އިންޑިއާއިން ހަނދަށް ފޮނުވި އުޅަނދު ކަމުގައިވާ "ޗަންދްރަޔާން-2 ލޭންޑާ" ހަނދުގެ ބިމުގެ ފަށަލައިން ފެނިފައިވާ ކަމަށް އެގައުމުގެ ޖައްވީ އިދާރާއިން ބުނެފިއެވެ.

އިންޑިއާގެ ގައުމީ ޖައްވީ އިދާރާގެ ޗެއަރމަން، ކޭ. ސިވާ އާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ހަނދަށް ފޮނުވި އުޅަނދުގެ ތަރމަލް ފޮޓޯއެއް އެ އިދާރާއަށް ވަނީ ލިބިފައެވެ. އަދި ބެލެވޭ ގޮތުގައި ހަނދަށް ތިރި ކުރުމުގެ ތެރޭގައި އެ އުޅަނދަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށާއި، ނަމަވެސް އުޅަނދު ހަލާކުވެފައިވާ ކަމެއް ނުވަތަ ނުވާކަމެއް އަދި ޔަގީން ނުކުރެވޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

''ޗަންދްރަޔާން-2'' އާއި މުއާސަލާތީ ގުޅުން ކެނޑިގެންދިޔައީ ހަނދުގެ 2.1 ކިލޯމީޓަރު މަތީގައި ވަނިކޮށެވެ. ސިވާ ވިދާޅުވީ އުޅަނދާއެކު މުވާސަލާތީ ގުޅުން އަލުން އިޔާދަކުރުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިންޑިއާގެ ޖައްވީ އުޅަނދު "ޗަންދްރަޔާން-2" ހަނދަށް ދިއުމުގެ ދަތުރު ފަށައި އުދުއްސާލީ މިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހު، އިންޑިއާގެ ސަތިޝް ދަވާން ސްޕޭސް ސްޓޭޝަނުންނެވެ. ދުނިޔޭގެ އޯބިޓުން ނިކުމެ ހަނދަށް ސީދާ ދަތުރު މި އުޅަނދުން ފެށީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ.

"ޗަންދްރަޔާން-2" ހަނދަށް ވެއްޓުނީ، ޖައްސަން އުޅުމުގެ ތެރޭގައި، އެންމެ ފަހު ވަގުތުކޮޅު އޭގެ "އަލްޓިޓިއުޑް" ހިފަހައްޓާ ޚާއްސަ އިންޖީނު ނިވުމުގެ ސަބަބުންނެވެ. މަތީގައި ހުއްޓާ މި އިންޖީނު ނިވިއްޖެ ނަމަ އުޅަނދު ހިފެހެއްޓުމެއް ނެތި ވެއްޓޭނެ ކަން އެނގޭއިރު، އުޅަނދާއި ޚިދުމަތް ކެނޑުނީ، އެ އުޅަނދު ހަނދުގެ ބިންގަނޑުގައި ޖެހުނު ވަގުތު، އޭގެ ކޮމިއުނިކޭޝަން ސިސްޓަމްތަކަށް ގެއްލުން ވުމުގެ ސަބަބުން ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ބަރުގޮނު

  ތިއީވެސް ކާމިޔާބެއް. ނާކާމިޔާބަަކީ ކާމިޔާބު ތަޅުދަޑިކަމަށް ބުނެއުޅޭބަހަކީ ވަރަށް ބޮޑު ތެދެއް. ކާމިޔާބުވާނީ ނާކާމިޔާބު ލިބި ކުރެވޭ ތަޖުރިބާއިން.

  8
  29
 2. ހޫރުބާ

  އެއުޅަނފު މަރާމަތުކުރަން ދާން 2099 އަންނަދެން މަޑުކޮއްލާށެވެ

  15
  3
 3. ބާޝާ ބާއީ

  ހަނދައް ކުނި އެޅުން ހުއްޓާލާ

  38
 4. ކަނޑުކޮސް

  ކޮންތާކު؟ ހަނދާ ގާތް ވެސް ނުވޭ. ޖައްވުގައި ފޮޑިތަޅަމުން ވަޔަށް ހުސްވީ.

  32
  3
 5. ބާޝާ ބާއީ

  ހަނދައް ކުނި ނާޅަބަލަ

  32
  • ހައްހައް

   ދުނިޔޭގެ 7 އުޑު ފަހަނަޅާ ކާފިރުންނަށް ނުދެވޭބެ ކަމަށް އިލްމުވެރިން ބުނޭ. އެއީ އެމީހުންނަށް ޓަކާ އުޑެގެ ދޮރުކޮޅުތައް މަލާއިކަތް ބޭކަލުން ހުޅުއްވާ ނުދެއްވާނެ ތީވެ. އިންޑިއާ އާއި އެމެރިކާ ތީ ދޮގު ހެދުމުގެ އެންމެ މަތީ ރޭންކުގައި ވާ މީހުން. ޝައިތާނާއަށް ވެސް އެމީހުން ހަދާލާ މޮޅެތި ދޮގު ނުހެދޭނެ.

   14
   2
   • ހަޒާން

    ދުނިޔޭގެ ހަތް އުޑޭ..؟ ހަތް އުޑު އޮވޭ އެކަމަކު އެއީ ދުނިޔޭގެ ހަތް އުޑޭ އިނގޭތަ..؟

    • ދުންޔާ

     ދުނިޔޭގެ އުޑު ފިޔަވާ 6 އުޑު. ދުނިޔޭގެ. އުޑު. ވާހަކައެއީ

 6. ޙެ ހެ

  ދެކޮޅުނުޖެހޭ ވާހަކަ ހެ ހެ

 7. ރަފަޔާލް

  ނަސީބެއްނޫން ހަނދުގެ ބިމު އަޑީން ތިޔާއެތި ނުފެނުނުކަން.

  11
 8. ނަން

  މީގެ ކޮމެންޓްތަކުން އެނގެނީ ދިވެހީންގެ ތެރޭގައި ތިބި ޖާހިލުންގ ހުރި ޖާހިލު ކަމުގެ ފެންވަރު. ހިތާމަ ހުރި. މިއީ 21 ވަނަ ގަރުނޭ، ކުދީންނޭ. ސާބަސް.

 9. ޒާ

  އިބޫ ސޯލިހް ގެރިމޯދީއަށް މަރުހަބާކީ އުޅަނދު ގެއްލި މަރުވެ ހަލާކުވުމުން ކާމިޔާބީއޭ ކިޔާފައި. ބޯގޯސް.

 10. އަހުމަދު

  ރޭ ހަނދުވަރު ދިންއިރު އެ ސެޓެލައިޓްގެ ހިޔަނި ކިނބޫ ސޯލިހުގެ ތަލަޔަށްވެސް އެޅިފަ ހުއްޓޯ ގަންޖާ ނަޝީދު ކީހެން ހީވޭ

  3
  1
 11. ހަހާ

  މިތާ ކޮމެންޓްކުރާ ގިނަމީހުންނަކީ އެމެރުކާމީހުންހެން ވަރަށްހީވޭ. ދުނިޔޭގެ އެންމެ ނިކަމެތި މިދިވެހިން މިތިބީ ވަރަށް ބޮޑަށް އޮޅިފަ. އެހެންމީހުން ނުދީފިއްޔާ އަންނައުނު ގަޑެއްވެސް ނުލިބި އޮރިޔާމުން ކާންނުދީފިނަމަ ބަޑަށް މަރުވާވަރުގެ ބައެއް.