ޒިމްބާބްވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭ އަވަހާރަވެއްޖެއެވެ.

އުމުރުފުޅުން 95 އަހަރުގައި މުގާބޭ އަވަހާރަވީ ސިންގަޕްރޫގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ގެންދަނިކޮށެވެ.

ގާތްގަނޑަކަށް 40 އަހަރު ވަންދެން ޒިމްބާބްވޭގެ ވެރިކަން ކުރެއްވި މުގާބޭ އެގައުމުގެ ވެރިކަމުން ދުރުކުރީ 2017 ވަނަ އަހަރުގެ ނޮވެމްބަރ މަހު ސިފައިން ނިކުމެއެވެ. ސިފައިން ނިކުމެ ވެރިކަން ދިފާޢު ނުކުރާނެކަން އިއުލާން ކުރުމުން މުގާބޭ އަމިއްލަފުޅަށް ވެރިކަމުން އިސްތިއުފާ ދެއްވީއެވެ.

ޒިމްބާބްވޭގެ ވެރިކަމަށް މުގާބޭ ވަޑައިގެންނެވިއިރު އެއީ އެގައުމަށް މިނިވަންކަން ގެނެސް ދެއްވުމުގައި އެންމެ ބުރަކޮށް މަސައްކަތް ކުރައްވާ، މުޅި ގައުމުގެ ލޯބި ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ނަމަވެސް ވެރިކަމުގެ ފަހުކޮޅު މުގާބޭ އަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވިއެވެ.

ގައުމުގެ އިޤުތިޞާދު ދަށަށް ގޮސް ފަގީރުކަން އިތުރު ވެގެން ދިޔައެވެ. އެންމެ ފަހުން މުގާބޭ އަށް ވެރިކަން ގެއްލިވަޑައިގެންނެވީ އަނބިކަނބަލުން ގްރާސް އަށް ވެރިކަން ހޯއްދަވައި ދެއްވަން ވެގެން އެންމެ އަރިހުގައި ހުންނެވި ޒިމްބާބްވޭގެ މިހާރުގެ ރައީސް މަންގަގްވާ މަގާމުން ދުރުކުރުމުންނެވެ.

މުގާބޭ މިއަދު އަވަހާރަވިއިރު ވަރަށް ބޮޑަށް ސިއްހީ ހާލަތު ދެރަވެ، ހިނގައިބިނގައިވެ ނޫޅެވޭވަރު ވެފައިވާތާ ވެސް އަހަރެއްހާ ދުވަސް ވެއްޖެއެވެ.

ބައި މަދު ދޮން މީހުންގެ ޙައްޤުތައް ހޯއްދަވައި ދެއްވަން މުގާބޭ ފެއްޓެވި މަސައްކަތުގައި ދިހަ އަހަރު ދުވަހުގެ ޖަލު ޙުކުމެއް ވެސް ތަންފީޒު ކުރައްވަން ޖެހިވަޑައިގެންނެވިއެވެ. ޖަލު ޙުކުމުން ސަލާމަތްވެ ވަޑައިގެން ސިޔާސީ މަސައްކަތައް ވަރުގަދަ ކުރައްވާ 1980 ވަނަ އަހަރު ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވިއެވެ.

ވެރިކަމުގައި ހުންނެވިއިރު މުގާބޭގޭ ކޮރަޕްޝަންގެ އެތައް މައްސަލައަކާއި، ލާއިންސާނީ އަނިޔާ އިދިކޮޅު ފަރާތްތަކަށް ދިން ކަމުގެ އެތައް ތުހުމަތެއް ކުރެވުނު ނަމަވެސް ވެރިކަމުން ދުރުކުރެވުނު ފަހުން ވެސް މުގާބޭގެ މައްސަލަތައް ބެލިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    އަހަރެމެންގެ މުގާބޭ އިރާދަކުރެއްވިއްޔާ އަދި ދުނިޔޭގައި އެބަހުރި! މިހާރު މި ބަލަނީ އެންމެ އަވަހަށް ބޮޑުކޭތައެއް ހިފާނެ ދުވަހަކަށް!

    12
    5
    • މޯދީ

      އުމުރުގެ އެއްމެ ފަހު ބުރުގައި، ގުޅިގެން މިހާރު އެއުޅޭނީ މިގައުމުގެ ހަލާކު ޕާޓީއާ!

      8
      4
  2. ާައަސްލަމް

    މުގާބޭ މަރެއްނުވެ

    6
    1
  3. ާައަސްލަމް

    މުގާބެ މަރެއްނުވެ މިހިރީ ރާއްޖޭގަ ކެނެރީ ވަގު