މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރުސީގެ ދަރިކަލުން އަބްދުﷲ މުރްސީ ކުއްލި ގޮތަކަށް އަވަހާރަ ވެއްޖެ އެވެ.
އަބްދުﷲ މުރުސީ އަކީ މިސްރުގައި ފުރަތަމަ ބޭއްވުނު މިނިވަން އިންސާފްވެރި އިންތިހާބު ކާމިޔާބު ކުރެއްވި މުރުސީގެ އެންމެ ހަގު ދަރިކަލުން ނެވެ.
އުމުރުފުޅުން 20 އަހަރުގައި އަބްދުﷲ މުރުސީ އަވަހާރަ ވެފައި ވަނީ ރައްޓެއްސަކާއެކު ކާރު ދުއްވުން ނިކުމެ ވަޑައިގެން އުޅުއްވަނިކޮށް ހިތްހުއްޓި ގެންނެވެ.
އަބްދުﷲ ފާހަގަ ވެގެން ގޮސްފައިވަނީ ބައްޕާފުޅު މުރުސީ އަވަހާރަ ވުމުން އާއިލާގެ ތަރުޖަމާނެެއްގެ ގޮތުގައި އެވެ.
އަބްދުﷲ ކުރިން ތުހުމަތު ކުރައްވާފައިވާ ގޮތުގައި މިސްރުގެ ސަރުކާރުން ބައްޕާފުޅު އަވަހާރަކޮށްލީ އެވެ. މިސްރުގެ ކުރީގެ ރައީސް މުރުސީ އަވަހާރަ ކޮށްލުމުގައި ބައިވެރިވި މީހުންގެ ލިސްޓެއް ވެސް އަބްދުﷲ އާންމު ކުރެއްވި އެވެ.
މިސްރުގެ ކުރީގެ ރައީސް މުރުސީ އަވަހާރަ ވެފައި ވަނީ ޖޫން މަހުގެ 17 ވަނަ ދުވަހު ކޯޓު ތެރެއަށް ވެއްޓި ވަޑައިގެން ނެވެ.
މުރުސީގެ ވެރިކަން އެ ގައުމުގެ އަސްކަރިއްޔާ އިން ބަޣާވާތަކުން ވައްޓާލާ މުރުސީ ހައްޔަރު ކުރީ އަވަހާރަ ވުމުގެ ހަ އަހަރު ކުރިން ނެވެ. މުރުސީ ހައްޔަރު ކުރުމަށްފަހު ދޮގު ތުހުމަތުތަކެއް ކޮށް އެތައް މައްސަލައެއްގައި ދައުވާ ކޮށް ހުކުމް ކޮށްފައިވެ އެވެ.
އަބްދުﷲ އަވަހާރަވިކަން އާއިލާ އިން ކަށަވަރުކޮށްދިން ނަމަވެސް އިތުރު އެއްވެސް ވާހަކައެއް އަދި އެއާއިލާ އިން ދައްކާފައެއް ނުވެއެވެ.
އަބްދުﷲ އަވަހާރަވުމާއި ގުޅޭ ގޮތުން އަދި މިހާތަނަށް މިސްރު ސަރުކާރުން ވެސް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
إنّالله وإنّاإليه راجعون. اللّهمّ اغفرله وارحمه.
ކޮބާ އެމެރިކާ، އެއްކަލަ އީޔޫ، ހިއުމަން ރައިޓްސް ތަކުގެ ޖަމާޢަތްތައް؟
މިހާރު ހިޔުމަން ރައިޓްސް ވޮޗްގެ ކަށިތައް ނުވެސް ހިނގާދޯ... އިސްލާމްދީނާ ގެޅިގަންނަން ވެއްޖިއްޔާ ވަރަށް ފޯރި ހުރޭ މި ހައިވާނުތައް
إنّالله وإنّاإليه راجعون. اللّهمّ اغفرله وارحمه.
نّالله وإنّاإليه راجعون. اللّهمّ اغفرله وارحمه.
11
ތިވާނީ ވިހަކާންދިނީކަމަ
ރަނގަޅު
ވިހަ ދީގެން މަރާލީ ކަމަށް ވާނީ، ރާއްޖޭގައިވެސް އަފްރާޝީމްގެ މަރާލި ދުވަސްކޮޅު ތި ޒާތުގެ މަރުތަކެއް އެއްދުވަސްވަރެއްގައި ގިނަވި، ގުޅުން ހުރިކަމެއް ނޫންކަމެއް ނޭންގެ