ދަރިފު އެހެން ކުއްޖަކާ ގަނާ (ބްލީކުރުން) ކޮށްފިނަމަ މައިންބަފައިން ޖަލަށް ދާން ޖެހޭ ޤާނޫނަކަށް އެމެރިކާގެ ނިޔުޔޯކްގައި އަމަލު ކުރަން ފަށައިފިއެވެ.

ޤާނޫނު ބުނާ ގޮތުން ކުއްޖަކު މަހެއްގެ ތެރޭގައި ދެ ފަހަރަށް އެހެން ކުއްޖަކަށް ގަނާކޮށްފިނަމަ އެ ކުއްޖާގެ މައިންބަފައިން 250 ޑޮލަރުން ޖޫރިމަނާ ކުރުމަށް ފަހު 15 ދުވަހަށް ޖަލަށް ލެވޭނެއެވެ.

މިފަދަ ގާނޫނެއް ހަދާފައިވަނީ ގަނާކުރުން އެ ސިޓީގައި ގިނަވެފައިވާތީ ކަމަށް އެ ސިޓީގެ މޭޔަރާއި ހަވާލާދީ މީޑިއާ ރިޕޯޓްތަށް ބުނެއެވެ. އަދި ހާއްސަކޮށް ސްކޫލުތެރޭގައްޔާއި މަގުމަތީގައި ގަނާ ކުރުމުން ގަނާ ކުރެވޭ ކުއްޖާއަށް އެކަމުގެ ނޭދެވޭ އަސަރު އެތަކެއް ގޮތަކުން ކުރާ ކަމަށްވެސް މޭޔަރ ވަނީ ބުނެފައެެވެ.

"މި ގާނޫނުގެ ސަަބަބުން ގަނާ ކުރާ ކުދިން ވަރަށް މަދުވެގެން ދާނެ. ގަނާ ކުރުމަކީ ކުއްޖާ ފުރާވަރަށް އަރައިގެން އަންނަ އިރު ވަރަށް ގިނައިން ކުރިމަތިވާ ކަމެއް. އަދި އެއީ އެކަމެއްގެ ސަބަބުން ކުއްޖާގެ މުސްތަގުބަލަށް ހުރަސް އެޅޭ ކަމެއް" މޭޔަރު ބުނެފައިވެއެވެ.

އެފަދަ ގާނޫނެއްގެ ސަބަބުން ގަނާ ކުރާ ކުދިން މަދުވެގެންދާނެ ކަމަށާއި ގަނާކުރުމަށް ހިތްވަރުދޭ މީހުންވެސް މަދުވެގެންދާނެ ކަމަށް މޭޔަރ ވަނީ ބުނެފައެވެ.

ދަރިފުޅު ގަނާކުރަނީ ނަމަ މައިންބަފައިން ޖޫރިމަނާކުރުމާއި އެކު ޖަލަށް ލެވޭ ގާނޫނެއް ހަދާފައިވާއިރު އެ ގާނޫނަށް އަދި ރަސްމީ ސިފައެއްގައި އަމަލުކުރަން ފަށާފައެއް ނުވެއެވެ.