އެންމެ ނުރައްކާތެރި ސްޓޭޖްގެ ތޫފާނެއް ކަމުގައިވާ ޑޯރިއަން ބަހާމާސް އަށް އަރައި ބޮޑެތި ގެއްލުންތަކެއް ވަމުން އެބަދެއެވެ.

ބަހާމާސްގެ އަބަކޮން އައިލޭންޑްސް އަށް މި ތޫފާނު އަރައި، އެ ގައުމުގެ އެހެން ހިސާބުތަކަށް މިސްރާބު ޖަހާފައި ވާއިރު މިއީ 1851 އަހަރު ފަހުން އެ ގައުމަށް އަރާ އެންމެ ބާރުގަދަ ތޫފާނެވެ. 1851ވަނަ އަހަރު އެ ގައުމަށް ސްޓޭޖް 5ގެ ތޫފާނެއް އެރި ފަހުން މިވަރުގެ ބާރުގަދަ ތޫފާނެއް އަރާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

ޑޯރިއަން އިން ރައްކާތެރި ވުމުގެ ގޮތުން ބަހާމާސްގައި މީހަކު އޭނާ ދިރިއުޅޭ ގޭގެ ދޮރު ރަނގަޅަށް ބަންދު ކުރަނީ

ގަޑިއަކު 185 މޭލު ބާރުމިނުގައި ސްޓޭޖް 5ގެ މި ތޫފާނު ބަހާމާސް އަށް އަރާފައި ވާއިރު ސްޓޭޖް 5ކީ އެންމެ ނުރައްކާތެރި ސްޓޭޖެވެ. މީގެ ކުރިން 185މޭލަށް ވުރެ ބާރުގަދަ ތޫފާނެއް އެޓްލާންޓިކް ކަނޑުގައި އުފެދިފައި ވަނީ އެންމެ ފަހަރަކު ކަމުގައި ވާއިރު، މިއީ މިފަހުގެ ތާރީހެއްގައި ދުނިޔެ ދެކޭ އެންމެ ބާރުގަދަ އެއް ތޫފާނެވެ. މިވަގުތު 185 މޭލަށް ބަހާމާސްގައި ވައި ގަދަވި ނަމަވެސް،އެ ގައުމުގައި ކުރިއަށް އޮތްތާނގައި 225 މޭލަށް ވައި ގަދަވާނޭ ކަމަށް ވަނީ ބެލެވިފައެވެ.

ބަހާމާސް އަށް މި ތޫފާނުގެ އަސަރު މެދުނުކެނޑި އެންމެ މަދުވެގެން 24 ގަޑިއިރަށް ކުރާނެ އިރު، މި ތޫފާނުގެ ސަބަބުން ގެދޮރަށާއި މީހުންގެ ފުރާނަ އަށް ނުރައްކާވާނެ ކަމަށްވެސް މޫސުމާއި ބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ. އެ ގައުމަށް ލިބެމުންދާ ގެއްލުމުގެ ތަފްސީލް އަދި ލިބިފައި ނުވި ނަމަވެސް، ރިޕޯޓްތައް ބުނާ ގޮތުން ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.

ޑޯރިއަން އާއި އެކު ބަހާމާސްގައި ގަދަ ވިއްސާރަ އާއި ވައި ވަނީ އާދަޔާ ހިލާފަށް ގަދަ ވެފައި

ބަހާމާސް އަށް ފަހު ޑޯރިއަން މިސްރާބު ޖަހާނީ އެމެރިކާގެ ފްލޮރިޑާ އާއި ދިމާލަށެވެ. މި ތޫފާނުން ރައްކާތެރި ވުމުގެ ގޮތުން މުޅި ފްލޮރިޑާ އެމެޖެންސީ ހާލަތަށް ގެނެސްފައި ވާއިރު، ބައެއް ހިސާބުތަކުން މީހުން ހުސްކުރުން ވަނީ މަޖުބޫރުވެސް ކޮށްފައެވެ. އަދި މި ތޫފާނުން ގެއްލުންވާ މީހުންނަށް ކާނާ އާއި ކޭމްޕްތައް ތައްޔާރު ކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ދާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢާދަނުބެ

    ކޮބާތަ މޫސުމްހިމާޔައްކުރަންއުޅޭބައިގަނޑުވާކަމެތްހަމަނޯވެޔޭނުންﷲކޯފާއަކުންސަލާމަތެއްނުވެވޭނެކިތައްމެވަރަކަށްމެޑެލްޖަހަންއުޅުނަސް

    11
    2
  2. ދިވެހިމީހާ

    ޓުރަންޕު ތޫފާނައްހަމަލަނުދޭތަ.މޮޔަކާފިރު

    17
    1