އެތައް އުންމީދަކާއެކު އެތައް ހޭދައެއް ކޮށްގެން، ޓެކްނޮލޮޖީގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކާއި ފައިހަމަ ކުރުމުގެ ނިޔަތުގައި އިންޑިއާއިން މިދިޔަ ޖުލައި މަހު އުދުއްސާލި "ޗަންދްރަޔާން-2" އޭގެ ދަތުރު ނިމެން މަދު ސިކުންތުކޮޅަކަށް ވެފައި ވަނިކޮށް ރޭ ވަނީ ހުއްޓި، މިޝަން ނާކާމިޔާބު ވެފައެވެ. މިކަން ހިނގަން މެދުވެރިވި ސަބަބެއް ހޯދުމަށް އެޤައުމުގެ ޖައްވީ އިދާރާ، އިންޑިއަން ސްޕޭސް ރީސާޗް އޯގަނައިޒޭޝަން (އައިއެސްއާރުއޯ) އިން މަސައްކަތް ކުރަމުންދާއިރު، އެ އިދާރާގެ އޮފިޝަލުން ވަނީ ކުރު ގޮތަކަށް ކަން ހިނގާދިޔަގޮތް ހާމަކޮށްފައެވެ.

އައިއެސްއާރުގެ އޮފިޝަލަކާއި ހަވާލާދީ އިންޑިއާގެ ނޫހެއްގައި ބުނެފައިވާގޮތުގައި، "ޗަންދްރަޔާން-2" ވަނީ ހަނދުގެ ބިންފަދަ ފަށަލައަށް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓިފައެވެ. އުޅަނދަށް ގެއްލުމެއް ނުވާނެހެން "މަޑުމަޑުން" ޖެއްސުމަށް ކުރި އެ މަސައްކަތް ނާކާމިޔާބުވެ އުޅަނދަށް ގެއްލުން ލިބިފައިވާ ކަމަށް އޭނާ ބުނެފައިވާއިރު، ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި އެނގިފައެއް ނުވެއެވެ.

އެ އޮފިޝަލް ބުނެފައިވާގޮތުގައި "ޗަންދްރަޔާން-2" ހަނދަށް ވެއްޓުނީ، ޖައްސަން އުޅުމުގެ ތެރޭގައި، އެންމެ ފަހު ވަގުތުކޮޅު އޭގެ "އަލްޓިޓިއުޑް" ހިފަހައްޓާ ޚާއްސަ އިންޖީނު ނިވުމުގެ ސަބަބުންނެވެ. މަތީގައި ހުއްޓާ މި އިންޖީނު ނިވިއްޖެ ނަމަ އުޅަނދު ހިފެހެއްޓުމެއް ނެތި ވެއްޓޭނެ ކަން އެނގޭއިރު، އުޅަނދާއި ޚިދުމަތް ކެނޑުނީ، އެ އުޅަނދު ހަނދުގެ ބިންގަނޑުގައި ޖެހުނު ވަގުތު، އޭގެ ކޮމިއުނިކޭޝަން ސިސްޓަމްތަކަށް ގެއްލުން ވުމުގެ ސަބަބުން ކަމަށް އެނާ ބުނެއެވެ.

"ޗަންދްރަޔާން-2" ހަނދުގައި ޖައްސަން އުޅެނިކޮށް ހިނގި މި ހާދިސާގައި އެ އުޅަނދަށް ލިބުނީ ކިހައި ގެއްލުމެއްކަން އަދި ޔަޤީންކުރެވިފައި ނުވީނަމަވެސް، ދެ ކިލޯމީޓަރު މަތިން، ބަރުގަދަނުގައި ގާތްގަނޑަކަށް 1.5 ޓަނު ހުރި މި އުޅަނދު ވެއްޓިއްޖެ ނަމަ އުޅަނދަށް ބޮޑެތި ގެއްލުންވާނެ ކަމަށް ބެލެވިފައި ވެއެވެ. އެހެންކަމުން ދެން އިތުރަށް މި އުޅަނދާއި ކޮންޓެކްޓް ކުރެވޭނެ ފުރުސަތެއް މިހާރަކު ނޯންނާނެއެވެ.

އިންޑިއާގެ "ޗަންދްރަޔާން-2" އޯބިޓާ އިން ހަނދުގެ ވަށައިގެން ދަތުރު ކުރުމަށްފަހު ހަނދަށް ޖައްސަން ފޮނުވާލީ އޭގައިވާ ދެވަނަ ބައެކެވެ. މި ބައި ފިޔަވައި ހަނދުގެ ވަށައިގެން ދައުރުވާ އޯބިޓާ އަދިވެސް ދަނީ ހަނދުގެ ވަށައިގެން ދައުރުވަމުންނެވެ. ހަނދަށް ތިރިކުރުމަސް "ޗަންދްރަޔާން-2" އިން ފޮނުވާލި ބަޔަށް ދީފައިވާ ނަމަކީ "ވިކްރަމް" އެވެ. އެ ބަޔަކީ "ޗަންދްރަޔާން-2"ގެ ބައެއް ނަމަވެސް، އޭގައި ވަނީ ހަނދުގައި ދަތުރުކުރުމުގެ ޤާބިލްކަން ލިބިފައިވާ ޚާއްސަ އުޅަނދެކެވެ. މި އުޅަނދު ބޭނުންކޮށްގެން މީގެ ކުރިން ހަނދަށް އުޅަނދެއް ފޮނުވާފައި ނުވާ ސަރަޙައްދުތަކުން ސާމްޕަލް ނަގައިގެން ތަހުލީލިތައް ކުރުމަށް އިންޑިއާގެ ސައިންސްވެރިން ދިޔައީ ތައްޔާރުވަމުންނެވެ.

''ޗަންދްރަޔާން-2'' އާއި މުއާސަލާތީ ގުޅުން ކެނޑިގެންދިޔައީ ހަނދުގެ 2.1 ކިލޯމީޓަރު މަތީގައި ވަނިކޮށެވެ. އިންޑިއާ އިން ހަނދަށް ދާން ކުރި މަސަތްކަތް ނާކާމިޔާބު ވެގެން ގޮސްފައިވާއިރު މި އަހަރުގެ ކުރީކޮޅު ހަނދަށް ދިއުމަށް އިސްރާއިލް އިން ކުރި މަސަތްކަތް ވެސް ނާކާމިޔާބުވެފައި ވަނީ ހަމަ މިފަދަ ގޮތަކަށެވެ. ދުނިޔޭގެ ތާރީޚުގައި ގިނަ ގައުމުތަކަކުން ވަނީ ހަނދަށް ދިއުމަށްޓަކައި ވަރަށް ގިނަ ފަހަރު މަސަތްކަތްކޮށްފަ އެވެ. އޭގެ ތެރެއިން ކާމިޔާބުވީ ތިން ޤައުމަކަށެވެ. އެއީ އެމެރިކާ، ރަޝިޔާ އަދި ޗައިނާއެވެ.

އިންޑިއާގެ ޖައްވީ އުޅަނދު "ޗަންދްރަޔާން-2" ހަނދަށް ދިއުމުގެ ދަތުރު ފަށައި އުދުއްސާލީ މިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހު، އިންޑިއާގެ ސަތިޝް ދަވާން ސްޕޭސް ސްޓޭޝަނުންނެވެ. ދުނިޔޭގެ އޯބިޓުން ނިކުމެ ހަނދަށް ސީދާ ދަތުރު މި އުޅަނދުން ފެށީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ. "ޗަންދްރަޔާން-2" މިރޭ ހަނދުގައި ޖައްސަން މަސައްކަތް ކުރީ، މިދިޔަ އޮގަސްޓު މަހުގެ 20 ވަނަ ދުވަހު ހަނދުގެ އޯބިޓަށް ވަދެ، ހަނދުގެ ވަށައިގެން ދައުރުވުމަށްފަހުއެވެ.

އިންޑިއާގެ ޖައްވީ އުޅަނދު ޖައްސަން ހަމަޖެހިފައި އޮތީ ހަނދުގެ ދެކުނު ފަޅީގައެވެ. މިއީ މީގެ ކުރިން ހަނދުގައި ޖެއްސި އުޅަނދުތައް ތިރިކޮށްފައިވާ ސަރަޙައްދެއް ނޫންކަން ފާހަގަކޮށްލެވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ހުދުހުދު

    ?????

    77
    3
  2. ވޯސްޓް ޕީޕަލް

    އަލްޙަމްދުﷲ.

    104
    1
  3. އޮކޯއި

    އަވަހަށް ފިލްމެއް ހަދަން އުޅޭ " ޗަންދުރަޔާން 2 - ހީރޯސް " ނަމުގަ އަކުޝޭ ކުމާރް ސައިންޓިސްޓެއްގެ ރޯލަށް ކެޓްރީނާ އަސްޓުރޯނަޓެއްގެ ރޯލު ކުޅުވައި ގެން! ޕްރޮޑއުސްޑް ބައި ކަރަން ޖޯހަރް..

    48
    2
  4. ލިނބޯމަދު ފިރާގު

    ހަމަ ރަނގަޅަށްތިވީ!???

    45
    4
  5. ޙުސެން

    ގުރެވިޓީ ނުހުންނަ ހިސާބެއް ދޯ އެޢީ

    33
  6. މުހައްމަދު

    އެވެއްޓުނީ މަރިޔަމް ރަޝީދާ އާއި ފައުޒިއްޔާގެ އެހީތެރިކަން ނުހޯދުމުން

    38
    2
  7. Anonymous

    ތިތާ ތިބި ފަގީރުންނައް އެހވިއްޔާ މާ ތާ ހިރުވާނެ

    99
  8. Anonymous

    ވިކްރަމް ވައްޓާލީ ހަނދުގައިތިބި ޕާކިސްތާނު ބަޔަކު މިސައިލެއް ފޮނުވާލައިގެން.

    47
    2
  9. ޟ

    ޗައިނާއިން މިހާރު ހަނދުގާ ގަސް ވެސް އިނައިފި. ޓިޔަ މޮލހު އިންޑިއާ ތިޔަ އުލހެނީ ވަރަށް ފަހތުގާ. ޢެކަމު ސޮނިބެ ހަމ އެވަރެއް ނެތިގެން އެ އުޅެނީ.

    47
    2
  10. أحمد

    الحمدالله

    37
  11. މޯދީ

    މިޑްރާމާޔަށް ފިލްމެއްހަދާއިރު ރާއްޖެއިން ދެމީހަކަށް އޮފާ ލިބިފަ މިހާރު އޮތީ. މަޖިލީހުގެ ރައީސް، އަދި ޖާބިރުކިޔާ މޮޔަގަޑު!

    22
    3
  12. ރަޝީދު

    ރާއްޖެއިން ވެސްވަރަށް ހިތާމަކުރާނެ.

    17
    5
  13. ޖާއްބެ

    ކޮބާ ޖާބިރޫ ނިކަން ރާއްޖޭންވެސް މިކަހަލަ އުޅަންދެއް ގަނޑަށް ފޮނުވާލަދީބަލަ

    5
    1
  14. ކޮރަލް

    އެންމެ ފަގީރުން ގިނަ އެއް ގައުމެވެ. ރައްޔިތުންގެ ހައްގުތަކަށް ވުރެ ޖައްވަން އެތައް ސަތެކަ މިލިއަން ހަރަދު ކޮށް ދިއުން މުހިއްމު ވީއެވެ. ހަމަ އެކަނި ރިކޯޑް ހެދުމަށެވެ.