަކީ މިހާތަނަށް ދުނިޔެ ދުށް އެންމެ ވަރުގަދަ އެއް ތޫފާނަށް ވެދާނެ ކަމަށް އިދާރާތަކުން ބުނެފިއެވެ.

ހަރިކޭން ޑޯރިއަން އެމެރިކާގެ ފްލޮރިޑާ އަށް މިސްރާބު ޖަހަމުން އަންނަ އިރު، ގަޑި އިރަކު 105 މޭލު ބާރުމިނުގައި އަންނައިރު މިއީ އެޤައުމަށް އަރާ މިފަދަ އެންމެ ވަރުގަދަ ތޫފާން ކަމަށް ކުރިންވެސް އިދާރާތަކުން ބުނެފައި ވެއެވެ. ކެޓަގަރީ 4ގެ ތޫފާނެއްގެ ގޮތުގައި ކަނޑައަޅާފައިވާ މި ތޫފާނަށް ފްލޮރިޑާގެ ތައްޔާރުވަމުން ދާއިރު، އެ ސްޓޭޓު ވަނީ އިމަޖެންސީ އިއުލާނުކޮށްފައެވެ.

ތޫފާންތަކުގެ ބާރުމިނާއި އޭގެ ބޮޑުކަން ކަނޑައެޅުމުގައި، އެ ތޫފާނުގައި ވައިޖެހޭ ބާރުމިނާއި އެއިން ލިބިދާނެ ކަމަށް ބެލެވޭ ގެއްލުންތަކުގެ އިތުރުން އެނޫންވެސް ގިނަ ކަންކަމަށް ބަލައެވެ. އެމެރިކާއާއި ދުނިޔޭގައި ކުރިން އުފެދިފައިވާ ބޮޑެތި ތޫފާންތަކުގެ ރެކޯޑަސް ބަލާއިރު، މިހާރު އެމެރިކާގެ ފްލޮރިޑާ އާއި ދިމާލަށް މިސްރާބު ޖަހަމުންދާ ތޫފާނަކީ މި ލިސްޓުގެ އެންމެ ވަރުގަދަ ތޫފާން ކަމަށް ވެދާނެ ކަމަށް ވަނީ ބެލެވިފައެވެ.

މިއީ މިފަދަ ބާރުގަދަ ތޫފާނުތައް ޖެހިޖެހިގެން ފްލޮރިޑާ އަށް އަރާ ހަތަރު ވަނަ އަހަރެވެ. މި ތޫފާނު ފްލޮރިޑާ އަށް މި އަރަނީ މިދިޔަ އަހަރު އެ ސްޓޭޓަށް އެރި ތޫފާނު މައިކަލްގެ ގެއްލުމުން އެއްކޮށް އަރައިނުގަނެވި އުޅެނިކޮށެވެ.

މި ތޫފާނު ކުރިއަށް އޮތް ތިން ދުވަސް ތެރޭ ފްލޮރިޑާ އަށް އަރާނެ ކަމަށް ލަފާ ކުރެވޭ އިރު، އެ ހިސާބުގައި ދިރިއުޅޭ ގިނަ އަދަދެއްގެ މީހުން، ރައްކާތެރި ސަރަޙައްދުތަކަށް ބަދަލު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މިފަދަ ތޫފާންތައް ހުއްޓުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުމާއި ގޮތުން އެގައުމުގެ އަސްކަރިއްޔާގެ އިސް ވެރިންނާއި ދާދި ފަހުން މަޝްވަރާވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ދަންސޫރަ

    ނިއުކުލިޔަ ބޮންއަޅަންބުނި ޓުޓަށްޕް ކޮބާ މިހާރުހުންނާނި ރާކަނިމަސް ކެވިފަ

    75
    1
  2. މޯދީ މާމަ

    އެމެރިކާއަށް އަރާ ނުގަނެވޭފަދަ ބޮޑު ގެއްލުމެއް ކުރިމަތިކުރައްވާދޭވެ..

    82
    9
    • ބަނީ

      ދެން އެތާ އުޅޭ މުސްލިމުން ނޯ، ކުޑަ ކުދިންނޯ، ކަލޭގެ އާއިލާ އަށް ތި ބަދު ދުއާ ކޮށްބަލަ!

      24
      26
    • ހޫ

      މިތިބަ އައިސިސް ބައިގަނޑަށް ހާދަ އުފަލޭދޯ. ހަޤީގީ މުސްލިމުންނަކީ އެއްވެސް ބަޔަކަށް ދެރަގޮތެއް ވާން އެދޭނެ ބައެއްނޫން. އެނަމޫނާވަނީ ރަސޫލާވެސް ދައްކަވާފަ. އެކަލޭގެފާނަށް ފުރައްސާރަ ކުރި އެތައް ކާފަރުންނަށް ވަނީ މާފްކުރަށްވާފަ.

      41
      7
    • ޒާ

      އާމީން.

  3. ރޫހާނީ

    އަދިވެސް އިރާން އާއި ކުޅެން އުޅޭތި! މަނަވަރުތައް އަބުރާ ގެންނަން ޖެހޭ ވަރު ކުރައްވާފާދޭވެ..

    45
    3
    • ޖަހުލު

      ހާދަ ޖާހިލިއްޔަތުގެ ކަންތައް ބޮޑޭ. މީ އެކަކު ހެން މަށަށް ހީވަނީ. އަމިއްލަ ނަން ޖަހާކަށް ނުކެރޭ. އެއީ ދެރަކަމަކީ

      5
      15
  4. އާދަމް

    އެމެރިކާގެ ރައީސް ކާރީ ބުނަންވީނު ތޫފާނު ހުޓުވާށޭ. އެހާ ބާރު ހުރިއްޔާ.

    44
  5. ކޭޑީ

    ނިއުކްލިއާ ހަތިޔާރު އަށްވުރެ ﷲގެ ކޯފާ މާ ވަރުގަދަވެގެންވެއެވެ.

    57
    1
  6. ޓޮރަން ޕެޓް

    ބޯގޮވިކައިރީ ބުނަންވީނު ހިއްވަރެއްހުރިއްޔާ އެ ތޫފާންހުއްޓުވާބަލާށޭ ބަލަކަލެއައްވުރެ ބާރުގަދަފަރާތަކުން އަންނަ ތޫފާންތައް ހުއްޓުވަންކަލޭއަތުގަހުރިހާ ނިޔުކުލިއަރހަތިޔާރު ހުސްކުރިޔަސް އެކަމެއް ނުހުއްޓުވޭނެކަން ހަނދާންބަހައްޓާތި

    27
  7. އިވާންކާ

    ފްލޮރިޑާގެ ހުރިހާ ރައްޔިތުންނަށް ރައްކާތެރިކަން މިންވަރު ކުރައްވާށި.
    ކޮބާ ޓްރަމްޕް ހުރިހާ ނިއުކްލިއަރ ހަތިޔާރު އަދި ނުނެރޭތަ މީތި މައިތިރި ކުރަން؟

    21
    4
  8. ޝިޔާމް

    ސުޕަ ޕަވާ އޮފް ދި ވޯލްޑެއް ނޫންކަން އަދިވެސް ދަނެގަންނާކަށް ނުވޭތޯ؟ ސުޕަ ޕަވާ އަކީ ރައްބު ﷲ ތަބާރަކަ ވަތައާލާ.

    34
  9. ހަނދާންވަނީ

    އުފާވި

    5
    5
  10. ަރޫބޭ

    އީރާން އާ އެމަރިކާ ހަނގުރާމަ އަކައް ގޮސްފައްޔާ އީރާން ނެތިގެން ިހިނގައިދަާނޭ ބުނާނީ ތަންދޮރު ނުދަންނަ މަންމަނުން އަދާާަަަ ހަަަމަަަޔަައްް ދާންދެން ވެސް މިނާމާން ގަވްމުގެ ހަގީގަތް އެނގިފަ އެއްނުވޭ މިމީހުން އަތު ތިބީ ކިހާ ފެންވަރެއް ގެ ހަނތިޔާރު ތަކެއްތޯ މިސައިލް ރޭންޖު ހުރަމިނާ. ނިއުކްލިއާ ހަނތިޔާރު ހުރީ ކިހާ ވަރެއް ތޯ އެނގިފައެއް ނުވޭ ؟ އީރާން ގެ ބާރު ގަދަ ކަން އެނގެނީ އެމަރިކާގެ އެތެއް ހާސް ސިފައިން އިރާގުން މަރާލާފާ ވާތީ..އަދި ލުބުނާނުަގަ ހުންނަ އެމަރިކާ ގެ އެމްބަސީ ވެސް ވަނީ ބިމާ ހަމަ ކޮއްފަ..މި ވަރު ކުރިއިރުވެސް އީރާނައް ހަމަލަ އެއް ދޭން ކެރިފައެއް ނުވޭ...

  11. ސަޒަން

    އަލްހަމްދުލިﷲ..... އެމެރިކާހަލާކުރައްވާދޭ.... އަދި އެހަލާކުގެ ސަބަބުން ދުނިޠެއަށް ސުލްހަލިބުން ފަސޭހަކުރައްވާ ދުނިޔޭގައިވާ އެންމެ ޖާހިލު ފުރޭތަތައް (އިސްރާހެލް) ނައްތަވާ އެބައިމީހުން ބަލިކުރައްވާފާނދޭ އާމީން...

    15
    2
  12. އަފީ

    އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ދުވަސްކޮޅެއް ކުރިން ބުނެފައިވަނީ އެމެރިކާއަށް އަރާ ނަގޫރޯޅި ކަހަލަ ގުދުރަތީ ކަންކަން ނިއުކުލިއަރ ބޮމް ބޭނުންކޮށްގެން ހުއްޓުވިދާނެ ކަމަށް.

    6
    1
  13. ބަރަކް އޮބާމާ

    ބަލަ ޓްރަމްޕު ހަތިޔާރުތަ ބޭނުން ކުރަންވީ؟ ތިކަހަލަ މޮޔައިން ރައީސުންނަށް ތިބޭތަ؟

    11
  14. Anonymous

    ޔާﷲ އެމެރިކާ ފުނޑުފުނޑު ކޮއްދެއްވަފއިފާދޭވެ. އާމީން.

    2
    1
  15. ހެޔޮއެދޭ

    އެއްވެސް ޙާލެއްގައި އެއްވެސްޤައުމަކަށް ދެރްގޮތެއވާން ބަދު ދުޢާކޮށްގެންނުވާނެ. އެއީ އެތާވެސް މުސްލިމުންނާ އަނިޔާވެރި ޢަމަލުތައް ނުހިނގާ ހެޔޮލަފާމީހުން ދިރިއުލޭނެ. އެންމެ އިންސާފުވެރި ފަރާތަކީ ﷲ ތަޢާލާ. އެކަލާނގެ ޤުދުރަތުން ނިންމަވާ ނިޔާއެއް ބަދަލުކުރެވޭނެ އެއްވެސް އެހެންބާރެއް ނުވާނެ.

    1
    1