ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފިއެވެ.

އިސްރާއީލުން ރޭވެސް ޣައްޒާ އަށް ވަނީ ހަމަލާތަކެއް ދީފައެވެ. ރޭގެ ހަމަލާތައް ދީފައި ވަނީ އިއްޔެ ފަލަސްތީނުގެ ދެ ކުއްޖަކު ޝަހީދު ކޮށްލުމުން ހަމާސް އިން ރޭ ރައްދު ހަމަލާތަކެއް އިސްރާއީލުން ދިނުމުންނެވެ.

މިރޭ އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދެމުންގެންދާތާ މިހާރު ވަނީ ގަޑިއިރަކަށް ވުރެ ގިނަ އިރުވެފައެވެ.

ޣައްޒާ އަށް ހަމަލާ ދެނީ

މައުލޫމާތު ލިބިފައިވާގޮތުން މަތިންދާ ބޯޓާއި، ހެލިކަޕްޓަރު ބޭނުންކޮށްގެން ޣައްޒާ އަށް ހަމަލާތައް ދެމުންދާއިރު، ގިނަ ސަރަހައްދުތަކަށް ވަނީ ހަމަލާ ދީފައެވެ.

ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނީ، މިރޭގެ ހަމަލާތަކުގައި އަދި އެއްވެސް މީހަކު ޝަހީދުވިކަމުގެ ރިޕޯޓެއް ނުލިބޭ ކަމަށެވެ.