އަވަށްޓެރި ޕާކިސްތާނުގެ ކަޝްމީރަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

އިންޑިއާގެ ކަޝްމީރާއި ޕާކިސްތާނުގެ ކަޝްމީރު ގުޅޭ ބޯޑަރާއި ދިމާލުން 12 ކިލޯމީޓަރު އަޑިން އުފެދުނު މި ބިންހެލުން ޕާކިސްތާނުގެ މަންސެހްރާ އާއި ނަކްޔަލްގެ އިތުރުން ކައިރި އެހެން ހިސާބުތަކަށްވެސް ކޮށްފައި ވާއިރު، މި ބިންހެލުމާއި އެކު އާއްމުން ބިރުވެރި ކަމެއްގެ ތެރެއަށް ދިޔަނަމަވެސް، މީހަކަށް ގެއްލުންމެއް ލިބުނު ކަމުގެ ރިޕޯޓެއް ކޮށްފައެއް ނުވެއެވެ.

2005ވަނަ އަހަރު ޕާކިސްތާނަށް އެރި ބިންހެލުމުގައި 87،000ށް ވުރެ ގިނަ މީހުން މަރުވެ، 32،00ށް ވުރެ ގިނަ ގެދޮރު ވަނީ ސުންނާފަތި ވެފައި

ރެކްޓާ މިންގަނޑުން 5.8 މެގްނިޓިއުޓްގެ ބާރުމިން ހުރި މި ބިންހެލުން ޕާކިސްތާނަށް އައިސްފައި ވާއިރު، މި އަހަރުގެ ފެބްރުއަރީ މަހުވެސް އެ ގައުމަށް ބާރުގަދަ ބިންހެލުމެއް އައިސްފައިވާކަން ފާހަގަކޮށްލެވެއެވެ. އެ ފަހަރުގެ ބިންހެލުމުގައިވެސް މާބޮޑު ގެއްލުމެއް ނިލުބުނު ނަމަވެސް، މިދިޔަ އަހަރު އެ ގައުމަށް އެރި ބިންހެލުމެއްގައި އެތައް ބައެއްގެ ގެދޮރު ވަނީ ހަލާކުވެފައެވެ.

ޕާކިސްތާނުގެ މެޓް އޮފީހުން މައުލޫމާތު ދޭ ގޮތުގައި މި ބިންހެލުމުގެ އަސަރު އެ ގައުމަށް ކޮށްފައި ވަނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައެވެ.