އިރާގާއި ސީރިޔާގައި ހަރަކާތްތެރިވާ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި ޖަމާޢަތް، އިސްލާމިކް ސްޓޭޓްސް (އައިސިސް)ގެ ލީޑަރު އަބޫބަކުރު އަލް ބަޣްދާދީއަށް ވޭންދެނިވި ހާލަތެއް މެދުވެރިވެ ބަލި އެނދުގައި އޮންނަތާ ދުވަސްތަކެއް ވެފައިވާ ކަމަށް، އޭނާގެ ގާތް މީހަކު އިރާގުގެ ޖުޑީޝަލް ކައުންސިލަށް ދީފައިވާ މައުލޫމާތުން ހާމަވެއްޖެއެވެ.

އިރާގުގެ ޖުޑީޝަލް ކައުންސިލްގެ ބަޔާނަކާއި ހަވާލާދީ އެޤައުމުގެ ނޫސް އިދާރާއަކުން ބުނެފައި ވަނީ، އެ މަޢުލޫމާތު ކައުންސިލާއި ޙިއްސާކޮށްފައި ވަނީ، އިރާގުގައި ހައްޔަރުކޮށްފައިވާ ބަޣްދާދީގެ އާއިލީ މީހެއް ކަމަށެވެ. ރަބާހް އަލީ އިބްރާހީމް އަލް ބަދްރީ ނަމަކަށްކިޔާ އެމީހާ އަކީ، އިސްލާމިކް ސްޓޭޓްސް އުފެދުމުގެ ކުރިން މީގެ އަހަރުތަކެއް ކުރިން އިރާގުގައި ބަޣްދާދީއާއެކު ކިޔަވަން އުޅުނު މީހެކެވެ.

އޭނާ ދީފައިވާ ބަޔާނާއި ހަވާލާދީ އިރާގުގެ ނޫސް އިދާރާ އިން ބުނެފައިވަނީ، ބަޣްދާދީ އާއި އޭނާ އާއި އެންމެ ފަހުން ދިމާވެފައި ވަނީ ސީރިޔާގެ އަލް ޝަފަކަﷲ ނަމަކަށްކިޔާ އަވަށަކުންނެވެ. އެ އަވަށަކި ބަޣްދާދީ ދިރިއުޅޭ އަވަށް ކަމަށާއި، އޭނާ ދިރިއުޅެމުން ދަނީ އެ އަވަށުގައި ހުންނަ އާދައިގެ ގެއެއްގައި ކަމަށް ބަދްރީ ބުނެފައި ވެއެވެ. އެދުވަހު ދިމާވެގެން، ސީރިޔާގައި ހިނގަމުންދާ ހަމަނުޖެހުން ތަކާއި ބެހޭ ވާހަކަތައް އޭނާއާއި ދެކެވުނު ކަމަށް ބަރްދީ ބުނެފައި ވެއެވެ. ނަމަވެސް އެ ވާހަކަތަކާއި ގުޅިގެން، ވަކި ހަލީފަތެއް އުފައްދާފައި ނުވާނެ ކަމަށް ބުނެ، އައިސިސް ހިން ހިންގަމުންދާ ކަންކަމަކީ އޭނާ ހިންގާ ކަންކަމެއް ނޫން ކަމަށް ދޭހަވާފަދަ ގޮތަކަށް ބަޣްދާދީ ވާހަކަ ދައްކާފައި ވާކަމަށް ބަދްރީ ވަނީ ބުނެފައެވެ.

ބަދްރީ ބުނެފައިވާގޮތުގައި، ބަޣްދާދީ އާއި ދިމާވިއިރު އޭނާ އުޅެނީ ބަލި ހާލަތެއް ދިމާވެގެންކަން އެނގިފައިވާ ކަމަށެވެ. އެގޮތުން އޭނާގެ މޫނުމަތިންވެސް އެކަން ފާހަގަކުރެވުނު ކަމަށާއި، ސީރިޔާގެ އަލް-ބުކަމާލްގައި ދާދިފަހުން ކުރި އޮޕަރޭޝަނަކަށްފަހު އެނާއަށް ވޭންދެނިވި ހާލަތެއް މެދުވެރިވެފައިވާ ކަމަށް ބަދްރީ ބުނެފައި ވެއެވެ. ބަދްރީ ބުނެފައިވާގޮތުގައި، އޮޕަރޭޝަން ކޮށްފައިވަނީ، ބަޣްދާދީގެ ވާއަތު ކަންފަތެވެ. ދިމާވި ސިއްޙީ ހާލަތެއްގެ ސަބަބުން ކުރި މި އޮޕަރޭޝަނަށްފަހުވެސް އޭނާގެ ހާލު ރަނގަޅު ނުވާކަމަށް ބަދްރީ ބުނެފައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި ބަޣްދާދީއަށް މި ހާލަތު މެދުވެރިވީ، އޭނާ ދިރިއުޅުނު ސަރަޙައްދަކަށް މީގެ ކުރިން ދިން ހަމަލާއެއްގައި އޭނާއަށް ލިބުނު އަނިޔާތަކެއްގެ ސަބަބުންނެވެ. އެ ހަމަލާގައި އޭނަ މަރުވެފައިވާ ކަމަށްވެސް ކުރިން ކަބަރު ފެތުރުނުއިރު، އޭގެ ފަސް އަހަރު ފަހުން އޭނާ ވަނީ ސަލާމަތުން ހުރިކަން ހާމަކުރުމަށް ވީޑިއޯއެއް ނެރެފައެވެ. އެ ވީޑިއޯ ނެރެފައި ވަނީ މިއަހަރުގެ ކުރީކޮޅެވެ. އެ ވީޑިއޯ އަކީ 2014 ވަނަ އަހަރަށްފަހު އޭނާ ވީޑިއޯއަކުން ފެނުނު ފުރަތަމަ ފަހަރުވެސް މެއެވެ.

ބަޣްދާދީ އަކީ ކުރިން އަލްޤައިދާ ޖަމާޢަތުގައި ހަރަކާތްތެރިވި އިސް މީހެކެވެ. އައިސިސް އުފެދިގެން އައީ އޭނާ އެޖަމާޢަތުން ވަކިވެ ވަކި ޖަމާޢަތެއް އުފަން ކުރަން ބޭނުންވުމުންނެވެ. އައިސިސްގެ ނަމުން ނަންދީ، ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ކަޅު ދިދައެއްގެ ދަށުން، މި ޖަމާޢަތް އުފެދުނުއިރުން ފަށައިގެން ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނިއްޔަތާއި ޚިލާފު އެތައް ޖަރީމާއެއް ހިންގައި، ހުއްޓުމެއް ނެތި ލޭ އޮހޮރުވަމުންނެވެ. މިހާތަނަށް މި ނިރުބަވެރި ޖަމާޢަތުން ކުރަމުން އައި ހަމަ އެކަނި މަސައްކަތަކީވެސް އެއީއެވެ.

ހައްދުފަހަނައަޅާފައިވާ އިސް ނިރުބަވެރިޔާ، ބަޣްދާދީ ހިންގާ މި ޖަމާޢަތުން ދީނުގެ ނަމުގައި ޖިހާދު ކުރުމަށް ކަމަށް ބުނެ އެތައް ބަޔަކަށް އަމިއްލައަށް މަރުވުމަށް ހިއްވަރުދީ، އަމިއްލަ ޖާނު ގޮއްވާލާ ހަމަލާތައް ދެމުން ގެންގޮސްފައިވާއިރު، މި ހަމަލާތަކުގައި ކުށެއްނެތް އެތައް ސަތޭކަ އާންމުން، ކުޑަކުދިން ހިމެނޭހެން މަރާލާފައި ވެއެވެ. މި ޖަމާއަތުން ދަނީ، ޖަމާއަތުން ހިފާފައިވާ ބިންތައް ފިޔަވައި ދެން ދުނިޔޭގައި ތިބީ ޝިރުކުގެ ބިން ކަމަށް ބުނެ ހަނގުރާމައަށް މީހުން ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ.

ސީރިޔާގައި ހަނގުރާމައަށް ދާ ގިނަ އަދަދެއްގެ މީހުން، ހަނގުރާމައިގެ މައިދާނަށް އެމީހުންގެ ދަރިން ޔަތީމު ހާލުގައި ދޫކޮށް ދާއިރު، އެފަދަ ގިނަ އަދަދެއްގެ ކުދިން ހާލުގައި ޖެހި އެ ބިރުވެރި މާހައުލުގައި އަނިޔާތަކާއި ކުރިމަތިލާން ޖެހިފައި ވެއެވެ. އަދި އެ ގައުމަށް ޖިހާދުގެ ނަމުގައިދާ އަންހެނުން ޖާރިޔާއިންގެ ގޮތުގައި ގަނެވިއްކައި، ރަހުމެއް ނެތި ގެންގުޅެމުންދާ ކަމަށްވެސް، އެކަން ތަޖުރިބާ ކުރަން ޖެހުނު މީހުން ބުނެފައި ވެއެވެ.

އޮޅުވާލައިގެން އިސްލާމިކް ސްޓޭޓްސް އާއި ގުޅުމަށް ޤައުމުތަކުން ސީރިޔާއަށް ގެންދާ މީހުން، އެ ޖަމާއަތުން ބާރު ފޯރުވާ ސަރަޙައްދުތަކަށް ވަދެވުމާއި އެކު ޕާސްޕޯޓާއި އެނޫންވެސް މުޙިންމު ލިޔެކިޔުންތައް އަތުލައި ނައްތާލާ ކަމަށް ވެއެވެ. އަދި އިންޒާރުދީ، ދެން އިތުރަށް އެބިމުން ފައިބައިގެން ދެވުނަ ނުދިނުމަށް ބިރުދައްކައި އަދަބު ދޭކަމަށް ވެއެވެ. މި ސަބަބަށްޓަކައި ގިނަ މީހުން ތިބީ، ޖެހިލުމެއް ނެތި މީހުން މަރަމުންދާ ހައްދުފަހަނައަޅާފައިވާ ނިރުބަވެރިންގެ އަތްދަށުން ސަލާމަތްވެ އެނބުރި ޤައުމަށް އަންނާނޭ މަގު ބަންދުވެފައެވެ.

ބަޣްދާދީ ހިންގާ އައިސިސްގެ އަނިޔާވެރިކަން ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާއިރު، ސީރިޔާގައި އުފެދުނު އެ ޖަމާޢަތުގެ ނުރައްކާ ދުނިޔޭގެ އެތައް ޤައުމަކަށް ދަނީ ފޯރަމުންނެވެ. މުސްލިމުންގެ ހައްޤުގައި ޖިހާދުކުރާ ކަމަށް ބުނެ ބަޣްދާދީއަށް ތަބާވާ މީހުން ޤައުމުތަކުގައި ހުއްޓުމެއް ނެތި އެތައް ލޭއޮހޮރުވުމެއް ހިންގަމުންދާއިރު، ފަލަސްތީނު ފަދަ ޤައުމުތަކުގައި އެތައް މުސްލިމުންނެއް ޔަހޫދީންގެ ވަކިތަކުގެ ދަށުވެ ކޮންމެ ދުވަހަކު ޝަހީދު ވަމުންދާތާ ވަނީ އެތައް ޒަމާނެއް ވެފައެވެ. ނަމަވެސް މިކަމާއި ބެހޭގޮތުން އެޖަމާޢަތުން މިހާތަނަށް ބަހެއް ނުބުނެވުނުއިރު، ފިޔަވަޅެއްވެސް އެޅިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. އަހްމަދު

    އަވަސްޝިފާއެއް ދެއްވާށި

    46
    139
  2. އާދަނު

    މިކަހަލަ ނުބާއި މީހުންގެ ނިމުން ވަރަށް ހިތި ވާނެ

    116
    36
  3. ވާނުވާ

    އޮޅުވާލައިގެން އިސްލާމިކް ސްޓޭޓްސް އާއި ގުޅުމަށް ޤައުމުތަކުން ސީރިޔާއަށް ގެންދާ މީހުން، އެ ޖަމާއަތުން ބާރު ފޯރުވާ ސަރަޙައްދުތަކަށް ވަދެވުމާއި އެކު ޕާސްޕޯޓާއި އެނޫންވެސް މުޙިންމު ލިޔެކިޔުންތައް އަތުލައި ނައްތާލާ ކަމަށް ވެއެވެ. އަދި އިންޒާރުދީ، ދެން އިތުރަށް އެބިމުން ފައިބައިގެން ދެވުނަ ނުދިނުމަށް ބިރުދައްކައި އަދަބު ދޭކަމަށް ވެއެވެ. މި ސަބަބަށްޓަކައި ގިނަ މީހުން ތިބީ، ޖެހިލުމެއް ނެތި މީހުން މަރަމުންދާ ހައްދުފަހަނައަޅާފައިވާ ނިރުބަވެރިންގެ އަތްދަށުން ސަލާމަތްވެ އެނބުރި ޤައުމަށް އަންނާނޭ މަގު ބަންދުވެފައެ
    މީ ކަޑަ އެޅިގެން ދޮގު ހަބަރެއް. ޕާސްޕޯޓް އަތެއް ނުލާ ބޭނުން ބަޔަކު އެމީހުންގެ ގައުމަށް އަބުރާ ދާން ވެސް ދެވޭ. ކާފަރު މީޑިޔާ ތަކުން ގެނެސްދޭ ދޮގު ހަބަރު ތިއަކީ. ކިތަންމެ ބަޔަކު އަބުރާ ގައުމަށް ގޮސްފި އެމީހުންނަކަށް އަދަބެއް ނުދޭ. ލައްކަ ވާހަކަ މީ

    31
    97
    • ހަސަން

      ދީނޭކިޔައިގެން އުޅޭ ދައްޖާލު ގުރޫޕެއްމީ

      95
      25
    • ތެދު

      ތިއަކީ ހަމަ ތެދު ވާހަކަ އެއް. އެކަން ތަޖުރިބާ ކުރި މީހުންގެ ވާހަކަ ތަކުން އިގެނީ ތި ދައްކާ ވާހަކަ އާ އައިއެސް މީހުން އަމަލު ކުރާ ގޮތް އުޑާ ބިމާ ހާ ތަފާތު ކަން. ތިކަން ތަޖުރިބާ ކުރި މީހުންގެ ވާހަކަ އަޑު އަހާފަ މިހެން މިބުނީ

      62
      10
    • ދޮގު ..ހަދަނީ ..ތިބޭފުޅާ

      އައިސިސް..ގެ ނުބައި..ނުލަފާ ..ބައިގަނޑު އެމީހުންނާ ގުޅޭ މީހުންގެ ..ޕާސްޕޯރޓް.. ފަދަ..މުހިންމު .ލިއުންތައް.. ނައްތާލާ.. ވާހަކަ ...އެއީ.. ތެދު ...ޙަޤީޤަތެއް ކަން.... އެންމެންނަށް ..އެނގެއެވެ. އެމީހުންގެ އަތްދަށުވެ ސަލާމަތް ވެފައި ތިބި ދިވެހިންވެސް ވަނީ އެކަން ތަޖުރިބާކޮށް ޕޮލިހަށާއި، ނޫސްތަކަށް ކިޔައިދީފަ އެވެ. ކުޑަކުދިން ރޭޕްކުރެ އެވެ. ދިރިހުއްޓާ މީހުން އަންދާލާތަން ނުދެކެން ހެއްޔެވެ؟ ކަނު ބަނދެ، ދެއަތް އައްސާފައި އުސް ޢިމާރާތްތަކުން ވައްޓާލާ މީހުން މަރާތަން ނުދެކެން ހެއްޔެވެ؟ އެއީ އިސްލާމްދީނުގައި އޮންނަ ގޮތް ހެއްޔެވެ؟ އައިސިސް އަކީ ޓެރަރިސްޓު ޖަމާޢަތެކެވެ. ނުބައިނުލަފާ އަނިޔާވެރި ޖާހިލުންތަކެކެވެ.

      6
      1
      • ހޭދެބައި

        ކަލެއަށް މާ ބޮޑަށް ތި އިގެނީ. ޕާސްޕޯޓް އަތެއް ނުލާ. ކުޑަ ކުދިން ރޭޕް އެއް ނުކުރެ. ދިރިހުއްޓާ އަންދާލަނީ މުސްލިމުންގެ ބޮލަށް ބޮން އަޅާ މުސްލިމުން އަންދާލާ މީހުން. މަތިން ވައްޓާލަނީ އެއްޖިންސުން ގުޅުން ހިންގާ މީހުން

        2
        2
  4. ހުދުހުދު

    ސުއޫދު ތަ ބުނީ ބަގުދާދީ ބަލި އެނދުގައި އޮތް ވާހަކަ

    73
    9
  5. އަޙްމަދް

    ތި މުޑުދާރު ބަޢްދާދީ އަކީ ޔަހޫދީ އޭޖެންޓެއް.

    100
    34
    • ތެދު

      ކަލެއަށް މާ ބޮޑަށް އިގެނީ

      27
      55
  6. ގޮލާ

    އަޙްމަދު، ހާދައިގެޔޭ ކަލޭއަށް..

    24
    14
  7. ހޫ

    ލައިކް ޑިސްލައިކް ތަކަށް ބަލާލީމަ އެބައެނގޭ އައިސިސްއަށް ތާއިދު ކުރާ ބައިގަނޑު މިރާއްޖޭގަ ވަރަށް ގިނަވެއްޖެކަން. ބިރުވެރި ކަމެއް.

    95
    34
    • އަންނި

      ކަލެއަށް މާ ބޮޑަށް ތި އިގެނީ. ތެދަށް ވާހަކަ ދެއްކުމަކީ އަދި އައިއެސް އަށް ބައިއަތު ހިފުމެއް ނޫން. މަށަށް އަޑު އިވިފައިވާ ގޮތުގައި ސީރިޔާ އަށް ދާ މީހުން ތުރުކީ ގައި ޕާސްޕޯޓް ބާއްވާފައި ބޯޑަރު ހުރަސް ކުރަން ދަނީ. ބޯޑަރު ކައިރިން ހިފެހެއްޓީމަ ވެސް ކޮން ގައުމެއްގެ ބައެއްކަން ނާންގަން ވެގެނޯ އެހެން ހަދަނީ

      32
      18
      • ޕޮޕް

        ކޮން ނޯނޯއެއް. މާއެންގިފަތހހުރީ

        22
        9
  8. ބީތާ

    ބަލިނުވާ މީހަކީ ކާކުތަ ؟ހެހެ...ކުރިންވެސް ބަގުދާދީ މަޜާލި...ހެހެ

    20
    14
  9. ބަޣްދާދީ

    ވަރުގަދަ ބަޣްދާދީއެއްނު މީ!!!😤😤😤

    30
    13
  10. ޢަދުރޭ

    ނޫނޭ .. މީ .. ފަހު ޒަމާނުގައި .. . .. ދިވެހިންގަނޑު .. ތެޅިފޮޅިގަތީ .. މީނަ .. ކައިރިއަށްދާން .. އެމެރިކާގެ .. ސެޓެލައިޓްތަކުން .. އިރާގު .. ސިފައިން .. ތިބި .. ސަރަޙައްދު .. ތަކާ .. އެމީހުންގެ .. އަތުގައި .. ހުރި ހަތިޔާރާ .. ހުރިހާ ..އެއްޗެއް .. ކިޔައިދީފައި . އެމެރިކާއިން .. އެހީވެދީގެން .. ޢިރާޤުގެ .. ބޮޑުބައެއް .. މިމީހުންނަށް .. ހިފުނީމަ

    21
    8
  11. މޮސާދު

    އައިސިސްގެ ވެރިޔާ އަކީ އިޒްރޭލުގެ އޭޖަންޓެއް.

    34
    17
  12. ދަންޑަހެލު

    ތިޔަ ބަޣުދާދީގ3 ބައިގަނޑަށް ކުރަން އެނގޭ ކަމަކީ މަސްމާރުކޭޓުގައި މަސްކަނޑާހެން މުސްލިމުން ކެނޑުމާއި މުސްލިމުންގެ ތެރެ ފިތުނަކޮށް ބައިބައިކޮށް މުސްލިމުންގެ ތެރޭގައި ބޮން ގޮއްވަން... ކާފަރުންނާއި... ބައްޝާރާއި ނުސައިރީން ދޫކޮށްލާފަ ތަޅަނީ މުސްލިމުންނާ... ދެން އެނގެނީ ތަންތަނުން ލާރިނަގަން

    1
    2