އިސްރާއީލް މީހަކު ބަރަހަނާ ވެގެން ހުރެ، އިސްރާއީލް ސިފައިންނާއި ކުރިމަތިލާ، އިސްރާއީލް ސިފައިންނަށް ހަމަލާދީފިއެވެ.

އިސްރާއީލްގެ މީޑިއާތަކުން ބުނާ ގޮތުގައި ސިފައިންނަށް ހަމަލާދީފައި ވަނީ އިސްރާއީލްގެ ބަތު ޔަމް ނަމަކަށް ކިޔާ ސަރަހައްދުގައެވެ.

ބަރަހަނާ ވެގެން ހުރި މީހަކު އިސްރާއީލް ސިފައިންނާއި ކުރިމަތިލާފައި ވަނީ އޭނާ ގެންގުޅޭ ދެކުއްތާ އެއްވެސް ހިފައިގެން ގޮސް ކަމަށް މީޑިއާތަކުން ބުނެއެވެ. ދެ ކުއްތާ ވަނީ ފުލުހުންގެ ގައިގަަަ ދަތް އަޅާފައެވެ.

ސިފައިންނަށް ހަމަލާދިން މީހާ ވަނީ ސިފައިންނަށް ހަމަލާ ދިނުމަށް ފަހު ޕާކެއްގެ ތެރެއަށް ވަދެފައެވެ. ސިފައިން ވަނީ އެޕާކް ތެރެއަށް ވަދެ އޭނާ ހައްޔަރު ކޮށްފައެވެ.

އިސްރާއީލް ސިފައިން ބުނީ ބަރަހަނާ ވެގެން ހުރެ ސިފައިންނަށް ހަމަލާ ދިނީ 23 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ މިހާރު ހުރީ ސިފައިންގެ ބެލުމުގެ ދަށުގައި ކަމަށެވެ.

އޭނާ އިސްރާއީލް ސިފައިންނަށް ހަމަލާ ދިން ސަބަބެއް އަދި ސާފެއް ނުވެއެވެ.

ކުއްތާ ދަތް އެޅުމުގެ ސަބަބުން އަނިޔާވި ސިފައިންގެ މީހަކަށް ދިނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.

އިސްރާއީލްގެ ސަރަހައްދުތަކުގައި އުޅޭ ސިފައިންނަށް މީގެ ކުރިން ވެސް ތަފާތު ހަމަލާތައް އަމާޒުވެފައިވެއެވެ. ނަމަވެސް އެފަދަ ހަމަލާތައް ގިނަ ފަހަރު ދެނީ އެސަރަހައްދުތަކުގައި އުޅޭ ފަލަސްތީން މީހުންނެވެ.

އިސްރާއީލްގެ މީހަކު އިސްރާއީލް ސިފައިންނަށް ހަމަލާ ދިނުމަކީ ވަރަށް މަދުން ނޫނީ ނުހިނގާ ކަމެކެވެ.