ތިން ކިލޯ އާއި ގާތް ކުރާ އަދަދަކަށް ޕާޓީ ޑްރަގްސް އާއެކު އަންހެނަކު ދިއްލީ އެއާޕޯޓުން ހައްޔަރުކޮށްފިއެވެ.

މި ހަފްތާ ތެރޭގައި ދިއްލީ އެއާޕޯޓުން ހައްޔަރުކޮށްފައި ވަނީ އެފްރިކާ އަންހެނެކެވެ. އޭނާ މަސައްކަތްކޮށްފައި ވަނީ ދިއްލީ އިން ފިލިޕީންސްގެ މަނިލާއަށް އެ ޑްރަގްސްތައް އެތެރެ ކުރާށެވެ. އެހެން ނަމަވެސް އެއާޕޯޓްގެ ސެކިޔުރިޓީ އޮފިސަރުން ވަނީ އެ އަންހެން މީހާ ހައްޔަރުކޮށްފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މިދިޔަ ހޯމަ ދުވަހު އިންޑިއާގެ ސެންޓްރަލް އިންޑަސްޓްރިއަލް ސެކިޔުރިޓީ ފޯސްއަށް ނަރްކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން ވަނީ އަންހެނަކު މަސްތުވާތަކެތި ގެންދަން އުޅޭކަމަށް މައުލޫމާތު ދީފައެވެ. އެގޮތަށް މައުލޫމާތު ދިން ދުވަހުގެ އިރުއޮއްސެން ކައިރިވެފައި ވަނިކޮށް ބެޓީ ރޭމް ނަމަކަށް ކިޔާ އެ އަންހެން މީހާ ޑިޕާޗާ ޓާމިނަލްއިން ހުއްޓުވާ އޭނާ ވަނީ ހައްޔަރުކޮށްފައެވެ.

އެމީހާ ދިޔައީ 8:30 ހާއިރު، ފުރަން އޮތް ގޯ ފްލައިޓްގައި މަނިއްލާއަށް ދިޔުމަށެވެ.

އެއާޕޯޓުން އޭނާ ހިފަހައްޓާ އޭނާ ގެންގުޅުނު ބެގޭޖް ވަނީ އެކްސް ބިސް މެޝިނުން ޗެކް ކޮށްފައެވެ. އޮފިޝަަލުންނަށް ވަނީ އޭނާގެ ދަބަހުން ވަރަށް ރަނގަޅަށް ޕެކްކޮށްފައި ހުރި އެއްޗެއް ފެނިފައެވެ. އޮފިޝަލުން އެއީ ކޯން އެއްޗެތޯ ބެލުމަށް ވަނީ ދަބަސް ހުޅުވާފައެވެ. އެ ބެލި ބެލުމުން އޭނާގެ ދަބަހުން ވަނީ 3 ކިލޯ ގްރާމްއާ ގާތް ކުރާ އަދަދަކަށް ޕާޓީ ޑްރަގް ފެނިފައެވެ. އޭގެ އަގު 35574000.00 ރުފިޔާއަށް އަރާނެ ކަމަށް ވެއެވެ.

މިހާރު އޭނާ ވަނީ ނަރްކޮޓިކްސް ކޮންޓްރޯލް ބިއުރޯ އާ ހަވާލުކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ގަންގޫލީޔާނު

  ޥަގު ނޫހުގެ އެޑިޓަރ ޒިންމާ ނަގަން ޖެހޭނެ

  • އިންމަބެ

   ތިކަހަލަ ގަމާރުން ކޮމެންޓު ނުކުރިއްޔާ ރަންގަޅުވާނީ

  • Anonymous

   ޜަގަލޮ