އިސްރާއީލުގެ އުދުވާނީ ސިފައިން ފަލަސްތީނުގެ ޒުވާނެއްގެ މެޔަށް ބަޑިޖަހައި ޝަހީދު ކޮށްލައިފިއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ، ސިފައިން ބަޑިޖެހުމުގެ ޝަހީދުވެފައިވަނީ އުމުރުން 25 އަހަރުގެ ޒުވާނެއް ކަމަށްވާ އަހްމަދު އަރަފާ ކަމަށެވެ.

މިހާރު ކުރިއަށްދާ މުޒާހަރާގައި ހިނގި ކުރިމަތިލުންތަކުގެ ތެރޭގައި އިސްރާއީލު ސިފައިން ޖެހި ބަޑީގެ ވަޒަން އަރާފައިވަނީ އަފަރާގެ މެޔަށް ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.

ް މިދިޔަ ހުކުރުދުވަހު ފެށި މުޒާހަރާގެ ތެރެއަށް އިސްރާއީލުގެ އުދުވާނީ ބާރުތަކުން ބަޑިޖަހައި ފަލަސްތީނުގެ 17 މީހުން ޝަހީދުކޮށް އިތުރު އެތައްސަތޭކަ ބަޔަކު ޒަހަމު ކޮށްލާފައިވެއެވެ. މިއާއެކު ފަލަސްތީނުގެ ރައްޔިތުން ކުރާ މުޒާހަރާގައި ޝަހީދުވި މީހުންގެ އަދަދު 18 އަށް ވަނީ އަރާފައެވެ.

އެތައް ބަޔަކު މަރުވެ ޒަހަމްވަމުން ދަނީ އިސްރާއީލުން މުޒާހަރާގެ ބައިވެރިންނާއި ކުރިމަތިލުމަށް ބަރު ހަތިޔާރާއި ޓޭންކަރު ނެރެ ހަމަލާ ދެމުންދާތީއެވެ. އިސްރާއީލުގެ ސިފައިންދަނީ ލައިވް ވަޒަން މުޒާހަރާގެ ބައިވެރިނާ ދެކޮޅަށް ބޭނުން ކުރަމުންނެވެ.

" ދަ ގްރޭޓް ރިޓާން " ގެ ނަމުގައި ފެށި މި މުޒާހަރާތަށް ހަ ހަފްތާއަށް ދިގުލައިގެން ދާއިރު މި މުޒާހަރާ ތަކުގައި މިދިޔަ ހުކުރު ދުވަހު ވަނީ 100,000 ފަލަސްތީނުގެ ރައްޔިތުން ބައިވެރިވެފައެވެ.

މުޒާހަރާގައި ބައިވެރިވި ފަރާތްތަކުން ވަނީ ފަލަސްތީނުގެ ރައްޔިތުން ދަނީ ފޭރިގެންފައިވާ ބިންތަށް އަނބުރާ ފަލަސްތީނަށް ދިނުމަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖިންނި

    އިސްރާއީލުން އެކަނި ކުރާކަންތައްތަކެއްނޫން ތީކީ ތި ކަމުގަ އެންމެ އިސްކަމެއް ދެނީ ވަށައިގެން ތިބި ޢަރަބި މުނާފިޤު ވެރިން ޚާއްޞަކޮށް ސަޢޫދީ ، މިޞްރު

  2. މުއުމިން

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ