އިންޑިއާގެ ދެމިލިއަނެއްހާ މުސްލިމުންނާއި ބުދިސްޓުންގެ ރަށްވެހިކަން އެޤައުމުން އަތުލައިފިއެވެ.

އިންޑިއާއިން އެމީހުންގެ ރަށްވެހިކަން އަތުލާފައި ވަނީ، އެޤައުމުގެ މުސްލިމުންގެ އާބާދީ މަދުކުރަން ހިންގާ އެޖެންޑާއެއްގެ ދަށުންނެވެ.

އިންޑިއާގެ ދެމިލިއަނެއްހާ މީހުންގެ ރަށްވެހިކަން އަތުލުމަށް ނިންމުމާއެކު، އެފަރާތްތަކަށް ވަނީ އެއީ އިންޑިއާގެ ރައްޔިތުންކަން ސާބިތުކޮށްދިނުމަށް ތިން މަސް ދުވަހުގެ މުހުލަތެއް ދީފައެވެ. މި މުއްދަތުގެ ތެރޭގައި އެކަން ސާބިތުކޮށް ނުދެވިއްޖެނަމަ، ކުރިޔަށް އޮތް އިންތިޚާބުގައި އެމީހުންނަށް އިންޑިއާގައި ވޯޓުލިމުގެ ޙައްޤު ނުލިބޭނެއެވެ.

އަދި ހަމަ އެއާއެކު އެމީހުން ޖަލަށްލައި، ޤައުމުން ބޭރުކޮށްލުމުގެ މަސައްކަތް އެ ތިންމަސް ދުވަހަށް ފަހު ފެށުމަށް އިންޑިއާގެ ކަމާއި ބެހޭ ފަރާތްތަކުން ވަނީ ނިންމާފައެވެ.

ގިނަ އަދަދެއްގެ މުސްލިމުންނާއި ބުދިސްޓުންގެ ރަށްވެހިކަން އިންޑިއާ އިން އަތުލާފައިވާއިރު، އެޤައުމުގެ އައްސާމް ސްޓޭޓުން އެކަނިވެސް 1.9 މިލިއަން މީހުންގެ ރަށްވެހިކަލް އަތުލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ނިންމުމާއެކު 40 މީހަކު އަމިއްލައަށް މަރުވެފައިވާ ކަމުގެ ޚަބަރު ވަނީ ފެތުރިފައެވެ.

މި ނިންމުމާއި ގުޅިގެން އައްސާމް ސްޓޭޓުގައި އަލުން މީހުން ރަޖިސްޓްރީ ކުރަމުން ދިޔަނަމަވެސް، އެ ޕްރޮގްރާމް މުޅި އިންޑިއާއަށް ފުޅާކުރުމަށް ދަނީ ތައްޔާރުވަމުންނެވެ. އައްސާމް ސްޓޭޓަކީ އިންޑިއާގެ މުސްލިމުން ގިނަ ސްޓޭޓެކެވެ.

އިންޑިއާގެ ގިނަ އަދަދެއްގެ މުސްލިމުންގެ ރަށްވެހިކަން އަތުލަން އެޤައުމުން ނިންމާފައިވާއިރު، މީގެ ކުރިން އިންޑިއާ އިން ވަނީ އެޤައުމުގެ ކަޝްމީރު ފަޅިއަށް ދީފައިވާ އިމްތިޔާޒުތައް އުވާލައި، ކަޝްމީރު ބަންދުކޮށްފައެވެ. މި ފަޅިއަކީ އެޤައުމުގައި މުސްލިމުންގެ މެޖޯރިޓީ އޮންނަ ހަމަ އެކަނި ސަރަޙައްދުކަން ފާހަގަކޮށްލެވެއެވެ. އިންޑިއާގެ މުސްލިމުންގެ އާބާދީއަކީ 170 މިލިއަން އެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އިބޫ ބެ

    ތީ މިލާދީނީ އެމްޑީޕީ ސަރު ކާރުު ސަޕޯޓުކުރާކަމެއް. މިހާރުވެސްް އެއުޅެނީ ހިންދީ ދީންފަތުރާ ފޮތްތަކެއްފެނިގެންް . އެއީވެސް މިސަރުކާރު އަޑީގަ އޮވެގެން ކުރިކަމެއް. މިފަސްއަހަރު މިގައުމުން މިސަރުކާރުން ލާދީނީ ހުރިހާ ކަމެއް ކުރުވާނެ އަޑީގައޮވެގެން ދެންތިބޭ ބަލަން. ތިމެމްޑީޕީ ވެރިކަމައް ގެންނަން ވޯޓުދިން މީހުން ދެންތި ބޭ ބޮއެގެން

    52
    5
  2. ކެކެކެ

    ތިހުރިހާ މުސްލިމުން މިގައުމަށް އައިސް އެންމެންވެގެން ލާދީނީ ސަރުކާރު ބަންޑުން ޖަހާލާ، އިސްލާމްދީން ދޫކޮށްލައިގެންތިބި އެންމެން ދިވެހި ރައްޔިތުކަމުން ކަނޑާ އިންޑިއާއަށް ޑީޕޯޓް ކޮށްލަންވީ. ސަޅިއެއް ނޫންތަ؟

    54
    3
  3. ޢަފީފް

    ޝާހިދޫ އަތްޖަހާ މަރުހަބާކިޔާ

    45
    2
    • ޙަސަންބެ

      ޝާހިދު ކައިރީ ބުނޭ ތިކަމަށް އިންޑިޔާއަށް ތާއީދުކޮށް ޓްވީޓެއްކޮށްލާށޭ

      11
  4. ހުސެން

    އަނިޔާވެރިކަން އިންތިހާ އަށް އެކަމަކު ރާއްޖެ ބޮޑުވަޒީރު އާއި ރައީސް އާއި ޙާރިޖީ ވަޒީރު އާއި އެއްކަލަ އަނިޔާވެރިކަމާއި ދެކޮޅަށް އައި ޕާޓީ މިއޮތީ ނިދާފަ ގުގުރި ދަމާލާ ދަމާލާ

    46
    3
  5. މޯދީގެ ބަފާ

    މުސްލިމުންގެ އަތުން ރަށްވެހިކަން އަތުލެވިދާނެ އެކަމަކު އިސްލާމްދީނަކާ ނުކުޅެވޭނެ. އިސްލާމްދީން ގަބޫލުކުރާ މީހުންގެ އަދަދު އިތުރުވަމުން ދާތީ މިމީހުން ނިކަން ބިރުގަނޭ.

    52
    1
  6. ޢަންކި

    މިގައުމުގައ ތިބި އިންޑިއާ ގެޖަނަވާރު ސިފައިން މި ގައުމުން ބޭލުމައް ގޮވާލަން. ޢިންޑިއާ ސިފައންރާއްޖޭގައި ތިބުމާދެކޮޅައް މަގުތަކައް ނިކުމެ މަގުތައް ފުރާލަންހިނގާ

    56
    1
    • މޮޔައެނޮނިމަސް

      އެކަކު ވެސް ނުދާނަން.އަހަރެން މިހާރުވެސް މި ދަނީ އިނޑިޔާ އަށް ދާން

      1
      21
      • ހަލާކުހުރި

        ކަލެއަށް ހަލާކުހުރި މޮޔައެނޮނިމަސް! ފިތުނަ އުފައްދާވަރު ބަލާބަ. ކަލޭތީ މުސްލިމެއްތަ ތިވައްތަރުގެ ކޮމެންޓްތައް ކުރަން؟

        8
        1
  7. ދަންސޫރަ

    އެންމެފުރަތަމަ މަރުހަބާ ކިޔާނީ މިސަރުކާރުން ކަން ޔަގީން

    40
    1